އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝެއިހް އިލްޔާސް ހުސެއިން. - ފޮޓޯ: ސޯޝަލް މީޑިއާ
30 ޖުލައި 2019 - 10:14
ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސެއިނަށް މެލޭޝިއާގެ އެމްބަސީން ރަމްޒީ މަގާމެއް ހަމަޖައްސައިފި އެވެ.
އާއިލާ އެކު މެލޭޝިއާގައި ދިރިއުޅުއްވާ އިލްޔާސް އައްޔަން ކުރެއްވީ ކައުންސެލަ ޓު ދަ އެމްބެސެޑަރުގެ މަގާމަށެވެ. މެލޭޝިއާގައި ހުންނަވާ ދިވެހި ސަފީރަކީ ވިސާމް އަލީ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވި ގޮތުގައި އެއީ ހަމައެކަނި ރަމްޒީ މަގާމަަކަށް ވާތީ އިލްޔާސަށް މުސާރަ ނުވަތަ އިނާޔަތެއް ވެސް ލިބިވަޑައެއް ނުގަންނަވާނެ އެވެ.
ޝައިހް އިލްޔާސަކީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ތާއީދު ކުރެއްވި ބޭފުޅެކެވެ. ރިޔާސީ އިންތިހާބުގެ އެންމެ ފަހު ޖަލްސާއެއްގެ ގޮތުން ހިތަދޫގައި ބޭއްވި ޖަލްސާގައި އޭނާ ބައިވެރިވަޑައިގަތެވެ.
މި ސަރުކާރަށް އިލްޔާސް ތާއީދު ކުރައްވަން ނިންމެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ބައެއް ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އެވެ. އަނިޔާވެރިވުމަކީ، އިސްލާމްދީނުގައި ކިހާ ނުބައި ކަމެއް ކަން އޮޅުންފިލުވައިދޭން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ހިމެނުމުން، އިލްޔާސަށް ދީނީ އިލްމުވެރިންގެ ފާޑުކިއުން އަމާޒުވި އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފަށައި ކުރީގެ ސަރުކާރުގައި އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ވެސް ނެގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.ނަޒުނާ އަހުމަދު ހިތަދޫ/ޔޫކޭ
31 July 2019
މަޖިލިސް 19 މެމްބަރުން އެބަޖެހޭ ނަޝީދުގެ ނުފޫޒުން ވަކިވެ މިގޮތުން ދޫކުރަމުން ގެންދާ ރަމުޒީ މަގާމުތަކާއި ޔޫ ކޭ ގެ އެމްބަސީގައި ޝާހިދުގެ ދަރިފުޅަށް 345،000 ރުފިޔާ މުސާރަދެވޭގޮތާއި މިހިރަކަންތައް ބަލައި ރައްޔަތުންނަށް ޖަވާބު ދާއިރުވެދެއްވުންއެދެން.....
ފިދާ
30 July 2019
ހުރުމާ ކެއުމުގެ ޚަރަދު އާއިލާ އަށް މުސާރައެއް އެލަވަންސެއް ނުލިބޭ ކީކޭ ދެން ބުނާނީ ދުލުގަ ހިފާ ދަމަނީ
333223
30 July 2019
ދޭހަދިޔާ އެކޭ އެއީ.. އޭރަކަށް ނު ޑިޕްލޮމެޓިކް ވިސާވެސް ލިބޭނީ، އަދި ފަހުންވެސް އުޅެންފަސޭހަވާނެ އޭރުން. ސީވީގަ ވެސް ޖަހާލެވޭނެއެއްނު..
ހަރާމީ
30 July 2019
ކޮން ގާނޫނެއްގެ ދަށުން ރަމްޒީ މަގާމުތައް ދެނީ ހިތު ހުރި ގޮތަކަށް. ކޮބާ ސަރުކާރު ޒިންމާދާރުކުރުވާ މަޖުލިސް ކޮމިޓީ. ބައްލަވާ މީކުހިނެއް ހިނގާ ކަމެއްތޯ
ހަސަނު
30 July 2019
މި ކަރަޕްޝަން.. އެމްބެސީގައި ރަމްޒީ ވަޒފާހުރެގެން ނުވާނެ.. މުސާރަ ވެސް ރަމްޒީކޮށް ބާ ދޭނީ.. ފައިސާ ހަމަ އެކަނި ދައްކާލާފަ....
ހިމާރުލް ޤައުމު
30 July 2019
ދެން ކީއްކުރާ މަޤާމެއް. މަސައްކަތަކެއް، ޛިންމާއެއް، މުސާރައެއް ނެތް. ޝޭޚު އިލިޔާސްއަކީ މިޤާމަކާއި ހެދި އުޅުއްވާ ބޭފުޅެއްހެނެއް ހޯއެއްނުވޭ. ދެން ކޮންސަކަރާތެއް. ސަރުކާރުގެ މަޤާމްތައް މަދީތޯ
ކެކެ
30 July 2019
ޓޭޕު އަޅުއްވާ ބާރަށް ޓޭޕް އަޅުއްވާ.
ހާމަ333
30 July 2019
މިހެންވެތާ ސަރުކާރުގެ ގޯސް ކަމެއް އިލްޔާސްމެނަށް ނުފެނިގެން އުޅެނީ...އިމްރާނަށްވެސް ޝަހީމަށްވެސްވީ މިހެން...މިއީ ސިޔާސީ ޝެހުން...ދީން ފެތުރުމަށްވުރެ އަމިއްލަ އެދުން ބޮޑުވެ ތިމާމެންގެ އަމިއްލަ ފައިދާއަށް ރައްޔިތުންނަށް ދީން ވިއްކައި ކައިބޮއި މިއުޅެނީ...
ބެއްޔާ ކޮއްކޮ
30 July 2019
ރަމްޒީމަގާމެއް! މުސާރައެއް ނޯންނާނެ! އެކަމަކު 25000ރ ގެ އެލަވަންސްއެއް!
ބެއްޔަ
30 July 2019
ބެއްޔާ އެލައުއެންސަށް ދިވެހިން ކިޔަނީ އިނާޔަތޭ ނޫންތަ ؟
ޒިޔާދް
30 July 2019
ޝެއިހް އިލްޔާސް އަކީ ވިޔަފާރިއެއް ކުރާ މީހެއް ނޫން. އިތުރު އާމްދަނީ އެއް ލިބޭ މީހެއް ނޫން. މެލޭޝިޔާގައި ދިރި އުޅުމަކީ ކުޑަ ޚަރަދެއް ދާނެ ކަމެއް ނޫން. 5 އަހަރުން 1 ފަހަރު ކޮޅު ބަދަލުކޮށްލައިގެން ރީޗާރޖް ކޮށްލައިގެން އުޅެނީ އޭ ބުނަން ފުރުޟަތު ލިބެނީ މިކަހަލަ ކަންތައް ތަކާއި ހުރެ. ޝެއިހުންގެ އަގު ވެއްޓުމުގެ ޒިންމާ ނަގަންޖެހޭނީ އެމީހުން އަމިއްލަ އަށް.