މޯލްޑިވިއަންގެ މަތިންދާބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭމަތީގައި: އޭ 330 ގެ ދެ ބޯޓު ކުރިއަށް އޮތް ދެ މަސް ތެރޭގައި ރާއްޖެ ގެންނާނެ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
31 ޖުލައި 2019 - 15:04
ބޮޑެތި ސައިޒުގެ ދެ މަތިންދާބޯޓު، ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ގެނެސް ހިދުމަތަށް ނެރެެން މަސައްކަތް ކުރަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން މިއަދު ބުނެފި އެވެ،
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިއޭއެސް އިން ބުނީ، އެ ކުންފުނިން ގެންނީ އެއާބަސް އޭ 330 މަރުކާގެ ދެ ބޯޓު ކަމަށެވެ. ވައިޑް ބޮޑީ ހުންނަ އެ މަރުކާގެ ދެ ބޯޓު ގެނައުމަށް ފަހު، މޯލްޑިވިއަންގެ ދަތުރުތައް އާ މަންޒިލްތަކަށް ފަށަން ހަމަޖެހިފައިވާ ކަަމަށް ވެސް އައިއޭއެސް އިން ބުންޏެވެ.
މޯލްޑިވިއަން އިން މިހާރު އޮޕަރޭޓް ކުރަނީ ޑޭޝް8-200 މަރުކާގެ ދެ ބޯޓާއި ޑޭޝް8-300 މަރުކާގެ އަށް ބޯޓާއި އެއާބަސް އޭ 320 މަރުކާގެ އެއް ބޯޓާއި އެއާބަސް އޭ 321 މަރުކާގެ އެއް ބޯޓް އަދި ޑީއެޗްސީ ޓްވިން އޮޓާގެ 11 ބޯޓެވެ.
އައިލެންޑް އޭވިއޭޝަނުން ކުރިން ވަނީ އަށް މަތިންދާބޯޓަކަށް ފައިސާ ދައްކައިފަ އެވެ. އޭގެ ތެރޭގައި، މިހާރު އޮޕަރޭޓް ކުރަން ތައްޔާރުވަމުން އަންނަ އޭ 330 މަރުކާގެ ދެ ބޯޓު ވެސް ހިމެނެ އެވެ. ބާކީ ބޯޓުތައް ގެންނާނެ އިރެއް އެ ކުންފުންޏަކުން އަދިއެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެގުނުކަތީބު
01 August 2019
އަނެއްކާ ފުލުން ދުއްވައި ނުލާތި؟
މާރަނގާ - އައްޑޫ ސިޓީ
31 July 2019
ފީޒްބްލްނުވާނެކަމަށްބުނަމުންދަނިކޮށް Srilankan Airlines ކާމިޔާބުކަމާއިއެކު Schedule ގަމަށް ކުރާތާ 2 އަހަރުވެއްޖެ. * * މިފަހަރު ބޯޓްގެނައުމުގެކުރިން ދައުލަތުންސަބްސިޑައިޒްކޮށްގެންވިޔަސް ގޭން އޮސްޓްރޭލިއާ އަދި ގޭން ހޮންގްކޮންގް ދަތުރުތަކުން ގަމާއިދުނިޔޭގެ ދެފަރާތްގުޅާލަންއެއްބާރުލުންނުދީފިނަމަ އައްޑޫކައުންސިލް އިންޑިޔާއާއިއެކުއެއްބަސްވުމަކަށްއައިސް ގޭންއެއަރޕޯޓް IndiGo އަށް ހުޅުވާލާ ބޮމްބޭ ގޭން އޮސްޓްރޭލިއާ އަދި ސައުތުއެފްރިކާގެދަތުރު ފަށާންޖެހޭ.
ސާދަ ބުރި
31 July 2019
ސާބަހޭ އިބޫ. އިބޫ ވަރުގެ ވެރިއަކު ނެތް.
އަލީ ވަލީދު
31 July 2019
ސިލޯނަށް މި ބޯޓުތައް ދިއުން މަނަ އީތޯ
ޒާއްކޯ
31 July 2019
މަދެންހީހީ ހަލާކު. އޭ330 ފުރަތަމަ ހޯދައިގެންނޫން ލާރިދައްކާނީ މިހަފުތާގަ ސޮއިކުރީ. އެމީހުން އެޑުވާންސަށް 3 މިލިއަންޑޮލަރު ދިނީމަ ދެން ބޯޓެއް ހޯދަން އުޅޭނީވެސް. ބޯޓުގެންނަނީވެސް ކުއްޔަށް.. އޭ330 2 ބޯޓަށް ލާރިދައްކާއިފިޔޭ ލިޔެފަ އިނީމަ ހީވަނީ ބޯޓުތައް ގަންނަނީހެން
ހުވާ
31 July 2019
ލިއުންތެރިޔާ އަށް ލިޔަން ނުކެރުނުދޯ ކުރީސަރުކާރުން ފައިސާ ދައްކާ ނިންމާފަ އޮތް ވާހަކަ. ތިޔަ ކަހަލަ ހީލަތްތެރިކަމާ އޮޅުވާލަން ހެޔޮނުވާނެ. ހިތާމަހުރި ކަމެއްތީ
މުރާސިލް
31 July 2019
ތިޔަ ފެންނަނީ ރައީސް ޔާމިން އިންދެވި ގަހުގައި މޭވާ އަޅާފައްކާވާ އުފާވެރި މަންޒަރެވެ. ރައީސް ޔާމިންގެ ސަރުކާރުގައި ޤައުމީ އެއާލައިން ކުރިއަރުވަން ކުރެއްވީ މަސައްކަތުގައި، ހަޤީޤަތުގައި ތިޔަ އޭ330 ދެބޯޓަކީ މިއަހަރުގެ ޖެނުއަރީގައި ގެންނަން ހަމަޖައްސާފައި އޮތް ދެބޯޓެވެ. މިހާރުގެ މެނޭޖްމަންޓްގެ ދޯހަޅިކަމުން ލަސްވެގެން ދިޔައީއެވެ. ދިވެހި ދިދަ ޖެހި ޤައުމީއެއާލައިންގެ ފުލައިޓް އެޓްލާންޓިކްކަނޑު ހުރަސްކޮށް ދަތުރުކުރުމަކީ ރައީސް ޔާމީންގެ ހުވަފެން ފުޅެކެވެ.
ތަކުރާ އޮގަރު
31 July 2019
ޔާމިނެއް މައުމޫނެއް ނަޝީދެއް އަދި އިބޫ އެއް ކިޔާނެކަމެެްނެތް، ދިވެހި ރައްޔަތުންގެ ފައިސާ ކޮން ވާހަކައެއް ދައްކަން ޔާމިނު ނަޝީދު މައުމޫނު މީ މާޒީ ދެނެއް ބޭނުމެއްނުވޭ
އަލީޑޯޑީ
31 July 2019
ކޮންމެކަމެއްވެސް ރައްޔިތުންނަށް އޮޅުވާލެވޭތޯ ބަލަންވާނެ. އެއްވެސް އާމަންޒިލަކަށް ނުފަށާ. ޗައިނާއަށް ޗާރޓަރ ފުލައިޓު އޮޕަރޭޓުކުރާ ޓޮމް އޮޕަރޭޝަން ހުއްޓާލަން ނޯޓިސްދިނީމަ ޗައިނާއިން ބަޔަކު ހޯދައިގެން އެ ޑެސްޓިނޭޝަންތަކަށް ފުލައިކުރަން އުޅެނީ. އޭ330 ބޯޓުތަކަށް ލާރިވެސް ނުދައްކާ. ފުރަތަމަ ބޯޓުފަހަރު ހޯދައިގެންތާ ލާރިދައްކާނީ. މިހަފުތާގަ ޗައިނާބަޔަކާ އެކު ސޮއިކުރަނީ. ބޯޓުތައް ގެންނަނީ ކުއްޔަށް
އޭޑީ
31 July 2019
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްގީ ވަމުންއަންނަ އިރު، ގައުމީ އެއާލައިންވެސް ތަރައްގީކުރުމަކީ ރަނގަޅުކަމެއް! ސަރުކާރުން އިންވެސްޓުކޮށްގެން އަދި ޑިޕޮލޮމެޓިކު ގުޅުންތަށް ބޭނުންކޮށްގެން ގައުމީ އެއަރލައިން ކޮޅަށް ޖަހާލާ، ފަތުރުވެރިކަމަށް ބަރޯސާ ވެގެން އޮތް އޮތުން ނިންމާލަން ޖެހޭ! ޑުބާއީގެ އެމިރޭޓްސް ކުންފުންޏަށް މޯލްޑިވިއަންގެ ހިއްސާ ވިއްކުމަށްފަހު، ބޮޑު އެއަރލައިން އަކަށް ބަދަލުކޮށްލަންވީ!
ޒިޔާޕު
31 July 2019
ޝުކުރިއްޔާ ރައީސް ޔާމީން
އާމިނަތު އަލީ ޝިހާބު/ސ.ހިތަދޫ
01 August 2019
ސާބަސް ކުރީގެ ރައިސު އަށް މަނިކުފާނު އަޅުއްވައިފައިވާ ކޮންމެ ހަރުދަނާ ފިޔަވަލަކީ އަންނަންއޮތް ޖީލުތަކުގެ ފުއްދުންތެރިކަމަށް ބެލުމަށްފަހު ޚާއްސަކޮށް މާލޭގެ ރައްޔަތުންގެ ތަނަވަސްކަން އިތުރުވެ މިއަދަށް ތުރެން މުއްސަނދިވެ އަތުންފައި އެއްވެސް މަސައްކަތެއްނުކޮށް ތިބެ ބޮޑުއާމުދަނީއެއް ލިބޭފަދަ ވިސްނުމަކުން ކޮށްފައިވާ އަގުހުރި މަސައްކަތްތަކެއް، އަޅުގަނޑު ގަބޫލުކުރާގޮތުގައި މާލެ ރައްޔަތުން މަނިކުފާނަށް ސެލިއުޓު ނަގަންމަޖުބޫރު..ނަމަވެސްހަރާންކޮރުވިތަންފެނ
ޝިހާބު އަލީ/އ.ހިތަދޫ
01 August 2019
މާލެ މީހުންނަކީ އަބަދުވެސް އެމްޑީޕީއަށް ވެރިކަންދޭން އަތުކުރި އޮޅާފަ ތިބޭ ބައެއް. އެމްޑީޕީނޫން ކޮންމެ މީހަކު ކިތަންމެ ކަމެއް ކޮށްދިނަސް އަބަދުވެސް އެ ބަޔަކަށް ހަރާންކޯރުވެފަ ތިބޭނީ.