އައިއެސް އިން ޚަބަރު ފެތުރުމަށް އެ މީހުންގެ އަމިއްލަ ރޭޑިއޯ އާއި މަޖައްލާ އަދި ސޯޝަލް މީޑިއާ ބޭނުން ކުރޭ.
17 ސެޕްޓެމްބަރ 2016 - 08:08
ވޮޝިންޓަން (ސެޕްޓެމްބަރު 17) - އެމެރިކާގެ ވައިގެ ހަމަލާތަކެއްގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޕްރޮޕެގެންޑާ ފެތުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުގެ އިންފޮމޭޝަން މިނިސްޓަރު ވައިލް އާދިލް ހަސަން ސަލްމާން އަލް ފަޔާދު ސީރިއާ އިން މަރާލާފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.
އައިއެސްގެ ޕްރޮޕަގެންޑާ ވީޑިއޯތަކާއި މީހުން މަރާ ވީޑިއޯތައް ތައްޔާރުކޮށް ދައްކަމުން ދަނީ ޑރ. ވައިލްގެ ނަމުން މަޝްހޫރު ފަޔާދުގެ ބެލުމުގެ ދަށުން ކަމަށް ޕެންޓަގަނުން ބުނެ އެވެ. އޭނާ މަރާލީ މި މަހު 7 ވަނަ ދުވަހު ރައްގާއާ ކައިރި ހިސާބުތަކަށް ދިން ވައިގެ ހަމަލާތަކެއްގައި ކަމަށް ވެސް ޕެންޓަގަނުން ބުނެފައިވެ އެވެ.
ފަޔާދަކީ އެމެރިކާ އިން ހަމަލާދީ މިދިޔަ މަހު މަރާލި އައިއެސްގެ ހަމަލާތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުނު އަބޫ މުހައްމަދު އަލް އަދުނާނީގެ ވަރަށް ގާތް މީހެއް ކަމަށްވެ އެވެ. އަދުނާނީގެ ބޮލަށް އެމެރިކާ އިިން ވަނީ ފަސް މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.
"އައިއެސްގެ އިސް ލީޑަރުން މަރަމުން ގެންދިއުމަކީ އެ މީހުން އަތުލާފައިވާ ބިންތަކުގައި ތިބުމަށާއި ކުރިއަށް ކަންކަން ރޭވުމާއި ފައިސާ ހޯދުން އަދި އިރާގާއީ ސީރިއާގެ އެތެރެ އާއި ބޭރުގައި ހަމަލާތައް ދިނުމަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެއް،" ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޕީޓާ ކުކް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ. "އައިއެސް އެކުގައި ނެތިގެން ދަންދެން ކޯލީޝަން ޕާޓްނަރުންނާ އެކު މަސައްކަތް ކުރާނަން."
ކުކް ވިދާޅުވީ އެމެރިކާގެ ވައިގެ ހަމަލާތަކުގައި މަރާލި ފަޔާދަކީ އައިއެސްގެ ލީޑަޝިޕް ގްރޫޕް ނުވަތަ ޝޫރާ ކައުންސިލުގެ މެންބަރެއް ވެސް މެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްކިތް
18 September 2016
ޙަވާރިޖުންނަކީ ކޮބައިކަމާ އެމީހުންގެ ސިފަތައް ހަދީސްތަކުން އެހެރީ ފެންނަން، އެމީހުން ގުރުއާން ވަރަށް ރީއްޗަށް ކިޔަވާނެ ކަމާ އެކަމަކު ކާފަރުންނާ ބެހޭ އާޔަތްތައް މުސްލިމުންނަށް އެޕްލައިކުރާނެ ވާހަކަ ވެސް ހަދީސްތަކުގަ އެބަހުރި. ދިވެހި އިލްމްވެރިން މިވާހަކަ މީހުންނަށް ކިޔާ ނުދެނީ ކީއްވެ؟ މިސްކިތްތަކުގެ ކާޕެޓަށް ކެމިކަލް ޖެހުމަށް ވުރެން މިކަން ކުރުން މާމުހިއްމުވެއްޖެ.
ރރރ
17 September 2016
ރާއްޖެ އެބަޖެހޭ މިކަން ކަމައް ވިސްނަން، ދިވެހި 180 ޓެރަރިސްޓުން ސީރިޔާގަ އެބަތިބި. މިމީސް މީހުން އަދި ޔާއްޖެ އަންނާނެ މިގައުމުފަސާދަކުރަން. އައިއެސް އައް މީނުންހޮނުވާ އެއްވެސް ބަޔަކު އަދި މިރާއްޖެޔަކުން ހައްރަރެއް ނުކުރޭ.
ބޯގޯސް
17 September 2016
މިދިޔަ މަހު މަރުވި މީހެއްގެ ވާހަކަ މިއަދު ބުނުމުގެ ބޭނުމަކީ ކޮބާ؟
ނައްތާލާ
17 September 2016
އައިއެސް އަކީ އެއީ ވަރަށް އަނިޔާވެރި ޖަމާއަތެކެވެ. އެމީހުން އެބަޖެހޭ އެއްކޮށް ނެތެން މިދުނިޔެ އިން. އެމީހުން ނެތެން ދެން ޖެހޭނެ އެމެރިކާ އިން މިކަން ކުރަން. އެއިރަށް މިދުނިޔެ އަށް ހަމަޖެހުން އަންނާނީ.