ބާ ކައުންސިލަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބު. --- ފޮޓޯ: މިހާރު
27 ޖުލައި 2019 - 19:31
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަކީލުންގެ ތެރެއިން އަބްދުލްމާނިއު ހުސެއިން މިއަދު އިންތިޚާބުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވި އިންތިޚާބުގައި މާނިއު އަށް 199 ވޯޓު ލިބިވަޑައިގަތެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވަކީލް އަލީ ރަޝީދަށް 124 ވޯޓު ލިބިވަޑައިގަތެވެ.
ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށް 37 ވޯޓު ލިބިވަޑައިގަތެވެ. ހަނީފާ ޚާލިދަށް ލިބިވަޑައިގަތީ 27 ވޯޓެވެ. އަހުމަދު ރަޝީދަށް ނުވަ ވޯޓެވެ.
މާލެ އާއި އައްޑޫގައި ބޭއްވި އިންތިޚާބުގައި ވޯޓު ދެއްވީ އެންމެ 404 ވަކީލެކެވެ. ވަކީލުންގެ ދަފްތަރުގައި 1،600 އަށް ވުރެ ގިނަ ވަކީލުން ހިމެނެ އެވެ.
ޖޭއެސްސީގައި ތިއްބަވަނީ ވަކީލުންގެ ތެރެއިން މެމްބަރަކާއި އާންމުންގެ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި މަޖިލީހުގެ ރައީސާއި ރައީސްގެ މެމްބަރަކާއި ބަންޑާރަ ނައިބުގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ އިތުރުން ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ބުއްދި
28 July 2019
ޖޭއެސްސީގެ ކަންތަށް ހިނގާނީ އަންނި ބޭނުންވާ ގޮތަށެވެ. އަންނީގެ އެޖެންޑާ ފުރިހަމަ ކޮށްދޭން ހިސާނު ހުސޭނު އާއި ރިފްޢަތާ އެތިބީ ރެޑީވެގެން ނެވެ. މުޅި ދުނިޔޭގައި އޮތް އެެއްމެ ހަމައެެއް ނެތް އިންސާފެއް ނެތް އެއްތަނަކީ ތި ޖޭއެސްސީ އެވެ. ވީމާ ހަމަޖެހޭ ވަކީލަކު ތިތަނަށް ބޯކޮށްޕާ ލާނެ ތޯއެވެ؟
ވާގޮތް ވީގޮތް
28 July 2019
މި އިންތިޚާބަށް ތަރުހީބެއް ނެތީ ޖޭއެސްސީ އާއި މެދު އިތުބާރެއް ނެތީމައެވެ. ޖޭސްސީ ކޮންޓްރޯލް ކުރާނީ ހައްދުފަހަނަ އަޅާމިންވަރަށަ ސިޔާސީ ވެފައި ތިބި ބައެއް ކަމަށް ވާތީ އެބަދުނާމުގެ ތެރެއަށް ނުވަންނަން ގިނަ ޕްރޮފިޝަނަލް ވަކީލުން ބޭނުން ވެއެވެ.ބޭކާރު މީހެއްގެ ގޮތުގައި "ހުނިޖެހިފައި" އިންނަން ބޭނުމެއް ނުވެއެވެ.
އިސްލާހު
28 July 2019
އިންތިޚާބް ބާޠިލު ކުރުމަށް ބާކައުންސިލަށް ހުށަހެޅުމަށް މަޝްހޫރު ވަކީލުންތަކެއް ދަނީ މަސައްކަތް ކުރަމުން
އީސީ ޝަރީއްޓޭ
27 July 2019
މާނިއު އަށް ތަހުނިޔާ
ޢާންމުމީހާ
27 July 2019
1400 އެތަކެއް ވަކީލުންގެ ތެރެއިން އެންމެ 404 ވަކީލުން ވޯޓު ލައިގެން ވަކީލަކު ޖޭއެސްސީއަށް ހޮވުމަކީ ލިބުނު ވަރަށް ބޮޑު ދެރައެއް. މާ އަވަސް އަރުވައިލައިގެން މިކަން ކުރީ.. ރަނގަޅު އެކަކުވެސް ނެތް. އެހެންވެ ވަރަށް ގިނަ ލޯޔަރުން ބުނީ ވޯޓު ނުލާނަމޯ. ލިޔުންތެރިން ނޫސްވެރިން ދިރާސާކޮށްލަން ރަނގަޅު ކަމެއް މިއީ
ޢާންމު އަނެއް މީހާ
27 July 2019
ރަނގަޅު ކުދިން ކީއްވެބާ ކުރިމަތި ނުލީ. ކޮންމެސް އެއްޗެކޭ ކިޔާނެ. ކަމަކަށް ކުރިމަތި ލާކަށް ނުކެރޭނެ.
ސޫލާސިރާޒު
28 July 2019
ރަނގަޅުކުދިން ކުރިމަތި ނުލީ ތީ އަންނިގެ ވަކިތަކުގައި ތާށުވެފައި ވާ ތަނަކަށްވ ވުމުން
ފަޓާސް
28 July 2019
އަވަސްއަރުވާލައިގެން ކަންކުރީއޭ ބުނާއިރު، ގާނޫނުގައި ބާ ކައުންސިލަށް އިންތިހާބަކުން ވަކީލަކުހޮވަން ދީފައިއޮތީ 15 ދުވަސްކަން ވަކީލުންނަށް ނޭގުމަކީ މައްސަލައެއް ނޫންބާ؟