އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އަފްއާލާއި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން: ހިތުގެ އޮޕަރޭޝަންތަކަށް އާސަންދަ ދިނުމަށް ވަނީ އެދިފައި-- ފޮޓޯ: ނިޝާން އަލީ/މިހާރު
08 އޯގަސްޓް 2019 - 14:20
ރާއްޖޭގައި ހިތުގެ އޮޕަރޭޝަންތައް ކުރުމުގެ ހަރަދު އާސަންދައިން އެއްކޮށް ކަވަރުވާނެ ގޮތެއް ހަމަޖައްސައިދޭން އޭޑީކޭ ހޮސްޕިޓަލުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންގެ އަރިހުން މިއަދު އެދެފި އެވެ.
ހިތް ފަޅާލައިގެން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަނަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިއަދު އޭޑީކޭ ހޮސްޕިޓަލުގައި ބޭއްވި ހަފުލާގައި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އޮޕަރޭޝަންތަކަށް ހޭދަވާ ހަރަދު ދައުލަތުގެ އިންޝްއަރެންސް ސްކީމުން އެއްކޮށް ކަވަރު ނުކުރާތީ ގިނަ މީހުންނަށް ދަތިވާ ކަމަށެވެ.
ހެލްތު މިނިސްޓަރު އަމީން ބައިވެރިވެވަޑައިގެންނެވި ހަފުލާގައި އަފްއާލް ވިދާޅުވިގޮތުގައި އެފަދަ އޮޕަރޭޝަނެއް ރާއްޖޭން ކުރާ ނަމަ އާސަންދައިން ކަވަރުކުރަނީ 75 ޕަސެންޓެވެ. ރާއްޖެއިން ބޭރުން ކުރާ ނަމަ އެއްކޮށް ކަވަރު ކުރެ އެވެ. އަފްއާލް ވިދާޅުވިގޮތުގައި އެ ނިޒާމަށް ބަދަލު އަންނަން ޖެހެ އެވެ.
ހިތް ފަޅާލައިގެން ރާއްޖޭގައި ކުރި ފުރަތަމަ އޮޕަރޭޝަނަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ކޭކް ފަޅަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
"ރާއްޖޭން ބޭރުން އަޅުގަނޑުމެންނާ ކޮމްޕެޓިޓިވް އަގުތަކެއްގައި ނޫނީ ބައެއް ފަހަރު އަގު ބޮޑުކޮށް ކުރާއިރު ވެސް އެއްކޮށް ކަވާ ވޭ،" ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލްގެ އެމްޑީ ވިދާޅުވި އެވެ.
"އެގޮތަށް[އާސަންދައިން އެއްކޮށް ހަރަދު ކުރާގޮތަށް] ހަމަޖެހިއްޖެ ނަމަ މިހާރަށް ވުރެ މި ނިޒާމަށް މީހުންގެ އިތުބާރު ހޯދޭނެ."
Hithuge furathama operation ah ahareh, ADK in bunanee ithubaaru hoadhijje kamah!
The most trusted news source in the Maldives
Mihaaru
ހިތުގެ އޮޕަރޭޝަން ކުރާތާ އެއް އަހަރުވުން---
އައްފާލްގެ މި ވާހަކައާ ގުޅިގެން "މިހާރު"ން މިނިސްޓަރު އަމީނަށް ސުވާލުކުރުމުން ވިދާޅުވީ އެކަން މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ވެގެންދާއިރު އެ ކަންކަމަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އާސަންދަ ދޭގޮތާއި އެންސްޕާގެ ހިދުމަތް ދޭ ގޮތް ރިފޯމް ކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށް އެބަދޭ. ވަށައި ޖެހިގެން އަންނައިރު [އެފަދަ] ކަންކަމަށް ހައްލު އަންނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭޑީކޭގެ ހިތުގެ ޑޮކްޓަރު މުހައްމަދު ޝާފިއުއާ މިނިސްޓަރު އަމީން ސަލާމް ކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
އޭޑީކޭން ހިތުގެ މި އޮޕަރޭޝަންތައް ކުރަނީ ޕެކޭޖްތަކަށް ބަހާލައިގެން ހަރަދު ކުރާ ގޮތަށެވެ. އޯޕަން ހާޓް ސާޖަރީއެއް ކުރަނީ 77،550ރ. އަށެވެ. އެއީ ހޮސްޕިޓަލުގައި އެޑްމިޓްކުރާ ހިސާބުން ފެށިގެން، އޮޕަރޭޝަނަށް ފަހު ބާއްވާ ކޮޓަރީގެ ކުލި ވެސް ހިމަނައިގެންނެވެ.
އެއް އަހަރު ތެރޭގައި އޭޑީކޭން ވަނީ ހިތުގެ 21 އޮޕަރޭޝަން ކޮށްފަ އެވެ. އެއީ 15 ބައިޕާސް އޮޕަރޭޝަނާއި ހަ އޯޕަން ހާޓް ސާޖަރީ އެވެ. އެންމެ ދުވަސްވީ މީހަކަށް އޮޕަރޭޝަން ކޮށްފައިވަނީ 82 އަހަރުގެ ދިވެއްސެއްގެ ބައިޕާސް އޮޕަރޭޝަނެވެ. އެ އޮޕަރޭޝަން ކާމިޔާބުއިރު އޭނާ ހެޔޮހާލުގައި މިހާރު ވެސް އެބައުޅެ އެވެ.
އަފްއާލް ވިދާޅުވިގޮތުގައި ރާއްޖެން ބޭރަށް ދިއުމުގެ ބަދަލުގައި އެ ހޮސްޕިޓަލުން ހިތުގެ އޮޕަރޭޝަން ކުރުމަށް މިހާރުވެސް ބައެއް މީހުން އާދެ އެވެ. އަދި ބަލި މީހުން އޮޕަރޭޝަންގެ އިންތިޒާރުގައި ގިނަ ދުވަހު ތިބެން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޑީކޭގެ ހިދުމަތްތައް ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ އެ ހޮސްޕިޓަލަކީ ހަރުފަތްތައް ގިރާކުރުމުގައި ނަމޫނާއެއް ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާ އެހެން ހަރުފަތަކަށް ގެންދިއުމަށް ވާދަވެރިކަން އުފެދޭ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރުޓޭ
08 August 2019
ތިއުޅެނީއެލާރިކޮޅުވެސް ކައްވާލާނެ ގޮތެއްހޯދަން. މިހާރުވެސް އޭޑީކޭއިން އާސަންދާއިން ނަގާ އަދަދު ބަލިމީހާއަތުންވެސް ނަގާ
ލުއްކީ
08 August 2019
ކީއްވެތޯ މިކަންކަން ނުވާންވީ..ސަރުކާރު ހޮސްޕިޓަލުން ހުޅުބަދަލުކުރުން ބުރަކަށީބަދައގެ މައްސލަތައް ހައްލުކުރަން ބޮޑުކިޔޫއެއް އެބައޮތް..އޭޑީކޭ ޓްރީޓޮޕް.ތަންތަނުން އާސަންދަ ލިބޭގޮތް ހައްދަވާ ރައްޔިތުންނަށް ހިދުމަތް ދެއްވާ..ސަރުކަަރު ހޮސްޕިޓަލުން ކިޔޫ ބޮޑުވެގެން ބައެއް މީހުނަށް އާސަންދަ އެބަދޭ ރާއްޖޭންބޭރުން.އެކަމު އޭޑީކޭ ޓްރީޓޮޕުން ކުރެވޭކަންކަން..ކީއްކުރަން އިންޑިއާ ހޮސްޕިޓަލްތަކަށް ފައިސާތަކެއް ދޭންވީ..
ޗޮމމ
08 August 2019
ކީއްވެތަ އާސަންދަ އާއެކު އޭޑީކޭން ފަރުވާ ލިބުމަށް ވުރެ އަމިއްލަ ހަރަދުގައި ބޭރުން ފަރުވާ ހޯދުމުގެ އަގު ކުޑައީ؟ ހަމައެކަނި އޯޕަން ހާޓް އަލަށް ފެށީތީ ޓެސްޓުކުރާނެ ކަންބަޅިއެއް ގޮތަށް ދިވެހިން ހޯދަން ކޮމްޕެޓެޓިވް އަގުތަކެއް ހެދިޔަސް ކަމަކު ނުދޭ!
ނަން
08 August 2019
ކިހިނެއް ތިކަން ކުރާނީ، ދައުލަތުން އާސަންދަ ޚަރަދު ކޮއްގެން ބޭރަށް ފޮނުވާ ޕޭޝަންޓަކަށް ޚަރަދު ކުރާ ވަރެއްގެ %05 - %10 ދެމެދުގެ އަދަދެއް ކަޓްގޮތުގައި ބޭރުން ހަމަޖައްސާފަ ހުރި ހޮސްޕިޓަލްތަކުން އާސަންދަ ކުންފުނީގެ ވެރިންނާއި އެންސްޕާއިން ނަގައެވެ. މި ކަން އޮތީ ޕޕއމ އަދި މި ވެރިކަމުގައި ވެސް ހަމަ މިގޮތަށްށެވެ. ޒީރޯ ޓޮލަރެންސްގެ ހަލާކު އޮތީ. ދައުލަތު ބަޖެޓް އަހަރު ނުނިމެނިސް ދަވާލީއެވެ ނިމެދިޔަ ވެރިކަމާ ހަމައެކަނި ތަފާތަކީ ކަމެއް ނުކޮއް ދަވާލިކަމެވެ
މަރޭމިތުރު
08 August 2019
[އާސަންދަ ދޭންވާނީ އިނގޭތޯ ވަރަށް ރަނގަޅަށް ބަލާލާފައި! އާސަންދަ ދޭވަރުގެ ޑޮކްޓަރުންނާއި ވަސީލަތް ހުރިތޯ ބަލާލާފައި!]................. އާސަންދަ ދޭންވާނީ ހާއްސަކޮށް ހިތުގެ އޮޕްރޭޝަންކުރަން ދޭންވާނީ އެވަރުގެ ޑޮކްޓަރުންނާއި، އެވަރުގެ ވަސީލަތްތައް ހުރި ހޮސްޕިޓާތަކަށް. ގިނަފަހަރަށް މިއުޅެނީ ސީޓީސުކޭނެއްވެސް ނުހެދިގެން އޭޑީކޭއިން. އަހަރެން ގަބޫލުކުރަނީ ބޮޑެތި ތަންތަނަށް އާސަންދަ ދިނުމަށް. ހާއްސަކޮށް ހިތުގެ އޮޕްރޭޝަންތަކަށް.
Dhaadhey
08 August 2019
ދައުލަތުގެ އެސެޓެއް އެތައް އަހަރު ދުވަހަކަށް ކުޑަކުއްޔަކަށް ދީފައިވަނީ ރައްޔިތުންނަށް ލުއި އަގެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް. އެހެންނަމަވެސް ވަށައިގެން އުސްޢިމާރާތްތަކެއް ހަދައި ބޮޑު އަގުގައި އެތަންތަނުގެ ކޮޓަރި ކުއްޔަށްދެމުންދަނީ. ތިޔަހުރިހާ ސާޖަރީއަކާ ޓެސްޓްތަކެއް ހަމައިހުގެ ބާޢިމާރާތުގެ ސަރަހައްދުގައި. ތިޔަ އަގަކީ ބޮޑުއަގެއް. ތި އަގު ދިވެހިރައްޔިތުންނަށް ކޮށްދޭންވާނީ ދެބައިކުޅައެއްބަޔަށްވުރެ ކުޑައަގުގައި.
އަކުރާ
08 August 2019
އޭޑީކޭއަށް ގޮވާލަން، ހިތުގެ އޮޕަރޭޝަން ކޮށްދޭ އަގު އާސަންދައިގެ އަގުތަކަށް ކުޑަކުރަން. އޭރުން އާސަންދައިން އެއްކޮށް ކަވަރކުރެވޭނެ.