ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ގެ ދެ ކަނބަލުން ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
މިއަދު މެންދުރު އެ މަނިކުފާނު ރާއްޖޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ އެވެ.
ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެ އަށް ވަޑައިގަތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދަޢުވަތަކަށެވެ.
ސީޝެލްސްގެ ރައީސްގެ މި ދަތުރުފުޅުގައި ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވާނެ ކަމަށް ދިވެހި ސަރުކާރުން ބުންޏެވެ.
އެ އަށް ފަހު ދެ ގައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ގައުމުގެ ލީޑަރުން މަޝްވަރާ ކުރެއްވި ކަންކަން މީޑިއާއާ ހިއްސާ ކުރުމަށް ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައި ވެ އެވެ.