ގެރި މަހުގެ މައްސަލާގައި ހަރިޔާނާ ސްޓޭޓުގެ މަވަތުގައި މުސްލިމުންނާއި ހިންދޫންގެ މެދުގައި ވަނީ މައްސަލަ ބޮޑުވެފައި.
14 ސެޕްޓެމްބަރ 2016 - 07:47
ހަރިޔާނާ (ސެޕްޓެމްބަރު 14) - ގެރި މަސް ކޭ ކަމަށް ތުހުމަތުކޮށް ގޭންގަކުން ރޭޕްކޮށްފައިވާ ކަމަށް އިންޑިއާގެ ހަރިއާނާ ސްޓޭޓުގެ މުސްލިމް އަންހެނަކު ބުނެފި އެވެ.
އުމުރުން 20 އަހަރުގެ އަންހެން މީހާ ބުނީ އޭނާގެ އިތުރުން ހަތަރު ފިރިހެނުން ވެގެން އޭނާގެ 14 އަހަރުގެ ތިމާގެ ކުއްޖަކު ވެސް ރޭޕްކޮށްފައި ކަމަށެވެ. މި އަންހެން މީހާ ބުނީ އޭނާ ގެރި މަސް ނުކާ ކަމަށެވެ.
އަންހެން މީހާ ބުނީ އިންޑިއާގެ ހުޅަނގު-އުތުރުގެ ހަރިޔާނާގެ މެވަތުގައި ވަނީ އޭނާގެ ބޮޑު ބޭބެއަކާއި ބޮޑު ދައިތައަކު ވެސް ގެރި މަސް ކޭ ކަމަށް ބުނެ އަނިޔާކޮށް މަރާލައިފައި ކަމަށެވެ. މި މައްސަލާގައި ތުހުމަތު ކުރެވުނު މީހުން މިހާރު ވަނީ ހައްޔަރުކޮށް ރޭޕް ކުރުމާއި މީހުން މެރުމުގެ ދައުވާ އުފުލަން ނިންމައިފަ އެވެ.
"ގޭންގު މީހުން ބުނަނީ އަހަރެމެން ގެރި މަސް ކޭ ކަމަށް. އަދި އަހަރެމެންނަށް ކުރި ކަންތަކުގެ ވާހަކަ އެހެން ބަޔަކަށް ކިޔައިދީފި ނަމަ މުޅި އާއިލާ އެކުގައި މަރާލާނެ ކަމުގެ އިންޒާރު ވަނީ ދީފައި،" އަންހެން މީހާ ކިޔައިދިނެވެ.
ހަރިޔާނާ ސްޓޭޓުގެ މުސްލިމުން ވިއްކާ މަޓަން ބިރިޔާނީ އަށް ގެރި މަސް އަޅާފައި ހުރިތޯ ފުލުހުން ނުކުމެ ދާދި ފަހުން ވަނީ ޗެކު ކުރަން ފަށައިފަ އެވެ. ހަރިޔާނާގައި ގެރިމަސް ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައިވާ މަވަތަކީ މުސްލިމުން ގިނަ ހިސާބެކެވެ. އަދި މި ސަރަހައްދުގައި މުސްލިމުންނާއި ހިންދޫންގެ މެދުގައި ދޭތެރެދޭތެރެ އިން ކުރިމަތިލުންތައް ހިނގަ އެވެ.
ހަރިޔާނާގައި ގެރި ކަތިލުމާއި ވަގަށް ގެރި ވިއްކުން ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ޚާއްސަ ޓާސްކް ފޯހެއް ވަނީ އެކުލަވާލައިފަ އެވެ. އަދި އެއްވެސް މީހަކު ގެރި ކަތިލާތޯ ބެލުމަށް ވޮލަންޓިއަރުން ވެސް ވަނީ ތަމްރީނު ކޮށްފަ އެވެ.
އިންޑިއާގައި އަޣުލަބިއްޔަތު އޮންނަ ހިންދޫންގެ ގާތުގައި ގެރިއަކީ ދީނީ ގޮތުން މާތް ޖަނަވާރެކެވެ. އަދި ހިންދޫން ގެރިމަސް ކެެއުން ވަނީ މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ
14 September 2016
އަދިވެސް އިންޑިއާ ވަރެއްނެތްތޯ؟
ބޮކުބާޑު
14 September 2016
ތިޔަހިންދޫން މާޔޫސްކޮށްލަން ގެރިކަތިލާ ދުވަހެއް ގެންނަންވީނުން. އިންޑިއާގެ ފުލުހުންނާ ބުދަށް އަޅުކަން ކުރާ މުޑުދާރު ހިންދޫންތަށް ތިބޭނީ އެއިރުން ސައިޒަށް ކެޑިފަ.
ރޮކް
14 September 2016
ދުނިޔޭގެ އެނމެ ބޮޑު ޑިމޮކްރަސީގެ ހާލުމިއޮތީ ފެންނަން. ދެން މިއުޅޭ އަނެއް ދިވެހިން ބޭނުންވަނީ މިގައުމުގަވެސް ހުރިހާދާނަކަށް މީހުން އުޅެން.
ނެހެރޫ
14 September 2016
ހައްދުފަހަނަ އެޅުމުގެ ވާހަކަ އަންނަ އިރު މުސްލިމުންގެ ނަން އެންމެ ކުރީގައި، ހައްދުފަހަނަ އެޅުމުގެ އަމަލުތަކުގެ އެންމެ ކުރީގައި އެހެން މީހުން، ދުނިޔޭގައި ގެރިމަސް ކައިހަދާމީހުންނަށް އެޓޭކްކުރާނެ ދުވަސް އޮތީ މާ ދުރަކު ނޫން.
ވޯޯލްް
14 September 2016
ކޮންމެހެން ގެރިމަސް ކާގެންނެއް ނޫންތި ރޭޕް ކުރަނީކީ. ދީން ބޭނުންކޮށްގެން އެދުން ފުއްދަނީ. ކޮންމެ މީހަކުވެސް ބޭނުންވީމަ ދީން ބޭނުން މިކުރަނީ އެމީހެއްގެ ބޭނުން ފުއްދަން.
ބޯގޯސް
14 September 2016
"ކަލާނގެ" ރައްކާތެރިކުރަން، "ކަލާނގެ ހެއްދެވި އަޅުން" ނުކުންނަން ޖެހުނީމާ އެވަނީ ކޯންޗަކަށް. ބޯގޯސް.....
އަލީ ނަސީރު
14 September 2016
ކަލޯ، އެވެރިން ތިގޮތައް އަހަރުމެންނާ ދިމާލައް އެއްޗެހި ކިޔަންފަށާފިއްޔާ، ހަމަ އަހަރުމެން ވެސް ފުލުން ގޮއްސަ އޮންނާނީ. އަހަރުމެން ނުކުމެ ކިތައްފަހަރުތަ ކޮންމެވެސް މީހަކައް އަދަބު މިދެނީ އެއްޗެކޭ މިއެއްޗެކޭ ކިޔާފަ؟ މުޅި ދުނިޔެ ހަލާކު މިވަނީ، އެއްބަޔަކު އަނެއްބަޔަކު ގަބޫލް ކުރާއެއްޗަކައް ފުރައްސާރަ ކޮއްކޮށޭ!!
މޫސަ
14 September 2016
އެގައުމެއްގައި އުޅެންޖެހޭނީ މެޖޯރިޓީ މީހުންނަށް ތަބާވެގެން. ކޮއްމެ ބަޔަކަށްވެސް އެމީހެއްގެ ދީން ރަގަޅުވާނެ
ތުއްތު
14 September 2016
ކިތަންމެ މޭކަރައިގެން އުޅުނަސް މި ދިޔަ އަޟްޙާ ޢީދުގަވެސް އަހަރެމެން ވާނީ އެތައް ހާސް ގެރިބަކަރި ކަތިލައި އޭގެ މަސްކައިފަ. ދެންލަލަލާ!
ހެހެ
14 September 2016
އާނ ދޯ
ޢަން
14 September 2016
ބައެއް މީހުން އައި އެސްއާ ހެދިދުނިޔެނޫޅެވިގެން އުޅޭއިރު އަނެއްބަޔަކު ގެރިބޮލު އަޅައިގެން.. މުސްލިމުންނަށް ހުރި ގޮންޖެހުމެއްގެ ބޮޑުކަމާއެ ވެ.