ބުރުޖް ޚަލީފާ ދިވެހި ދިދަ އިން ދިއްލާފައި.
27 ޖުލައި 2019 - 00:13
ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ދިވެހި ދިދައަކުން ބުރުޖް ޚަލީފާ މިރޭ ދިއްލާލައިފި އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ހުންނަ މި އިމާރާތަކީ ދުނިޔޭގެ އުސް އިމާރާތެވެ. ފެއްސާއި ރަތާއި ހުދުން މި އިމާރާތް ދިއްލީ ރާއްޖޭގެ މިނިވަން ދުވަހުގެ އުފަލުގައި ބައިވެރިވުމުގެ ގޮތުންނެވެ.
Burj Khalifa 🇲🇻#IndependenceDay pic.twitter.com/wvObHUEOKP
— aShrafiaano 🇲🇻 (@ashrafiaano) July 26, 2019
ދުނިޔޭގައި ފާހަގަކުރާ އެކި މުނާސަބަތުތަކާ ގުޅިގެން މި އިމާރާތް ދިއްލުމަކީ އާއްމު ކަމެކެވެ. އެކި ގައުމުތަކުގެ މިނިވަން ދުވަހާ ގުޅިގެން އެ ގައުމެއްގެ ދިދަ އިން މީގެ ކުރިން ވެސް މި އިމާރާތް ދިއްލާފައިވެ އެވެ.
Burj Khalifa celebrates the 54th Independence Day of the #Maldives. Thank you @emaardubai for this wonderful gesture. May the strong brotherly relations that exist between the #Maldives and the #UAE continue to prosper. @MDVForeign pic.twitter.com/1DEvWgHAym
— Maldives Embassy UAE (@mdvembuae) July 26, 2019
ދިވެހި ދިދައަކުން ބުރުޖް ހަލީފާ ދިއްލުމާ ގުޅިގެން ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީން ކުރި ޓުވީޓު
ބުރުޖް ޚަލީފާ އަކީ 2008 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ރެކޯޑް އޮންނަ އިމާރާތެވެ. އުސްމިނުގައި 2700 ފޫޓް ހުންނަ އެ އިމާރާތުގައި 164 ފްލޯ ހުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮގް މެގޮގް
27 July 2019
އާޖެންޓީނާ ، ސްރީލަންކާ،އިންޑިޔާ ، ޕާކިސްތާން ، ކެނެޑާ ، އެމެރިކާ ، ބަހްރެއިން ، ފިލިޕީންސް ދިވެހިރާއްޖެ ފަދަ އެތައް ގައުމެއްގެ ދިދަ ވަނީ ދިއްލާފަ.
ފިރޫ
27 July 2019
"ދިދައަކުން" ބުނީމަ ހީވަނީ ރާއްޖޭގަ އެކި ވައްތަރުގެ ގައުމި ދިދަ ހުންނަހެން. "ރަނގަޅު ގޮތަކީ ދިވެހި ދިދައިން ބުރުޖް ޚަލީފާ ދިއްލާލައިފި"
ފާހަގަ
27 July 2019
މިނިވަންދުވަހުގެ ކުޅިވަރުތަކަށް ރައީސް ވަޑައިގެންނެވިއިރު މޫނުމަތީ އެއްވެސް ހިނިތުންވުމެއް ނެތް. ހުރީ ހާސްވެފަ ނޫނީ ވަރަށް ބޮޑަށް ރުޅިއައިއްސަ. އެތައް ދުވަހަކަށް ދެމިގެން ދިއަ އެހާމެ ބުރަ ވަގުތުނެގި ފަރިތަކުރުންތަކަށްފަހު އުއްމީދާއެކު ޕެރޭޑްކުރި ކެޑޭޓްކުދިންކޮޅާ ދިމާއަށް ހިނިތުންވުމެއްހާ ހިސާބު ނުދީ ހުންނެވީ. މޫނުފުޅުވަނީ ވަރަށް ބޮޑަށް އުދާސްވެ ހިތްހަމަނުޖެހިފައި. ބަޔަކު ކުރީގެ ރައީސެއްގެ މޫނު ހުންނަ ގޮތާމެދު ވަރަށް އެއްޗެހި ކިޔައި އުޅުނު.
އަހުމަދުބޭ
27 July 2019
މިކަން ވެސް ހަޖަމްނުވާބަޔަކު އުޅޭނެ، ބަޔަކު ޤަބޫލް ކުރިއަސް ނުކުރިޔަސް، މިއިން ދޭހަކޮއްދެނީ ދެޤައުމުގެ ގުޅުން އޮތްމިންވަރު، ލާރިދީގެންވިޔަސް އެމީހުން ކުރަންބޭނުން ނޫންކަމެއް އެވެރިން ނުކުރާނެ، ކީއްތަވީ މީގެ ކުރިން ނުދިއްލީ، ނުނީ ދިއްލަން ނޭގުނީ، މީގެން ރާއްޖެއަށް އެތަށް ފައިދާއެއް ކުރާނެ، އަދި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރުވެސް ކުރެވުނީ
ޢަމާތަ
28 July 2019
ޓޫރިސްޓުންނޭ ކިޔަން ލަދު ނުގަނޭ ދޯ. މީގެ ކުރުން ރާއްޖެޔަށް ޓޫރިސްޓުން ނާންނާށޭ ގޮވީ ކޮންބައެއްތަ. މީގެ ކުރިންވެސް މިހާރުވެސް ސީސަން ގާ ފުލް ވެފަ އޮންނަނީ.
ޒުވާނާ.
27 July 2019
މަރުހަބާ އިބޫ މީގެން އެނގިގެންދަނީ ދުނިޔޭގެ ލޯބި މިހާރުގެ ސަރުކާރައް ލިބޭ މިންވަރު ދުނިޔެބަލައި ގަނެފަވާ މިންވަރު ހަޖަމުނުވާ ހުދުމުހުތާތު ބަޔަކު އިންޖެކްޝަނޭ ރިހަފޮޅިޔޭ ކިޔާނެ އަޅާލާ އެއްޗެއްނޫން
ފަލަގަނޑު
28 July 2019
ކޮބާތަ މަރު ކޮމިޝަން ދެފުއް ފެންނަ. ޙަމަ އަހާލީ ނޭގޭތީ.
ބުރިޖު
27 July 2019
ކިތައްމިލިޔަން ޚަރަދުކޮށްގެންބާ މިކަންކުރީ؟ ބުރިޖު ޚަލީފާ ދިއްލަދެނީ ވިޔަފާރި އުސޫލުންކަން މީދަންނަ ހަގީގަތެއް!
ނިއުމަލާ
27 July 2019
އުފާވެރި މަންޒަރެއް،
ޙަނާ
27 July 2019
މަހީކުރީ ދިރާގުކަަމަށް.
ހޯރަ
27 July 2019
ތީގެން ރަމްޒް ކޮށް ތި ދިނީ ދެގައުމްގެ ގުޅުން ގުޅި ލާމެހިފަ އޮތް މިންވަރު. ތީ މީގެ ކުރިން ދުވަހަކުވެސް ވާ ކަންތަން ތަކެއް ނޫން. ސުކުރިއްޔާ ރައީސް ސޯލިހް.
ހަލީފާ
27 July 2019
މިއުޅެނީ ހޮސްޕިޓަލް ތަކުން އިންޖިކްސަން ހުސްވެގެން. ބަޔަކު ތިބޭނެ ތިތަން ފެނިފަވެސް ހެވިފައި.
ޢަބްދުﷲނާފިޒް
27 July 2019
ޢިންޖެކްޝަން ގަންނަންހުރި ލާރިކޮޅު ބަޔަކު މީހުން ދަވާލައިގެން ފިލިކަމެއް ނުދެނަހުރިން އުތަ، ހަމަ ސާބަސް.
އާފިޒު
27 July 2019
އިންޖެކްޝަން ގަންނަން ލާރި ހުރި ފައިބައިގެން ދިއައިރު. މިހާރު އެރި ސަރުކާރުން މިހާތަނަށް އައިއިރު ހިންގަން ނޭނގި ބަޖެޓް ހުސެވެގެން އެކަން ނުވެގެން އުޅެނީ
ފާތާނިކޭ
27 July 2019
ކޮބައިތަ އެއްކަލަ ޕެނަޑޯލު ބެހި ދީލަތި މެޑަމް؟ އެމަޑަމް ކައިރީ ބުނެލަނިކޮށް އިންޖެކްށަންވެސް ގެނެސްދޭނެ.