ޚަބަރު / ހައްޖު

ހައްޖުވެރިންނާއި އާއިލާތަކަށް އެމްޕީއެލް ބަސް ވެސް ހިލޭ

އެމްޕީއެލްގެ ބަހެއް: އެކުންފުނިންވެސް ހައްޖާޖީންނާއި އާއިލާތައް ހިލޭ އެއާޕޯޓަށް ގެންގޮސްދޭން ވަނީ ނިންމާފައި--

ރާއްޖޭގެ ހައްޖުވެރިން ސައުދީ އަރަބިއްޔާ އަށް ދިއުމަށްޓަކައި މާދަމާ ފުރަން ފަށާއިރު ހައްޖުވެރިންނާއި އާއިލާތަކުން ބަހުގައި އެއާޕޯޓަށް ހިލޭ ދިއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ހައްޖުވެރިން ހައްޖަށް ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ އިން ފެށިގެން އޮގަސްޓް 5 ގެ ނިޔަލަށެވެ.

ހައްޖުވެރިންނާއި އާއިލާތަކުގެ މީހުން އެއާޕޯޓަށް ދިއުމުގެ އިންތިޒާމު ހިލޭ ހަމަޖައްސައި ދިނުމަށް އެމްޓީސީސީންނާއި އެމްއޭސީއެލްއިން ވެސް ވަނީ ނިންމައިފަ އެވެ.

Aadheehtha dhuvahu Hajjverin furan fashaane, airport ah gendhan khaassa inthizaamthakeh

Aadheehtha dhuvahu Hajjverin furan fashaane, airport ah gendhan khaassa inthizaamthakeh

The most trusted news source in the Maldives

Mihaaru

ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެއްސުން---

އެމްޕީއެލްގެ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ވެރިޔާ، މުހައްމަދު މަހުޖޫބް ވިދާޅުވީ ހައްޖުވެރިންނާއި އެ މީހުން ފުރުވުމަށް އެއާޕޯޓަށް ދާ އާއިލާ އާއި ރައްޓެހިން އެއާޕޯޓަށް ދިއުމާއި އަނބުރާ މާލެ އައުމުގެ ހިދުމަތް އެ ކުންފުނީގެ ބަސްތަކުން ހިލޭ ހަމަޖެހޭނެ ކަމަށެވެ.

"މާލޭ ބަސް ޓާމިނަލުން އެ ބަސްތައް ނައްޓާލާނީ. ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ހިލޭ އެ ހިދުމަތް ލިބޭނެ،" ހުޅުމާލެ އާއި މާލެއާ ދެމެދު ބަހުގެ ހިދުމަތްދޭ ކުންފުނީގެ ޓްރާންސްޕޯޓް ހެޑް ވިދާޅުވި އެވެ.

އެމްޓީސީސީ އާއި އެމްއޭސީއެލް އިން އިއްޔެ ބުނީ ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމަށްޓަކައި އެހެން އަހަރުތަކާ ހިލާފަށް މި އަހަރު ވަކި ފެރީތަކަކާއި ބަސްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ހައްޖުވެރިން ފުރާ ދުވަސްތަކުގައި އެ މީހުންނަށް ހާއްސަކޮށްފައިވާ ފެރީ އަދި ބަސް ވަކިން އެނގޭނެ ގޮތަކަށް ފާހަގަކޮށްފައި ވާނެ ކަމަށް ވެސް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން އެދެނީ މާލެ އާއި ހުޅުމާލޭގައި ތިބި ހައްޖުވެރިން ދަތުރުކުރާ މަތިންދާބޯޓްތައް ފުރާ ގަޑީގެ ހަތަރު ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށްޓަކައި ޓާމިނަލްތަކަށް ދިއުމަށެވެ. އަދި ވިލިމާލޭގައި ތިބި ހައްޖުވެރިން ހަތަރު ގަޑިއިރާއި 15 މިނިޓް ކުރިން ޓާމިލަށް ދިއުމަށް ވެސް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.

9 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 0%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މައުވާ

21 July 2019

ސުބުހާނަﷲ އާ ކުުކުޅަކަށް ގާބިހެއް މިއޮތީ އެޅިފައި.. އޭ ކަލޭނޭ ވާނުވާ ނޭނގިގެން ނޫޅެބަލަ ކުރިން ބްރިޖް ނާޅަނީސް ކަނޑު ދަތުރުތައްވެސް ސަރުކާރުން ޙައްޖުވެރިންނާއި ޙައްޖުވެރިންގެ ޢާއިލާތަކަށް ހިލޭ ކޮށްދޭ.. ހާދަ އާވެފައި ތިތިބެނީ... ހެހެހހެހެހެހެހހެ

The name is already taken The name is available. Register?

ނެޑް

21 July 2019

ގަމީހެއް ގަތީމައި ގޮށެއް ހިލޭ.

The name is already taken The name is available. Register?

ihaaru.

21 July 2019

އަނެއްކާނިދާނީކީނޫން، ދުއްވަންމާކުޅަދާނަކަމަށްހެދިގެން!

The name is already taken The name is available. Register?

ހަބީބު

20 July 2019

ހައްޖުވެރިންނަށް ވަކި ހާއްސަގޮތެއް ހަދައިދެވިގެން ނުވާނެ. ރައްޔިތުންގެ ޓެކުސްފައިސާ ބޭނުންކުރަންވާނީ ހެޔޮގޮތުގައި. ފުލުހުންނާއި ސިފައިންގެ އެހީތެރިކަންވެސް ދެވިގެން ވާނެކަމަށްކަމަކަށް ނުދެކެން. މިހާރވެސް އެމްޓީސީސީ ހިންގަނީ ގެއްލުމުގައި.

The name is already taken The name is available. Register?

ނެމް

21 July 2019

ހެޔޮގޮތުގައި؟ އެ ބޭނުން ކުރަނީކީ ހެޔޮ ގޮތުގައެއް ނޫންތަ؟ ބަލަ ފުލުހުންނާއި ސިފައިންނާއި އެމީހުންގެ އާއިލާ ތަކާއި އެމީހުންގެ ހިސާބުގަނޑު އެންނމެންނަށް ހިލޭ ބޭސް ފަރުވާލިބޭ ރާއްޖޭގެ ކޮންމެ ތަނަކުންވެސް. ކޮބާ ހަމަހަމަކަން. ހަމަ އެންމެންގެ ފައިސާ އެއީ.

The name is already taken The name is available. Register?

ބުރުގާ

20 July 2019

ޔާރައްބޫ! ޔާރައްބޫ. ﷲއައްޓަކާ. ﷲއައްޓަކާ

The name is already taken The name is available. Register?

އެމް

20 July 2019

ޙައްޖަށް ދެވޭނީ ފުދުންތެރިކަން ހުންނަ މީހުންނަށް، ދެން ކީއް ކުރަން ހިލޭ ބަސް ބާއްވާ ދެނީ. ޙައްޖު ގުރޫޕް ތަކުން ވެސް ޕްރޮފިޓަށް ކުރާކަމެއް. މިހާރު ވެސް އެމްޓީސީސީއަށް ގެއްލުންވާވަރު ކުޑައެއް ނޫން.

The name is already taken The name is available. Register?

ބާނިކަ

20 July 2019

އެމީހުންނަށް ލުޔެއްދިނުމަކީވެސް ކޮށްގެން ވާނެ ކަމެއްނޫންތަ؟ ހާދަހާ އަމިއްލް އެދުން ބޮޑޭ ...

The name is already taken The name is available. Register?

ކެނެޑީ

20 July 2019

ތީކޮންކަހަލަ ވިސްނުމެއް؟ އެއްބައިމީހުން ޙައްޖަށްދަނީ އެހެން މީހުންގެ ދީލަތި އެހީގަ، އަނެއްބައި މީހުން ޙައްޖަށްދަނީ އުމުރުދުވަހު ލާރިއެއްކޮށްގެން. ދެން އެހެންނޫނަސް މީހަކަށް ކުޑަކުޑައެހީތެރިކަމެއް ފޯރުކޮށްލުން އެއީދެން އެހާވަރުގެ ކަމެއްތަ؟ ހުރިހާކަމެއް ތިޔަމިނެކިރަނީ މާއްދީގޮތުންދޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454