16 އޯގަސްޓް 2019 - 09:43
އައިޝްވާރިޔާ ރާއީ މިހާރު ސްކްރީނުން ނުފެންނާތީ ދެރަވެފައި ތިބި ފޭނުން ބައިވަރެވެ. އޭނާ އެންމެ ފަހުން ފެނުނު ފިލްމަކީ ކުޑަ ރޯލެއް ކުޅުނު، މިދިޔަ އަަހަރުގެ ފްލޮޕް ފިލްމު "ފަނޭ ހޭން" އެވެ. އޭގެ ފަހުން މިހާތަނަށް އޭނާ އެއްވެސް ފިލްމަކަށް ސޮއިކުރި ކަމުގެ އަޑެއް ނާރަ އެވެ.
އެކަމަކު އައިޝްވާރިޔާ އަންނަ އަހަރު ފިލްމަކުން ފެންނާނެކަން މިހާރު މި ވަނީ ކަށަވެރުވަފަ އެވެ. މި ފިލްމަކީ މިހާރު ޝޫޓިން އެއްކޮށް ނިމުމަކަށް އައިސްފައިވާ އަޖޭ ދޭވްގަންގެ ތާރީހީ ހަނގުރާމަ ފިލްމު "ތާނަޖީ: ދި އަންސަންގް ވޮރިއާ" އެވެ.
Fierce avatar of the legendary warrior! ⚔️Tanhaji Comming Soon 🔥🔥🔥
— A R U N (@AdianArun) July 10, 2019
6Months To TANHAJI #tanhaji #HarHarMahadev pic.twitter.com/GcgPzB3GFO
އަޖޭގެ އަންހެނުން ކާޖޮލް ވެސް މި ފިލްމުގައި އުޅެ އެވެ.
އޯމް ރައުތު ޑައިރެކްޓް ކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސައިފް އަލީ ހާން، ސުނިލް ޝެޓީ، ޝަރަދު ކަޕޫރްގެ އިތުރުން ސައުތުގެ މަޝްހޫރު އެކްޓަރުންތަކެއް ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި "ބާހްބަލީ" ކުޅުނު ޕްރަބާސް އާއި ޖަގަޕަތީ ބާބޫ އަދި ދެވައްޓާ ނަގޭ ހިމެނެ އެވެ.
އަންނަ އަހަރުގެ ޖެނުއަރީ 10 ގައި ރިލީޒް ކުރާ "ތާނަޖީ" އަކީ 17 ވަނަ ގަރުނުގެ އިންޑިއާގެ ވަރުގަދަ އަސްކަރީ ލީޑަރު ތާނަޖީ މަލަސޫރޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
މީގެ ރޯލަކުން އައިޝްވާރިޔާ ފެނިގެން ދާނެކަން ކަށަވަރުވެފައިވާ އިރު، މި ފިލްމުވެގެން ދާނީ ކާޖޮލް އާއި އައިޝްވާރިޔާ އެއް ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ. އެހެންވެ މިއީ "ތާނަޖީ" އަށް ބެލުންތެރިންގެ ސަމާލުކަން ހުއްޓޭނެ އެއް ކަމަކަށް ވެގެން ދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕެނިކުފަރީދާ
16 August 2019
އައިޝްވަރިއާ މިހާރު ހުންނަނީ ވަރަށް ދެރަވެފައި. އޭނަ ހީކުރީ އޭނައަކީ ކަމަށް އިންޑިއާގެ އެންމެ މަޝްހޫރު މިސްވޯލްޑް އަދި ހޮލީވުޑު ފިލްމެއްވެސް ކުޅުނު. ހުއްޓާ ޕްރިއަންކާ ޗޯޕްރާ އެކަން އެފުއްމިފުށަށް ޖަހާ އެމެރިކާއިން މީހަކާ އިދެ 20 މިލިއަން ޑޮލަރުގެ ގެއެއް ބައިވެރިއާއާކު ގަނެފި. އައިޝްވަރިއާ އާމީތާބުގެ ގޭގަ ފިރިމީހާއާއެކު ފިރިމީހާއަށް ރަގަޅު ފިލްމުގަޑެއް ލިބެނީވެސްނުން.
ސުނީތާ
17 August 2019
ޕްރިޔަންކާ ހޮލީވުޑުގަ މިހާތަނަށް ކުޅުނީ ހުސް ފްލޮޕްވި ފިލްމްތައް. ޢެ ޑްރާމާގަނޑުވެސް ވީ ފްލޮޕް.
ޕްލައިވުޑް
17 August 2019
އައިޝްވާރިޔާޔާ ހަމަކުރަން ޕްރިޔަންކާ އަދި 100 އަހަރު ނަގާނެ.