ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީޝެލްސް އަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް---ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސް އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އަންނަ ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ސީޝެލްސް އަށް އެމަނިކުފާނު ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް ޑެނީ ފޯރޭގެ ދައުވަތަކަށް ކަމަށެވެ.

ސީޝެލްސް އަށް ވަޑައިގަތުމުގެ ދައުވަތު ދެއްވީ، ރައީސް ޑެނީގެ މަންދޫބެއްގެ ހައިސިއްޔަތުން އެ ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ކެބިނެޓް އެފެއާޒް، މުހައްމަދު އަފީފް ރާއްޖެ އަށް ދާދި ފަހުން ކުރެއްވި ރަސްމީ ޒިޔާރަތުގަ އެވެ.

ރައީސް، ސީޝެލްސްއަށް ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމު ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރައްވައި، އެންމެ މަތީ ފެންވަރުގެ މަޝްވަރާތައް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ސީޝެލްސްގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

25 ކޮމެންޓް, 59 ރިއެކްޝަންސް

icon happy icon happy 39%
icon sad icon sad 2%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލި

30 July 2019

މުޅިންވެސް އިންޑިއާ ޕްރޮޕެގަންޑާ އޮންނަ ތަންތަނަށް ރައީސް ވަޑައިގަންނަވަނީ ކީއްވެ؟؟؟

The name is already taken The name is available. Register?

ދުުނިފޫ

29 July 2019

ފައިސާ އެއް ލާރިއެއް އިންވެސްޓްމަންޓެއް ލިބޭ ތަނަކަށް ނުދާތި. މޯޑީ ރަތައް އަރާނެ.

The name is already taken The name is available. Register?

ދސދަަައެ

29 July 2019

ކަނޑު ވިއްކަންތަ؟

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

29 July 2019

ރައީސް. Seychelles އާއި އައްޑުއަކީ ތާރީޙީގުޅުމެއްއޮތް 2 ޤައުމެއް. * * ޤައުމީއެއަރލައިނުގައި ތިދަތުރުކުރައްވާއިރު މާލެއިން ފުރުމުގެ ބަދަލުގައި ގޭން އައިލެންޑްއިން ސޭޝަލްގެ ވިކްޓޯރިއާ އަށް އަދި އެތަނުން އެބުރި ގަމަށް ވަޑައިގަންނަވާއިރުނޫސްވެރިންނާއި، ކުޅިވަރުގެ އޮފިޝަލުންނާއި، ވިޔަފާރިވެރިންގެވަފުދަކާއިއެކު އަފީފުދީދީގެ ބޭފުޅުންވެސްބައިވެރިކޮށްގެން ގަމަށް އެބުރިވަޑައިގެން މާލެނޫންއެއަރޕޯޓަކުން ރަސްމީދަތުރުކުރެއްވި ފުރަތަމަރައީސްގެލަޤަބުހޯއްދެވުން.

The name is already taken The name is available. Register?

އެގޮތަކަށް

29 July 2019

100 މިލިޔަން ހަރަދަށް!؟

The name is already taken The name is available. Register?

އަށްޑޫ ކަތީބު

29 July 2019

މި ސަރުކާރު އައީ ދައުލަތުގެ ހަޒާނާއިން ދަތުރު ފަތުރުކުރުމަށް އެކަނިބާ. މިހާ ތަނަށް މިގައުމުގެ އެންމެ ބޮޑު ބަޖެޓް ފާސްކޮށްގެން ކުރެވުނީ ހުސް ދަތުރު. މުޅީ ދުނިޔެ ބަލާލަންވާނެ ސާބަސް. މިއޮތީވާ ގައުމެއްގެ ވެރިކަމަކާ ބަޔަކު ހަވާލުވެފައި.

The name is already taken The name is available. Register?

ބެހޮއްކޮ

29 July 2019

ގައުމަށް ކަމެއްކޮށް ނުދެވުނަސް ފުރަފުރައިގެން ގައުމުން ބެރަށްދެވޭތޯ ބަލާތޭ

The name is already taken The name is available. Register?

އިސްމާލްކަލޭފާނު

29 July 2019

ތިތަނުން ދެން ކެނޑާލާ ސޯމާލިޔާއަށް ނުވަތަ އިތިއޯޕިޔާއަށް. ދެން އެއްބަސްވުންތަކެއްގައި ސޮއިކޮށްލާފައި އައިމާ ދިވެހިން ތިބޭނެ ހޭވައްޓާލާފާ އަތްޖަހަން. ދިވެހިން ދިވެހިންގެގޮތުގާ ގަމާރުކަންމަތީ އަބަދަށް.

The name is already taken The name is available. Register?

ފުންއަސަރު

29 July 2019

މަރްހަބާ ރައީސް އިބޫ. އުންމީދަކީ ރާއްޖެއަށް ގިނަގުނަ ކަންތައްތަކަކުން ބޮޑެތި ކާމިޔާބީ ލިބުން. ގިނަމީހުނާ ރަހްމަތްތެރިކަން އުފެދުނީމާ ގިނަކަންކަން ވާނެ. ލޮލުގެ ކުޑަކޮޅުން ބައްލަވާނޭ ހަމަ އެންމެ ގައުމެއްވެސް ބާއްވާނޭކަމެއް ނެތް. ބޭނުންވަނީ އެކުވެރިކަމާއެކު ސުލްހައަށް މަސައްކަތްކޮށް ދައުރު ނިންމާލުން.

The name is already taken The name is available. Register?

ރަދީފް

29 July 2019

ރަނގަޅު.ތިޔަ ލިސްޓަސް މިގައުމުތައް ވެސް އިތުރުކޮށްލާތި. (ތުވާލޫ ، ނައުރު ، ސެއިންޓް ކިޓްސް އަދި މާޝަލް އައިލެންޑްސް) ވ.ވެދުން

The name is already taken The name is available. Register?

ސަރީފު

29 July 2019

މިލިއަނުން ލޯނު ނަގައިގެން އަބަދު ދަތުރު ކުރިޔަސް އޯކޭ! ކަރަޕްސަން އެއްނޫން! ޔާމީނުް އެކައުންޓުން 1 މިލިއަން ފެނުނީމާ މައްސަލައަކަށްވީ! ޔާމީނުް ކޮއްދިން ކަމެއްފެންނަމީހަކު ނެތް!

The name is already taken The name is available. Register?

ރަދީފް

29 July 2019

''ސީޝެލްސް އަށް އެމަނިކުފާނު ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް ޑެނީ ފޯރޭގެ ދައުވަތަކަށް ކަމަށެވެ.''

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454