ލޯކް ސަބާ ސެކްރެޓެރިއަޓް.
22 އޯގަސްޓް 2019 - 08:13
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާ ހިންގާ އިމާރާތުގައި ޕްލާސްޓިކް ބޭނުންކުރުން އަންގާރަ ދުވަހުން ފެށިގެން މަނާކޮށްފި އެވެ.
މިކަމާ ބެހޭ ގޮތުން ލޯކް ސަބާ ސެކްރެޓެރިއަޓުން ބުނީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކާއި ޕްލާސްޓިކްގެ އެއްވެސް ބާވަތެއް ކުރިއަށް އޮތް ތަނުގައި ލޯކް ސަބާ އިމާރާތުގެ އެއްވެސް ތަނެއްގައި ބޭނުން ނުކުރެވޭނެ ކަމަށެވެ.
މި ނިންމުމާ އެކު ލޯކް ސަބާ ސެކްރެޓެރިއޭޓުން ބުނީ ޕްލާސްޓިކްގެ ބަދަލުގައި ދެން ބޭނުން ކުރަން ޖެހޭނީ އެއްފަހަރަށް ވުރެ ގިނައިން ބޭނުން ކުރެވޭ، ތިމާވެއްޓާ ރައްޓެހި އެއްޗެހި ކަމަށެވެ.
ލޯކް ސަބާގެ މި ނިންމުމަކީ ޕްލާސްޓިކާ ދެކޮޅަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ފައްޓަވާފައިވާ ކެމްޕޭނަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި މަހުގެ 15 ވަނަ ދުވަހު ފާހަގަ ކުރި އިންޑިއާގެ 72 ވަނަ މިނިވަން ދުވަހު ގައުމާ މުޚާތަބު ކުރައްވައި މޯދީ ދެއްވި ތަގުރީގުގައި ވަނީ ޕްލާސްޓިކާ ދެކޮޅަށް އިންޑިއާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ގޮވާލައްވައިފަ އެވެ.
އެގޮތުން އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެ ގައުމުގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ 150 ވަނަ އުފަން ދުވަސް ފާހަގަކުރާ އިރު، އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކާ ދެކޮޅަށް މަސައްކަތްތަކެއް ކުރުމަށް ބޮޑުވަޒީރު އެދިވަޑައިގެންނެވި އެވެ. މޯދީ ވިދާޅުވި ގޮތުގައި މުޅި އިންޑިއާ އަމާޒުހިފަންވީ ޕްލާސްޓިކް ބޭނުން ނުކުރާ ގައުމަކަށް އެ ގައުު ހެދުމަށެވެ.
އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޕްލާސްޓިކް ކުނިބުނީގެ މައްސަލަ އެންމެ ބޮޑު އެއް ގައުމަކީ އިންޑިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލިބާޝާ
22 August 2019
މިމީހުން ކޮޕީމިކުރަނީ ސީދާ އަންނި.
ނަގިއްޔާ
22 August 2019
އަހަރުމެގެން ގައުމުގެ ގާނޫނު ހަދާ މަޖުލީހުގެ އިއްޒައްތެރިންނަށް ތިކަހަލަ ކަމަކާ ވިސްނާނެ ވަގުތެއް ލިބުނު ހެނެއް ހީއެއްނުވޭ އެއަށްވުރެ އެބޭފުޅުންގެ އަމިއްލަ ކަންތަކާ މާބިޒީ. މިހާރު އެއުޅެނީ ބްރޭކް ގަޑީގަ ސައިފޮދު ހިއްޕެވުމަށް ރައްޔަތުންގެ ޓެކްސް ފައިސާއިން ކިހާވަރެއްތޯ ނަގަންވީ. އެމީހުން މިހާރު ނަގަން ބޭނުންވާވަރަށް ނަގައިގެން ސައިފޮދު ބޯނަމަ ދެން ތިބޭނީ ކެވުނުވަރު ގިނަކަމުން ވަގުތުން ގެއަށް ދާންބޭނުންވެފަ ލޮޑުވެގެން ނިދާލަން.
ޝިޔާމާއްތަ
22 August 2019
އަދި އެ އެއްޗެހީގައި ވެސް ހުންނަނީ ފާޑުފާޑުގެ ޕްލާސްޓިކް.