ުހައިވޭގެ ޑިވައިޑާގައި ވެހިކަލަކުން ޖެހި މީގެ ކުރިން ހިނގި އެކްސިޑެންޓެއްގައި ޑިވައިޑާތައް ފުނޑުފުނޑުވެފައި---ފޮޓޯ: ޕޮލިސް
24 އޯގަސްޓް 2019 - 18:06
ސިނަމާލެ ބްރިޖު ހައިވޭގެ މެދުގައި ޖަހާފައި ހުރި ޕްލާސްޓިކް ޑިވައިޑާތައް ކޮންކްރީޓަށް ބަދަލުކުރަން މިއަދު ފަށައިފި އެވެ.
އެ މަސައްކަތް ކުރަމުން އަންނަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، ޑިވައިޑާތައް ކޮންކްރީޓުން ހަދައި ހައިވޭގައި ބަހައްޓަން ފަށާފައިވާ ކަމަށެވެ. އެ މަސައްކަތަށް ހަފުތާއަކަށް ވުރެ ދިގު މުއްދަތެއް ނަގާނެ ކަމަށް ވިދާޅުވި އެވެ.
މިދިޔަ އަހަރު ފަހުކޮޅު ބޭނުންކުރަން ފެށި ހައިވޭގައި ހިނގި އެކްސިޑެންޓުތަކެއްގައި ގިނަ ޑިވައިޑާތަކެއް ވަނީ ފުނޑުފުނޑުވެފަ އެވެ. އެހެންވެ ޑިވައިޑާތައް ކޮންކްރީޓަށް ބަދަލުކުރުމުގެ ވާހަކަ އެންމެ ފުރަތަމަ ދެކެވުނުއިރު ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރި އެވެ.
ސުހެއިލް ވިދާޅުވީ، ޕްލާސްޓިކް ޑިވައިޑަރުތަކުން، އެއް ލޭނުން އަންނަ ވެހިކަލަކުން، އަނެއް ވޭލުން ދާ ވެހިކަލެއްގައި ޖެހި ގެއްލުންވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންވެ މަޝްވަރާކުރުމަށް ފަހު އެންމެ ރައްކާތެރި ގޮތަކަށް ފެނުނީ ކޮންކްރީޓުން ޑިވައިޑާތައް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދަތުރުވެރިޔާ
27 August 2019
ކުރާނެނުކުރާނެ ކަމެއްނޭނގިގެން...ހައިވޭގަ ޔޫޓާރން ނަަގަންހުރިތަން ބަންދުކޮށްފަ އެއާޕޯޓް މުވައްޒަފުން ޕާކުކުރަން ވަންނަ ދިމާލުން ކަމެއްވެގެން ކަންނޭގެ ލޭންއިތުރުކޮށްފަ ޔޫޓާރން ނެގޭ ގޮތަށްހަދާފަހުރީ...މިހާރު ބަންދުކުރީމަ މިޖެހެނީ ހުޅުމާލޭން ނޫނީ އެއާޕޯޓާހަމައިން އަނބުރާލަން...މޮޅުބައެއްހަމަ!!!
ނީރާ
25 August 2019
މިހާރަކަށް އައިސް ސައިކަލް ތަކުގަ ބޭނުނކުރަ ލައިޓް ތަކަކީ އިންސާނުންގެ ލޮލަށް އެކަށީގެންނުވާ ވަރަށް ނުރައްކޭރި ލައިޓްތަކެއް. މއީ ސަރުކާރުގެ ކަމާބެހޭ ހުރިހާ މުައައްސަސާ ތަކުން މިހާރުން މިހާރަށް އިސްލާހު ކުރަންޖެހިފައިވާ ވަރަށް ނުރައްކާތެރި ކަމެއް. މިލައިޓްތަކުގެ ސަބަބުން އެތައްބައެއްގެ ލޮލަށް ވަރަށް ނޮޑެތި ގެއްލުންތައް ވަމުން އެބަދޭ.މިއީ ކުއްލި.މައްސަލަ.އެއްގެ ގޮތުގަ މަޖިލިހަށްވެސް އަވަހަށް ހުށަހަޅަންޖެހޭ ކަމެއް
ނެޑް
25 August 2019
އެކްސިޑެންޓް ތަކުގައި ނުގަވައިދުން ދުއްވާ މީހާއަށް އެކަންޏެއް ނޫން ގެއްލުންވަނީކީވެ. ބައެއް ފަހަރަށް މަރުވަނީވެސް ގަވާއިދުން ދާ މީހާ. ކޮންކްރީޓް ޖެހީމައި ދުންވާ މީހުންނަށް ބޮޑެތި އަނިޔާ ވުމުގެ ރިސްކް އެތަކެއް ގުނައެއް މައްޗައް އަރާނެ. ވިސްނަން ޖެހޭނީ އެންމެންގެ ސަލާމަތަށް.
ވިއްދާމުޑި
25 August 2019
ކޮންކްރީޓުން ހެދީމަ ބުރަ ބޮޑުވާ ބޮޑުވުމަށް ވިސްނާލެވުނުބާ؟
ޜެންޓު
25 August 2019
ބަލަ ފުރަތަމަ ޖެހި ޑިވައިޑާތަކަަށް އަހަރެއްނުވޭ އެއެއްޗެހި ފުނޑާލައިފި. ގެއްލުންނުވާ ޑިވައިޑާ ޖެހީމަ އެ ފުނޑާލާފަ ދަނީ. މިހާރު ފުނޑޭނީ ކޮންކުރީޓަށްވުރެ ގައްޑާވެގެން އުޅޭކުދިންކޮޅެއް
ލޮލްލޮލްލޮލް
25 August 2019
ދެން ކުނިކަހާ ފިހިގަޑުން ކަހާލައިގެން ގެންދަންޖެހޭނީ ދުވަން އިން އުޅަދާ އޭގައި ތިބި މީހުން.
ކޮރަލް
25 August 2019
ކޮންކްރީޓް ގަ ޖެހުނީމަ ލިބޭ ގެއް ލުން މާ ބޮޑު ވާނެއެވެ.
ސުޖާ
25 August 2019
ތިވަރުގެ ކުޑަމަގެއް ރުރެފިކު ހައްލުނުވި ބަޔަކައް ކޮންކަމެއް ދެންކުރެވޭނީ!
ރީތި މޫސަ
24 August 2019
ތީވަރަށްނުރައްކާތެރިކަމެއް މިހާރުވެސް ހިނގާ އެކްސިޑެންޓް ތަކުގަ ދަނީ ވަރައްބޮޑެތި އަނިޔާތަށްވަމުން ކޮންކުރިޓް ގަނޑަށް ކާރެއްއެރިޔަސް ސައިކަލެއް އެރިޔަސް ދެންވާނީމަރު
އިއްސެ ކޮއެ
25 August 2019
ވަރަށް ނުރައްކާތެރި ކަންތައް ހުރޭ ވަރަށް ބައިވަރު. އެކްސިޑެންޓަކީ ނުރައްކާތެރި ކަމެއް ނޫންހެން ހީވަނީ ތިޔަ ބުނާ ބުނުމުން. ޑިވައިޑަރ ހެދީމަ ޑިވައިޑަރ ކުށްވެރިވާ ގޮތައް ވާހަކަދެއްކީމަ ދެން ހުންނާނީ އެކްސިޑެންޓް މަދު ކުރެވިފަ.
ނާނިކީނޫރު
25 August 2019
ޑިވައިޑަރ ގަ އިންޕަންޖު ޖަހާފައި އޭގައި ބާރަށް ލެޑޭވަރަކަށް ގަޔަށް އަރާމުވާގޮތަކަށްތަ ހަދަންވީ ނޫނީ ހޭކެނޑިގެން ދުއްވާމީހުން ސްޕީޑް ދަށްކުރަންވީތަ؟
ޢަލިމަނިކުފާނު
24 August 2019
ވަރަށް ބަރާބަރު