ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު. ގަތަރާއި ރާއްޖެއާ ގުޅުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރާ ސުވާލު ކުރައްވަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު.--- ފޮޓޯ: މިހާރު
25 ޖުލައި 2019 - 14:40
ރާއްޖެ އާއި ގަތަރުގެ ގުޅުން އަލުން އިޔާދަކުރުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ސުވާލުކުރުން އަންނަ ބުދަ ދުވަހުގެ ޖަލްސާގައި އޮންނާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިއަދު ބުނެފި އެވެ.
ތިން ވަޒީރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް، އެ ބޭފުޅުންގެ ބައެއް ދާއިރާތަކުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މަޖިލީހުގެ އިދާރާ އިން ފޮނުވި 14 ދުވަހުގެ ނޯޓިހުގެ މުއްދަތު ހަމަވެފައިވާ ކަމަށް އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ޝާހިދުގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާއާ ސުވާލު ކުރައްވަން ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރެވެ.
މަޖިލިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން އާންމު ފާތުމަތު ނިއުޝާ މިއަދު ވިދާޅުވީ، ވަޒީރުން މަޖިލިހަށް ހާޒިރުވެވަޑައިނުގެންނެވުނީ ރަށުގައި ނޫޅުއްވާތީ ކަމަށެވެ. އަދި މިނިސްޓަރުން ރަށުގައި އުޅުއްވާ ތާރީޚެއް ބަލާފައި ސުވާލުތައް އެޖެންޑާ ކުރަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޯޓިސް ހަމަވެފައި ތިން ސުވާލެއް އޮތް އިރު، ނޯޓިސްގެ މުއްދަތު ހަމަ ނުވަނީ ހަތަރު ސުވާލެކެވެ.
ޖާބިރު ހުށަހެޅުއްވި ސުވާލުގައި ވަނީ ގަތަރާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެ ގައުމާ ގުޅުން ބަދަހި ކުރުމަކީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގައި ހިމެނޭ ކަމެއްތޯ ބެލުމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލީ ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތު އެ ގައުމަށް ސައުދީ އަރަބިއްޔާ އާއި ގަލްފުގެ އެހެން ބައެއް ގައުމުތަކުން ކޮށް ގަތަރު އެކަހެރިކޮށްލުމާ އެކު އެވެ. އެކަމަކު، ރާއްޖެ އާއި ގަތަރާ އަލުން ގުޅުން ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ވައުދެކެވެ.
މި ސަރުކާރު ވެރިކަމަށް އައުމާ އެކު، ފޮރިން މިނިސްޓަރު ޝާހިދު ބޭއްވެވި ފުރަތަމަ ޕްރެސް ބްރީފިންގައި ވިދާޅުވެފައި ވަނީ ރާއްޖެ އާއި ގަތަރާ ދެމެދު ގުޅުން ގާއިމްކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެކަމަކު، މިހާ ދުވަސްވީއިރު ވެސް އެ ގުޅުން އަލުން ގާއިމް ނުކުރެވުނު ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
26 July 2019
މިވެރިކަން އައިފަހުން ޝާހިދު ކޮށްފައި އެހުރި މަސައްކަތުން އޭނައަށް އެވޯޑެއް ހައްގުވޭ! އަހަރެން އަބަދުވެސް ބުނަން މިސަރުކާރަށް ލިބުނު ޖަވާހިރެކޭ ޝާހިދުއަކީ. އިލްމާއި ހިލްމު ބޭނުންވަނީ ގައުމުގެ ވެރިންނަށް ތިބޭމީހުންގައި ހުންނަން. އެހެންނޫންތޯ؟
ކަތީބު3
25 July 2019
އޭ ކޮބާ އީރާން
އަލިބެއްޔާ، އެކުވެރިސުވައިދީބް
25 July 2019
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ސުވާލެއް ކޮށްލަދެއްވާ. މިހާތަނައް ގައުމުން ބޭރަށް ކުރެއްވި ދަތުރުފުޅުތަކައް ކިހާފައިސާއެއް ޚަރަދު ވެއްޖެތޯ މަޖިލިސްގެ އިއްޒަތްތެރި މެމްބަރަކު ސާފުކޮށްލަ ދެއްވަބައްލަވާ. ޝުކުރިއްޔާ! ތިޔަ އެންމެހާ ބޭފުޅުންނަކީ ހަމަ ރައްޔިތުންގެ ޚާދިމުން ނޫންތޯ...!
ރަށު އޮޑި
25 July 2019
ޖާބިރުގެ އެޖެންޑާ ހަމަ އެކަނި އެނގޭނީ ޖާބިރައް،ވަރައް ބުއްދިވެރި ވިޔަފާރި ވެރި ޕޮލިޓިކަލް ބެއްޔާއެއް، ސަމާލު ވެލައްވާ
މުކި
25 July 2019
ދަތުރު ޚަރަދާ ގުޅޭގޮތުން ސުވާލުކޮއްލަބަލަ
ގައުމީދޫ
25 July 2019
ތީ މާ ލަސްވެއްޖެކަމެއް. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ދިވެހި ސަރުކާރަށް މިގޮވާލަނީ ގަތަރާއި ގުޅުން އިޔާދަކޮށް އެ ގުޅުން އިތުރަށް އާލާކުރަން. ވައުދަކީ ދަރަންޏެއް ދަރަނި އަދާކުރަން އަވަސްވެގަތުން ރަނގަޅީ! ގަތަރާއި ގުޅުންގާއިމް ނުކޮށް ކޮމަންވެލްތުގައި ބައިވެރިނުވެވިގެން އަވަސްއަރުވައިގެން މިއުޅެނީ ކީއްވެގެންތޯވެސް ބަލަންޖެހޭ!
ސޫލާސިރާޒު
25 July 2019
ގަތަރާ ގުޅުން ގާއިމު ނުކުރެވިގެން އުަލެނީ ސައުދީއާ ހެދި
ފޫލްސް
25 July 2019
ގަތަރާއި ގުޅުންކަނޑާލީ ޔާމީން ސަރުކާރުގެ ބައެއްގެ ޒާތީ މަންފާއަށް ކަމަށް ބުނާތީ އިވެނީ، އެހެންވީމާ އެވެރީންގެ މަޅީގައި މިސަރުކާރު ޖެހިގެންނުވާނެ، ސިޔާސީ މަގާމުތަކުގައި ތިބޭމީހުން ނާޖާއިޒް ފައިދާ ނެގުން ހުއްޓުވުމުގެ ގޮތުންވެސް ތިގުޅުން އިއާދަކުރަންޖެހޭ
ޕުރޫސް
25 July 2019
ކޮބާތޭ ކެމްޕޭނުތެރޭ ބުނި އަޑުއެހީމު ގަތަރާ އީރާނާ ގުޅުން އިއާދަކުރާނެވާހަކަ... ފިނިހަކަ ސުޕޫޑު
ސަންޕަ އަހަންމަދު
25 July 2019
ތިދުވަހު ރާއްޖޭގާ ޝާހިދުއަނެއްކާ ހުންނާނެބާ؟ ރާއްޖޭގާ ހުންނަދުވަހަށްވުރެ ނިހުންނަދުވަސްކަންނޭގެ މިހާރުވެސް ގިނައީ.