މާލެ: އޮކްޓޯބަރު 29، 2018: ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް 15 މެޖިސްޓްރޭޓަކު އައްޔަން ކުރައްވައި އެ ބޭފުޅުން މަގާމުގެ ހުވާ ކުރައްވުމަށް ރޭ ސުޕްރީމް ކޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރު ހަސަން ސައީދު ބައިވެރިވެވަޑައިގަންނަވަނި--. ފޮޓޯ: ނިޝާން އަލީ/މިހާރު
07 އޯގަސްޓް 2019 - 21:46
ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދާއި ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިރޭ ލަފާ ދީފި އެވެ.
ޖޭއެސްސީ އިން ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނީ ހަސަން ސައީދާއި ރާގިބުގެ މައްސަލަ ބެލި ކުޑަ ކޮމިޓީގެ ރިޕޯޓް އެ ކޮމިޝަނަށް ހުށަހަޅައި އެ ބަލައިގެންފަ އެވެ. އެ ރިޕޯޓްގައިވާ ގޮތުން ދެ ބޭފުޅުންގެ މައްޗަށް ހުށަހަޅާފައިވާ ޝަކުވާ ޖޭއެސްސީ އަށް ސާބިތުވާ ކަމަށެވެ. އެކަމަކު، ޖޭއެސްސީގެ ބަޔާނުގައި ދެ ބޭފުޅުން ވަކި ކުރަން ނިންމި ސަބަބެއް އަދި ހާމައެއް ނުކުރެ އެވެ.
ރިޕޯޓަށް ޖަވާބުދާރީވުމަށް ޖޭއެސްސީ އިން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީގެ ބައްދަލުވުމެއްގައި އެކަން ނިންމައި، މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފޮނުވައިގެންނެވެ. ރައްޔިތުންގެ މަޖިލީހުން އެ ފަނޑިޔާރަކު ވަކި ކުރަން ވޯޓު ދީފި ނަމަ އޭނާގެ މަގާމު ގެއްލުނީ އެވެ. މިގޮތަށް މަޖިލީހުން މިހާތަނަށް ވަކިކޮށްފައިވަނީ އެންމެ ފަނޑިޔާރެކެވެ.
އެއީ ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ޖޭއެސްސީގެ ތަހުގީގު ކޮމެޓީއަކުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ވަކި ކުރަން ވެސް ޖޭއެސްސީ އަށް ލަފާ ދީފަ އެވެ. އެކަމަކު، ޖޭއެސްސީން އަދި އެކަމާ މެދު ގޮތެއް ނުނިންމަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން ހުސައިން
08 August 2019
ރާޣިބަކީ ވަކި ކުރަން ޖެހޭ މީހެއް، ފަނޑިޔާރެއްގެ ކިބައިގައި ހުންނަން ޖެހޭ އެއްވެސް އަޚްލާޤެއް ހުރި މީހެއް ނޫން، ބަސްމަގުވެސް ވަރަށް ހަޑިހުތުރުކޮށް ހުންނާނީ، މައްސަލަތައް ނިންމަނީ ރިސްވަތަށް، އޭނާ ނިންމާ އެއްވެސް މައްސަލައަކަށް މަތީ މަރުޙަލާގައި ތާޢީދެއް ނެތް ލިބިފައެއް
ޥަކިކުރަން
08 August 2019
ޜާގިބް އަކީ ކަނޑަން ޖެހޭމީހެއް އެކަމަކް ޙަސަން ކަނޑަން ޖެހޭ ސަބަބެއް ނޯންނާނެ، ހަސަދަވެރިކަން ފިޔަވާ މިއީ މުޅި މިގައުމުވެސް ދަންނާނެކަނެއް ހަގީގަތެއް މަސްތޫރު އާއި ރައުފް މިއުޅެނީ ނޫން ކޮންގޮތައްތޯ؟.
ދިވެހިމީހާ123
08 August 2019
ކޮންގޮތަކުންތޯ ރާގިބު ކަނޑާލާފަ ހަސަން ސައީދު ނުކަނޑަންވީ. ހަޤީޤަތުގައި ރާޤިބައްވުރެ ހަސަން ސައީދުގެ އަޚްލާޤީ ފެންވަރު މާބޮޑަށްވެސް ދަށް. ފަށްވެސް ކަނޑައިފި ވިއްޔާ. އަދި ހަސަން ސައީދު ހައްޤު ނޫން ގޮތުގައި ހޯދައިގެން އުޅޭ ފްލެޓުގެ މައްސަލަވެސް ތަޙްޤީޤު ކުރަންޖެހޭ.
މުސާ ހުލާ
08 August 2019
ތީވަރަށް ރަނގަޅުވާހަކައެއް ބައެއްމީހުންގެ އަބުރު ކަތިލުންތޯ ފާފައަކަށް ވަނީ
ޥިކްޓިމް
08 August 2019
ދެ ސައީދު ވެސް ފެމިލީ ކޯޓުން ބޭރުވީ އިންޝާ ﷲ
އައްޑޫމީހާ123
08 August 2019
ހަސަން ސައީދު ހީކުރީ ބެސްޓް ފްރެންޑަކަށް އުއްތަމަ ފަނޑިޔާރު ޑރ. ޑީޑީ އާއި ޑީޖޭއޭ ނަޒީރު އާއި ސުޕްރީމް ކޯޓު ސެކެރެޓަރީ ޖެނަރަލަކަށް ފާއިޒު ހުރީމާ ޝަރުޢީދާއިރާއަށް ބޭނުން އެއްޗެއް ހެދިދާނެ ކަމަށް. އެހެނެއް އެކަމެއް ނުވާނެ. އަދިވެސް ޖިންސީ ގޯނާ ކުރާ ފިރިހެން މުވައްޒަފުންގެ ދިފާއުގައި ވަކާލާތު ކުރައްވާ އެއިރުން ބޮޑުތަނުން ރަނގަޅުވާނެ.
ޝަރުތު1
08 August 2019
މިއީތޯ އެއްކަލަ ކީރިތި ކުރެއްވި ފަނޑިޔާރު. މިހާރު ކީކޭބާ ބުނާނީ. އަޅުގަނޑަށް ފެންނަނީ މިބޭފުޅުންގެ ރިޕޯޓުވެސް ޢާންމު ކުރަން. އޭރުންތާ އެހެންމީހުންނަށްވެސް އިނގޭނީ މިއީ ކިހާ ނުރައްކާތެރި ބައެއްކަން. އަދި މިބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާ ކުރަންޖެހޭ.
ޝައިތާނަ
09 August 2019
ކަލެޔައް ވަރަށް ރަނގަޅަ އެނގިލައްވާނެ ހަސަން އަކީ ވަރަށް ރަނގަޅު މީހެއްކަން އެހެން ނަމަވެސް ކަލޭގެ ހަށިގަނޑް ތެރޭގައިވާ ޝައިތާނަ ގެ ހަސަދަވެރިކަން ތިޔަ ފެންނަނީ.
ނަންނުޖަހާ
08 August 2019
މިއީ އިބުރަތުން ފުރިގެންވާ ކަމެއް. މީހަކަށް ދެރައެއް ދީފައި އެހެން ބަޔަކަށް އުފަލުގައި ނޫޅޭވޭނެ. އެކަން ﷲ ސުބުޙާނަޙޫ ވަތަޢާލާ އެމީހަކަށް ދައްކަވާނެ.
ހަނާ
08 August 2019
ހަސަން ސައީދު އަކީ ކިތައް މައުސޫމް ކުދިން ގެ ހައްޤުނިގުޅައިގެން އެކުދިން ގެ ބައްޕަ އިންނާ އެއްކޮޅައް މައްސަލަތައް ނިމްމާ ދިން ޤާޒީއެއް ކޮންމެ ކަމަކައް ނިމުން އަންނަނީ......
ބޭބެ
07 August 2019
ރާޤިިބްއަކީ ރަނގަޅު ބޭފުޅެއް. މަޤާމުގެ ދަހިވެތިކަމުގައި 28 އަހަރު ހިދުމަތް ކޮށްފައި ތިބޭ ޤާޒީންގެ އަބުރު އިއްޔެ އައިބަޔަކު ކަަތިލައިފި. ތިކަން މަރުވީމާ ފެންނާނެ
ތާއީދު
07 August 2019
މީހުންގެ އަބުރު ކެތުލުމަކީ ފާފައެއް
މަރުތެޔޮ
08 August 2019
ރާގިބު ރަނގަޅޭ ބުނާނެ މީހަކު މިރާއްޖޭގައި އުޅޭތަ؟ އޭނާ މަސައްކަތްކުރި އެއްވެސް އަތޮޅެއްގެ މުވައްޒަފެއް އޭނާ ރަނގަޅުކަމށް ބުނޭތޯ ބަލާލަބަ ނިކަން. އޭނާ އާއިލާއިންވެސް ގަބޫލު ކުރާނެ ފަނޑިޔާރެއްގެ ހުންނަންވާ އަހުލާގު އޭނާގެ ނެތްކަން.
ބިސްބޮންބޮން
08 August 2019
މަރުވީމަކާ އެކަޗެއްވެސް ނުފެންނާނެ! އޭރުން އޮންނާނީ ކަށްވަޅުގެ އަނދިރިގަނޑުގަ! ދެންވެސް ފަނޑިޔާރުގެ މަގާމަކީ ދާއިމަށް ވޮޑިގެންވާ މަގާމެއްކަމަށް ނުބަލާ ނުފުއްޕާ އުޅެވޭތޯ ބަލާބަލަ! ބޭނުންއެއްޗެއް ދެނެއް ނުހެދޭނެ ކަލޭމެން ލަދެއްހަޔާތެއް ނެތް ފަނޑިޔާރުންތަކަށް