މޫސުމާ ގުޅޭ އެޕްލިކޭޝަން.
27 ޖުލައި 2019 - 20:12
ރާއްޖޭގެ މޫސުމާ ގުޅޭ މައުލޫމާތު ލިބޭ މޯބައިލް އެޕްލިކޭޝަން ބޭނުން ކުރެވޭ ގޮތް މިއަދު ހަދައިފި އެވެ.
ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭ ގޮތަށް "މޫސުން" އެޕްލިކޭޝަން މިދިޔަ ބުރާސްފަތި ދުވަހު ލޯންޗްކުރި ނަމަވެސް ޑައުންލޯޑަށް ދޫކޮށްލީ މިއަދު އެވެ.
މޫސުމާބެހޭ އިދާރާ އިން ދެމުން އަންނަ މައުލޫމާތު ދިވެހި ބަހާއި އިނގިރޭސި ބަހުން މި އެޕުން ލިބޭނެ އެވެ.
އެޕްލިކޭޝަން ޑިވެލޮޕްކުރި ނިހާޒް އަލީ "މިހާރު" އަށް ބުނީ ރާއްޖޭގެ ފަސް ސަރަހައްދެއްގައި ބަހައްޓާފައި ހުރި ވެދަ ސްޓޭޝަންތައް މެދުވެރިކޮށް އެ ވަގުތެއްގެ މޫސުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އޮންނަ ގޮތް ބަލައިލެވޭނެ ކަމަށެވެ.
"އެ ސްޓޭޝަންތަކުން ކޮންމެ ގަޑިއިރަކު އެއް ފަހަރު ނަގާ ރީޑިން، އެޕަށް ފީޑްކުރުމުން އެ މައުލޫމާތުތައް ހޯމް ސްކްރީނުން ފެންނާނެ. މިއީ މެޓް އޮފީހާ ގުޅިގެން ފޯރުކޮށްދޭ މައުލޫމާތުތަކެއް،" ނިހާޒް ބުންޏެވެ.
Moosun - Apps on Google Play
Receive real-time weather data from MMS
"މޫސުން" އެންޑްރޮއިޑް އެޕްލިކޭޝަން
އެ ވަގުތެއްގެ މޫސުން ހުރި ގޮތުގެ އިތުރުން ކުރިއަށް އޮތް ފަސް ދުވަހުގެ މޫސުން ލަފާކުރެވޭ ގޮތް ވެސް މީގައި ފެންނާނެ އެވެ. ދިޔަވަރާއި އިރާއި ހަނދުގެ މައުލޫމާތު ވެސް ވަނީ ހިމަނަފައިފަ އެވެ. އަދި ހާއްސަކޮށް، މެޓް އޮފީހުން އާންމުކުރާ ސެޓަލައިޓް ފޮޓޯ ވެސް ފެންނާނެ ކަމަށް ނިހާޒް ބުންޏެވެ.
"އެޕްލިކޭޝަން ފުރިހަމަ ކުރަމުން މި ދަނީ. ބައެއް ކުދިކުދި ބަދަލުތަކެއް އެބަހުރި ގެންނަން. ކްރިޓިކަލް އެއްޗެއް އެކަމަކު ނީންނާނެ. ކުދިކުދި ކަންކަން ކުރަން ހުންނާނެ،" ނިހާޒް ބުންޏެވެ.
Moosun
Maldives Meteorological Service Official App
App Store
"މޫސުން" އައިއޯއެސް އެޕްލިކޭޝަން
އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ އެޕްލިކޭޝަން ތައްޔާރުކުރީ މެޓުގެ ހިދުމަތްތައް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމުންނާ ހަމައަށް މޫސުމާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ. އަދި މިއީ އެ އިދާރާއިން ދެމުން އަންނަ އެލާޓްތައް، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ކޮމަން އެލާޓިން ޕްރޮޓޮކޯލް (ކެޕް) ސިސްޓަމަށް ބަދަލުވުމަށްޓަކައި އެ އޮފީހަށް ހާއްސަކޮށްގެން ކެޕް އެލާޓިން ސިސްޓަމެއް ގާއިމްކުރަން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސޭން
28 July 2019
އެއީ މެޓް އޮފީހުގެ އަމިއްލަ އެޕެއް. ނިހާޒަކީ ޑިވެލޮޕަރު.
ސޮލޮމަން
28 July 2019
މެޓް އޮފީހުގެ އަމިއްލަ އެޕެއްތޯ ނޫނީ ނިހާޒު މެޓު އޮފީހާ ގުޅިގެން ނެރުނު އެއްޗެއްތޯ؟ ސަރުކާރު އޮފީސްތަކުގެ މައުލޫމާތު އަމިއްލަ މީހުންނަށް ފޯރުކޮށްދީ އާމްދަނީ ހޯދުމަށްވުރެ އަމިއްލައަށް ހެދުންވެސް ރަނގަޅުވާނެ، ކޮރަޕްޝަނަށް މަގުފަހި ނުވާނެ
ވައްޑޫ
28 July 2019
ތިއެޕް ނެހެދިޔަސް މޫސުން ބެލޭ
އަދާލަތު
28 July 2019
ހުސްދޮގު. ނުފެނޭ އެކައްޗެއްވެސް. އިންސްޓޯލް ކުރަން އެޕް ނުވެސް ފެނޭ.
ސޫވާލު
28 July 2019
މިހާރު އެބައިން
ހަހަލޮ
28 July 2019
ބޭރުގެ އެޕް ތަކުން ވެސް ތި ލިބޭ. ތި އައްވުރެ ރަގަޅު މައުލޫމާތުވެސް
ހެހެހެ
28 July 2019
ދިވެހި ބަސް ކިޔަވާދޭ ޓީޗަރަކަށް މީތި ދައްކާލިނަމަ ދިވެހިން ހުރި މައުލޫމާތު ރަނގަޅަށް ގެނެސްދެވަޭނެ
ހަސަންފަސާހު
28 July 2019
އެލާޓު އަންނާނެބާ!. ސަޅި ޑިޒައިނެއް!
ކައްކާ
28 July 2019
ގަޑިބަލާ އެޕެއް ނުނެރޭތަ.
ދޮންމޫސަ
27 July 2019
އޭތި ޑައުންލޯޑް ކުރިފަހުން އަހަރެން މިއުޅެނީ ބޭރަށްދާން ނުކެރިގެން. އޭގެންދައްކަނީ މިރޭ ވިއްސާރަކަމަށް.
އަހުމަދުއަލޯ
27 July 2019
ކަލޯ ސަޅި އެޕެއް! ހާދަ މޮޅޭ ދިވެހިންވެސް މިހާރު