އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ މެޑިކަލް އިންސްޓްޓިއުޓެއްގައި ރޯވި އަލިފާން ނިއްވަން ބަޔަކު މަސައްކަތް ކުރަނީ. ފޮޓޯ: ދަ ހިންދޫ
17 އޯގަސްޓް 2019 - 19:21
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ދިވެހި ދަރިވަރުން ކިޔަވަމުން އަންނަ މެޑިކަލް އިންސްޓްޓިއުޓެއްގައި މިއަދު އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިގެން އުޅޭތީ ހާލަތު ބަލަމުން އަންނަ ކަމަށާއި ދިވެހި ދަރިވަރުން ތިބީ ސަލާމަތުން ކަމަށް ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީން ބުނެފި އެވެ.
ރާއްޖޭގެ އެމްބަސީން ކުރި ޓްވީޓެއްގައި ބުނީ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިސަންސް (އޭއައިއައިއެމްއެސް)ގެ ޓީޗިން ބްލޮކެއްގައި އަލިފާން ރޯވެގެން އުޅޭ ކަމަށާއި ދިވެހި ދަރިވަރުން ތިބީ ސަލާމަތުން ކަމަށެވެ. އަލިފާނުގެ ހާދިސާއާ ގުޅިގެން ކަންބޮޑުވުމެއް އޮތް ނަމަ އެމްބަސީއާ ގުޅަން ވެސް ޓްވީޓްގައި އެދިފައިވެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނީ އޭއައިއައިއެމްއެސްގެ ޕީސީ ބްލޮކް އިމާރާތުގެ ފުރަތަމަ ފަންގިފިލައިން ފެށިގެން ހަތަރުވަނަ ފަންގިފިލަޔާ ހަމައަށް އަލިފާން ރޯވެފައިވާ ކަމަށެވެ. އަލިފާން ރޯވި ބްލޮކަކީ ކިޔަވައިދިނުމަށް ބޭނުންކުރާ ތަނެކެވެ. އެހެން ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓް އަދި ނުލިބެ އެވެ.
އަލިފާނުގެ އެ ހާދިސާއާ ގުޅިގެން މެޑިކަލް އިންސްޓްޓިއުޓްގެ ހޮސްޕިޓަލްގެ އިމަޖެންސީ ބައިގައި ތިބި ބަލިމީހުން މިހާރު ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރު
17 August 2019
ދިއްލީގައި ދިވެހިން އެހާގިނައެއްނުވާނެ! ބެނގަލޫރުgައިއި ޓްރެވެންތުޕޫރަމްގައި ދިވެހިން ގިނައިނ އުޅެނީ އހަރެން އެކަމަކު ވަރަށް އވަހަށް ބޮންބޭއަށް ބަދަލުވާން ހިޔާލުކުރަން.
ޓެކުސާ
18 August 2019
މަރޭ މިހާރުއުޅެނީ ކޮންރަށެއްގައިތަ؟