ޓޫރިޒަމް ދާއިރާގެ ކުރިއަށް އޮތް ފަސް އަހަރުގެ މާސްޓާ ޕްލޭންގެ މަސައްކަތް ފެށުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު އަދި ޓޫރިޒަމް ދާއިރާގެ ބައެއް އިސްވެރިން.---ފޮޓޯ: ރައީސް އޮފީސް
29 ޖުލައި 2019 - 23:20
ޓޫރިޒަމްގެ ބޭނުމަށް 11 ރަށަކުން ބިން ދޫކުރުމަށް ސަރުކާރުން ނިންމަވާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިއުލާން ކުރައްވައިފި އެވެ.
ކުރިއަށް ފަސް އަހަރަށް އެކުލަވައިލާ ޓޫރިޒަމް ދާއިރާގެ މާސްޓާ ޕްލޭންގެ މަސައްކަތް އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރުމަށް ނިންމާފައި ވަނީ ބީލަމުގެ އުސޫލުން ކަމަށެވެ.
"ރަށު ފަތުރުވެރިކަން" ތަރައްގީ ކުރުމަށް ބިން ދޫކުރުމަށް ނިންމި ރަށްތަކުގެ ތެރޭގައި ހއ. ފިއްލަދޫ އިން ދައްޕަރު ސަރަހައްދާއި ހއ. އުލިގަމާއި ހއ. ކެލާގެ އިތުރުން އައްޑޫގެ ހަ ރަށަކުންންނާއި ލ. ގަމާއި ފުވައްމުލަކު ތުނޑި ސަރަހައްދު ހިމެނެ އެވެ.
"މިއީ ވެސް އަޅުގަނޑުމެންގެ ގައުމީ ތަރައްގީ އަށް މުހިއްމު މަސައްކަތަކަށް ވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޓޫރިޒަމް ސިނާއަތު ފުޅާ ކުރާ އިރު ދިވެހިންގެ ސަގާފަތާއި ފަންނީ މަސައްކަތްތަކާއި ހާއްސަ ހުނަރުތައް އެ ދާއިރާ އިން ގުޅައިލަން ޖެހެ އެވެ. އެއާ އެކު، ޓޫރިޒަމްގެ ދާއިރާ ކުރި އެރުވުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އަށް ބަލާ އިރު ޓޫރިޒަމްގެ ދާއިރާގައި ބޭނުން ކުރެވޭ ސަރަހައްދަށް ވުރެ އަދިވެސް ބޮޑީ ބޭނުން ނުކުރާ ސަރަހައްދު ކަމަށް ރައީސް ވިދާޅުވި އެވެ.
"ރާއްޖޭގެ ކަނޑޫފާތަކާއި ކުޅިތަކާއި ޗަސް ބިންފަދަ ތަންތަނަކީ މި ރާއްޖޭގެ ގުދުރަތީ ތަރިކަ. އެފަދަ ތަންތަން ސަރުކާރުން ހިމާޔަތް ކުރާނީ އެފަދަ ތަންތަނުން ލިބެން އޮތް އެންމެ ބޮޑު މަންފާއެއް ވެސް ލިބޭ ގޮތަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައުދު
30 July 2019
އައްޑޫ ކޮބާ. ހީވަނީ ނިދާފަ އޮތްހެން. ހޭލަންވެއްޖެ ދޯ. ރައްޔިތުން ވެސް ނިކަން ކެރިގެން ނިކުމެ ސުވާލު ކުރަން އެބަޖެހޭ. ވެރިން ޖަވާބުދާރީ ކުރުވައިގެން ނޫނީ ކުރެއެރުމެއް ނެތް.
ނަޝީދުއަންނި
30 July 2019
އަޅުގަނޑުމެން އެބަހީ އެމްޑީޕީ ނޫން ސަރުކާރެއް އަތުވެއްޖިއްޔާ ޓޫރިޒަމް ބޮއިކެޓްކުރުމަށް ގޮވާ މަސައްކަތްކުރާނަށް.
އަލީ ރާޖާ
30 July 2019
މިމީހުންގެ ލަދުހަޔާތުގެ ކުނޑިފުކެއްވެސް ނުހުރޭދޯ. އިއްޔަ މުޅި ދުނިޔޭގަ ގޮވަމުން ދިޔައީ ޔުނިވާސަލްއާ ޗަމްޕާއާ ވިލާގެ ރިސޯޓްތަކަށް ގެސްޓުން ނުފޮނުވަން. މިއަދު މާސްޓަރ ޕްލޭން ހަދަނީ މިމީހުން ގޮވައިގެން
ޢަލިދީދީއައްޑޫސިޓީ
30 July 2019
އުއްމީދުކުރަން އިބްރާހިމް މުޙައްމަދު ޞާލިޙް ގެ ދައުރުގެ ފުރަތަމަ އަހަރަކީ، ކަންކަން ތަރުތީބުކޮށް ޕްލޭންކޮށް ތައްޔާރުވާ އަހަރުކަމުގައި އަދި އެއަށްފަހު އަންނަ 3 އަހަރު ދުވަހަކީ، ހުރިހާ މަޝްރޫޢެއް ހިންގައި ނިންމައި ވަޢްދު ފުއްދާނެ މުއްދަތުކަމުގައި ވެގެންދާނެ ކަމުގައި. އަދި އެންމެ ފަހު އަހަރަކީ، ދެން އަންނަން އޮތް 5 އަހަރަށް ދިރާސާކޮށް ޕްލޭންކޮށް އަދި 2023 ގެ ރިޔާސީ ކެމްޕެއިން އަށް ތައްޔާރުވާނެ މުއްދަތުކަމުގައި ހައްދަވާނެކަމަށް.
ބޮޑުމީހާ
30 July 2019
ކޮބާތަ ފްލެޓް ކޮމިޓީ؟ ކޮމިޓީގެ ހަބަރުނުވާތާ 10 ވަނަ ހަފްތާ؟ ދިވެހި ފުލުހުންނާއި ސިފައިންވެސް ފްލެޓް ކޮމިޓީގެ ހަބަރެއް ބަލާދީބަލަ
މާލިމީ
30 July 2019
ތެދުތެދަށް ބުނަނީނަމަ، ބީލަމުގެއުސޫލުން ޓޫރިޒަމަށް ކުއްޔަށްދޭބިންތައް ނެގޭނެފެންވަރެއް ރައްރަށު އާއްމުރައްޔިތުންގެ ނުހުންނާނެ. މިކަމަކީ، ރައްޔިތުމީހާގެޖީބަށް ޑޮލަރު ވަނުމުގެބަދަލުގައި، އަނެއްކާވެސް އަމިއްލަރަށުގައި ރައްޔިތުމީހާ އަޅުވެތިވާނެކަމެއް. ބިން ނަގާނީ އެއްކަލަ މާލޭގެ މަހުޖަނު، ނޯކަރަކަށް ހުންނާނީ ރަށުމީހާ. ޑޮލަރުވަންނާނީ މަހުޖަނުގެޖީބަށް، ރައްޔިތުމީހާއަށް ލިބޭނީ ބައެއްފަހަރު ޓިޕްސް.
6666
30 July 2019
އެމްއެމްޕީއާރުސީ ކުޅިގަނޑުފެށިއްޖެ. ކުރިންވެސް ކެއީ ގުޅިގެން. ބުރޯ ބުނީމާ ބިން ވިއްކަންވެސް ފާސް ކޮށްދިން. ޒީރޯ ޓޮލަރެންސޭ ކިޔާ ދަށުން ދަމާ ކުޅެނީ.
ލޮކޭޝަންއެކޭ
30 July 2019
ޓޫރިޒަމް ބޭނުމަށް ސަރުކާރުގެ އާ މާސްޓަރ ޕްލޭން ގައި ހާ އަލިފު އަދި އައްޑޫ ފުވައްމުލައް ހިމެނިފައި އޮތް ނަމަވެސް ބިޑްގެ އުސޫލުން ބޮޑު އަގުގައި އެ ސަރަހައްދުން ބިން ތައް ކުއްޔަށް ނަގައިގެން އެކަން ކުރާނެ ފައިސާ ހުރި ބަޔަކު ނުވާނެއޭ އައްޑޫ އިސްމެހެލާ ހެރައިގައި އިންވެސްޓް ކުރަމުން އަންނަ މީހުން ވެސް މިހާރު އެތިބީ އެތަނަށް އިންވެސްޓް ކުރެވުނު މޮޔަބޮލަށް އަރާފައޭ ސަބަބަކީ ގެސްޓުންގެ ޑިމާންޑެއް އައްޑޫ އަށް ނެތުމުންނޭ އައްޑޫ އެއީ އިންޑަސްޓްރިއަލް
ކާންބެ
30 July 2019
ކޮންމެ ވެރިކަމެއްގަވެސް ދައުލަތަށް ބަލަދުއަރާފަ ތިބި މީހުން ތިޔަފެނިވަޑައިގަންނަވަނީ އިސްމޭޒުކޮޅުން.
ކަމެކޭ
30 July 2019
ޓޫރިޒަމްގެ ބޭނުމަށް 11 ރަށަކުން ބިން ދޫކުރަން ނިންމައިފި ނަމަ އެއީ ރަނގަޅު ކަމެއް އެކަން ކުރަން ފުރަތަމަ ޖެހޭނީ މާލެ ސަރަހައްްދުން މާފުށި ފަޅު އެއްކޮށް ހިއްކާލާ އެތަނުން ޓޫރިޒަމްގެ ބޭނުން ތަކާއި އަދި ލައިޓް އިންޑަސްޓްރިއަލް މަސައްކަތް ކުރަން ބޭނުންވާ ފަރާތް ތަކަށް 20 ހާސް އަކަފޫޓްގެ ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ކުއްޔެއްގެ ގޮތުގައި ދައްކާގޮތަށް 200 އަހަރަށް ބިން ކުއްޔަށްދޭންވީ ކުއްޔަށް ބަދަލެއް ނާންނާނެ އުސޫލުން އެއީ ކުރަން ޖެހޭނެ