އޭސީސީގެ މެމްބަރުން، އެސެޓް ރިކަވަރީ ކޮމިޝަނާ ދެކޮޅަށް ބީއެމްއެލް އިން ކުރި ދައުވާއަށް އެކޮމިޝަނުން ވަނީ ތަދައްޚުލް ވެފައި --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
18 ޖުލައި 2019 - 15:40
ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަދައްޚުލް ވާން ހުށަހަޅައިފި އެވެ.
އެ މައްސަލަ އަށް އޭސީސީން ތަދައްޚުލްވާން ހުށަހެޅިކަން މިއަދު ކުރި ޓްވީޓަކުން ހާމަކުރި ނަމަވެސް އެކަމާ ބެހޭ ގޮތުން އޭސީސީގެ ބަހެއް އަދި ނުލިބެ އެވެ.
ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަންގެ މައްޗަށް ބީއެމްއެލް އިން ދައުވާކޮށްފައި ވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފުވާ ގޮތެއް ނުވި އެވެ. ނަމަވެސް ތަހުގީގުގެ ބޭނުމަކަށް، ދެ ބޭންކް އެކައުންޓެއްގެ މައުލޫމާތު ހޯދަން ކޮމިޝަނުން އެދިފައިވާ ކަމަށާއި އެކަމަކު ހައި ކޯޓުން ކޮށްފައިވާ ހުކުމަކާ ގުޅިގެން މި މަހުގެ 7 ގެ ފަހުން މައުލޫމާތު ނުދޭ ކަމަށް ބީއެމްއެލް އިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި އަންގާރަ ދުވަހު ބުނެފައިވެ އެވެ.
ނަމަވެސް އޭގެ ކުރިން ތަހުގީގީ އިދާރާތަކަށް ބޭންކުން މައުލޫމާތު ދީފައިވެ އެވެ.
ބޭންކިން ގާނޫނާ އެއްގޮތަށް، ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދޭނެ ކަމަށާއި، މައްސަލައާ ގުޅުން ހުރި ހުރިހާ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތަކަށް ގާނޫނީ ހައްލެއް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ބޭންކުން މަޖިލީހުގެ ކޮމިޓީގައި ބުންޏެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި މި މައްސަލަ ތާވަލްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 1:00 އަށެވެ. އެނގިފައިވާ ގޮތުގައި ތާވަލްކޮށްފައިވާ ގޮތަށް އެ މައްސަލަ މިއަދު ކުރިއަށް ގެންދިޔަ އެވެ.
ބީއެމްއެލް އިން ތަހުގީގަށް މައުލޫމާތު ނުދޭ ކަމަށް ބުނެ މަޖިލީހުގެ ކޮމިޓީގައި ސުވާލު އަމާޒުވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ތަހުގީގާ ގުޅިގެންނެވެ. އެ ޚިޔާނާތުގައި ބީއެމްއެލް އިން އިހުމާލުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް އެ ބޭންކުން އިންކާރުކުރެ އެވެ. ބޭންކުން ބުނަމުން އަންނަނީ ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ ގާނޫނުތަކާއި ގަވައިދުތަކާއި ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދޭ
18 July 2019
ސަރުކާރު ފެއިލްވީމާ ސީދާ މީހާޔަށް
އިގުތިސާދީ އައްޕަ
19 July 2019
ފެއިލްވިމީހާ ހުންނާނީ ބޭރުކޮއްލާފަ..
އެމްސް
18 July 2019
އެމްއެމްޕީއާރުސީގެ ބޮޑުޚިޔާނާތް ބޭންކު ތެރެއިން ހިންގުނު އިރު ބޭންކުގެ ބޮޑުންނަށް ތިބިމީހުން ބޭންކުގަ ހަމަ އެމަޤާމުތަކުގަ ބައިތިއްބައިގެން އިންސާފުވެރި ތަޙްޤީގެއް ހިންގިދާނެބާ؟
ލާމަސީލު
18 July 2019
ބީއެމްއެލް ގެ ބޯރޑް އެއްކޮށް ވަކިކޮށް ވެރިންވެސް ބަދަލު ނޮކޮށް މިވަގުވިޔަފާރީގެ ކަންކަން ނުހުއްޓުވޭނެ