ހަރަމައިން ޖަމާއަތުގެ ވެރިންނާއި އެ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިޔަ ބައެއް މީހުން ސައުދީގައި--
21 ޖުލައި 2019 - 10:42
ހައްޖަށް ގެންދަން އަލް ހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާ ކަމަށް ބުނެ ހުށައެޅި މައްސަލަ ބަލައި އަދި ނުނިމޭ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދިވެހި ހަައްޖުވެރިންގެ ފުރަތަމަ ގްރޫޕް މިއަދު ވަނީ ފުރައިފަ އެވެ. އޭގެ ތެރޭގައި ހަރަމައިން ޖަމާއަތުގެ އެޑްވާންސް ޓީމު ވެސް ހިމެނެ އެވެ. އެ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދާ މީހުން ފުރަން ފަށާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.
އަލްހަރަމައިން ޖަމާއަތުން ހައްޖުވެރިންގެ އަތުން އެއް ލައްކަ ރުފިޔާ ނަގާތީ އެ ޖަމާއަތުގެ އޮފީހުގައި ބަޔަކު ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދައްކާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މި ފަހުން އާންމުވި އެވެ. އެ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ މީހަކަށް 69،965ރ. ނެގުމަށެވެ.
އެއަށް ވުރެ ބޮޑު އަގެއް ނަގާތީ ފުލުހުން ވެސް އެކަން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
Haramain jamaathuge meehun fuluhah haazirukoh bayaan nagaifi
The most trusted news source in the Maldives
Mihaaru
ހަރަމައިން ޖަމާއަތުގެ މައްސަލަ ފުލުހުން ބެލުން--
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ކަނޑަައަޅާ އަގަށް ވުރެ ބޮޑު އަގު ހައްޖުވެރިންގެ އަތުން ނަގާ މައްސަލަ ކޮންމެ އަހަރަކު ވެސް ދިމާވެ އެވެ. އެކަމަކު ރަސްމީކޮށް އެ މައްސަލަ މި އަހަރު ހުށައެޅީ ހަރަމައިން ޖަމާއަތާ ދެކޮޅަށް އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހ ޔލ
21 July 2019
މިމައްސަލަ ލާހިކެއްނޫން މިސަރުކާރުން ބަލާކަށް. މި އަންނަ އަހަރުވެސް ޙައްޖު ކޯޓާ ހޯދާނަން. ދެން ލަ ލަ ލާ.
އެޑްމުންޑޯ
21 July 2019
ހައްޖު ފައިސާ އިތުރަށް ނެގި މައްސަލަ ވަރަށް ރަގަޅަށް ބަލަންޖެހެނެ ، ހައްޖުގެ އަޅުކަމަށްފަހުގެނަމަވެސް މިކަން ދޫކޮއްލާގެންނުވާނެ
އިމަނާ
21 July 2019
ތިޔަ މައްސަލައަކީ މިސަރުކާރުގެ މަސްލަހަތު ހިމެނޭ ކަމަކަށްވާތީ މައްސަލަ ވަނީ ފަސްކުރެވިފައި. ހައްޖު ކޯޓާއަށްވީވެސް އެހެންނު.
ޔާމީން އިދްރީސް
21 July 2019
ކޮން ގުރޫޕަކުން އިތުރަށް ނުނަގަނީ އަދި ކޮން ގުރޫޕަކުުންތޯ ޕްރޮޕޯސަލާއި އެއްގޮތަށް އަމަލުކުރީ. މިނިސްޓްރީއިން މިކަން ރަގަޅުކުރަން ބޭނުންނުވާނަމަ ދުވަހަކުވެސް މިކަމެއް އިސްލާހެއްނުވާނެ. ތީ ހުރިހާ ގުރޫޕަކުންވެސްތިކަން ކުރާގޮތް. މިނިސްޓްރީއިން މިކަން އަތުލާ ހައްޖުކޯޕަރޭޝަނުންކުރާނަމަ ތިމައްސަލަ ދިމާވުން ކުޑަވާނެ. ނުވަތަ މިނިސްޓްރީ އިން ހައްޖަށްދާން އެދޭ ފަރާތަތަކުގެ ދަފްތަރެެއް އެކުލަވާނަމަ ތިކަމެއް ރިޕީޓެއްް ނުވާނެ.
ޗޮމމ
21 July 2019
ތެދެއް، ގްރޫޕުތަކުން އިތުރަށް ނަގައެވެ. ނަމަވެސް އެކަން ހުށަހަޅާ، ބަޔާނެއްހާ ހިސާބުވެސް ދޭން ނުކެރެންޏާ މިނިސްޓްރީއިން އެކަން ސާބިތުކުރުމަށް ކުރެވޭނީ ކޮން ކަމެއްތޯ؟
ހ ޔ ލ
21 July 2019
ކަލޭ ކޮންވާހަކައެއް ދައްކާކަށް. ހައްޖު ކޯޕަރޭޝަންގަހުރެ މިއޮއްހާދުވަހު ޖަރީމާ ހިންގާފަ މިހާރު އަލިފަކަށްވާން ތިއުޅެނީ.
ފިނިހައް
21 July 2019
ތިޔަ މައްސަލައަކީ ރައްޔިތުންނާ ގުޅުން ހުރި މައްސަލައަކަށް ނުވާތީ ބެލެމުންދަނީ މިސަރުކާރުގެ ސްޕީޑުގަ...
ޗޮމމ
21 July 2019
މައްސަލަޔަކީ އިހަކަށް ދުވަހު ހުށަހެޅި ހަރަމައިންގެ މައްސަލަ ނުނިމުމެއް ނޫނެވެ. މައްސަލަޔަކީ ދެން ހުރި ގްރޫޕުތަކުންވެސް އިތުރަށް ފައިސާ ނަގަމުންދާއިރު އެ މައްސަލަ އެއްވެސް ބަޔަކަށް ހުށަހަޅަން ނުކެރުމެވެ.
އަލިބީ
21 July 2019
ތިކަމުގައި މިނިސްޓަރު އަލީ ޒާހިރުގެ މަސްލަހަތު އޮވޭ. ދެން ކިހިނެއް ނިމޭނީ؟
އަލީ ރާޖާ
21 July 2019
ނާގާބިލް ކުޅަނދުމަދޭމެނަށް ކަންކަން ކުރެވޭތަ. ގައުމު ވިއްކަން އެ ބައިގަނޑަށް އެނގޭނީ