މާފަންނު މަދަރުސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތުމުން އެ ސްކޫލުގެ ދަރިވަރަކު ރައީސްގެ ގައިކޮޅުގައި ބައްދާލަނީ -- ފޮޓޯ: ރައީސް އޮފީސް
26 އޯގަސްޓް 2019 - 11:49
މިދިޔަ ހަފުތާގައި މާފަންނު މަދަރުސާގައި ގައުމިއްޔަތު ކިޔަވައިދިނުމަށް ފަހު ދަރިވަރުންގެ ގާތު ޓީޗަރު އަހާލީ ބައްދަލުކުރަން އެންމެ ބޭނުންވާ މީހަކީ ކާކުތޯ އެވެ. ހުރިހާ ދަރިވަރުންގެ ޖަވާބަކަށް ވެސް ވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
އިއްޔެ މާފަންނު މަދަރުސާއަށް ވަޑައިގެން ރައީސް ވަނީ ގާތްގަނޑަކަށް 350 ކުދިންގެ އުއްމީދު ފުރިހަމަކޮށްދެއްވައިފަ އެވެ.
އެ ސްކޫލުގެ ލީޑިން ޓީޗަރު ފާތިމަތު ޔޫސުފް ވިދާޅުވީ ކޮންމެ ހަފުތާއަކު ވެސް ވަކި ތީމަކަށް ބަހާލައިގެން ކިޔަވައިދެމުން އަންނައިރު، އެ ހަފުތާއަކު ކިޔަވައިދޭ މައުލޫއާ ގުޅޭ ގިނަ މައުލޫމާތު ކުދިންނަށް ދޭ މަށެވެ. ގައުމިއްޔަތު ކިޔަވައިދިންއިރު، ގައުމުގެ މުހިއްމު ތަންތަނާއި ފައިސާ އާއި ދިދަތަކާ ގުޅޭ މައުލޫމާތު ދިނެވެ.
މާފަންނު މަދަރުސާގެ ކުދިންނާ ރައީސް އިއްޔެ ސަލާމްކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
"ކުދިންނާ ގުޅޭ ރައީސެއް ވީމަ ދަރިވަރުން ބޭނުންވެގެން އަޅުގަނޑުމެން އެދުނީ، ރައީސްގެ ބިޒީ ޝެޑިއުލް އިން 10 މިނެޓު ނަމަވެސް ދެއްވުމަށް. ރައީސް ވަޑައިގެން ކުދިންނާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރެއްވި،" ފާތުން ވިދާޅުވި އެވެ.
A few days back, the children from Maafannu Madharsa had a special request when asked who they wanted to meet. And then, this morning... pic.twitter.com/v5AtUaqdGN
— Ibrahim Hood (@MvSpokesperson) August 25, 2019
ހެނދުނު ސްކޫލަށް ވަޑައިގެން ރައީސް ވަނީ އެ ދަރިވަރުންނާ އެކު ދޮޅު ގަޑިއިރު ހޭދަކުރައްވައިފަ އެވެ. އެ ވަގުތުކޮޅު ދަރިވަރުންނަށް ވަރަށް މުހިއްމު ކަމަށާއި އެ ހުރިހާ ކުދިންގެ މޫނުމަތިން ވެސް ފެނުނީ އުފާވެރިކަން ކަން ފާތުން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ ރަނގަޅު ޖީލެއް ބިނާކުރުމަށް އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ ފައުންޑޭޝަން ސްޓޭޖް ރަނގަޅުކުރުމަށް ކަމަށެވެ. އެގޮތުން އެކަމަށް އެއްބާރުލުން ދެއްވައި ރައީސް ދެއްކެވީ ވަރަށް ރަނގަޅު މިސާލެއް ކަމަށް ފާތުން ވިދާޅުވި އެވެ.
މާފަންނު މަދަރުސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ އެކު ދަރިވަރުންގެ ފޮޓޯއެއްގައި -- ފޮޓޯ: ރައީސް އޮފީސް
އާ ކަރިކިއުލަމްގައި، ދަރިވަރުން އަމިއްލައަށް ކަންކަން ތަޖުރިބާކުރަން ފުރުސަތު ދިނުމަށް ހާއްސަ ސަމާލުކަމެއް ދެ އެވެ.
އެލްކޭޖީ އަދި ޔޫކޭޖީއަށް ކިޔަވައިދެމުން އަންނަ މާފަންނު މަދަރުސާގެ ދަރިވަރަކު ވަނީ ރައީސަށް ހަދިޔާކުރަން ގެއިން ބޮއްޔެއް ވެސް ގެންގޮސްފަ އެވެ. އެމަނިކުފާނު ވަނީ އުފަލާ އެކު އެ ހަދިޔާ ގަބޫލުފުޅުކުރައްވައިފަ އެވެ.
މާފަންނު މަދަރުސާގައި ފާތުން މަސައްކަތްކުރައްވާ މިހާރު 15 އަހަރު ވެއްޖެ އެވެ. އޭގެ ކުރިން އަހުމަދިއްޔާ ސްކޫލުގައި ވެސް އުޅުއްވި އެވެ. އޭނާ ވިދާޅުވީ ދަރިވަރުންނާ އެކު އެކަހަލަ ވަގުތުކޮޅެއް ހޭދަކުރަން ރައީސަކު މީގެ ކުރިން ސްކޫލަކަށް ވަޑައިގެންފައިނުވާ ކަމަށެވެ.
މާފަންނު މަދަރުސާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތުމުން، އެ ސްކޫލުގެ ދަރިވަރަކު ރައީސަށް ބޮއްޔެއް ހަދިޔާކުރަނީ- ފޮޓޯ: ރައީސް އޮފީސް
"އެ ދަރިވަރުންގެ ބަހުރުވައިން ރައީސްގެ އަރިހުގައި ދެންނެވި ބުރާސްފަތި ދުވަހު އަދި ކުޅެލަން އަންނަންޗޭ. އެ ދުވަހު ސްކޫލުގައި ތަފާތު ކުޅިވަރު ކުޅޭނެ. މިއަދު ވެސް ކުދިން އެ ވާހަކަތައް އެ ދައްކަނީ،" ރައީސްގެ ޒިޔާރަތްކުރެއްވުމުން ކުދިންނަށް ކުރި އަސަރު ފާހަގަކުރައްވަމުން ފާތުން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯލްޑިވިޔަން ޕެޓްރޮއިޓް
27 August 2019
މިއީ މިގައުމުދުށް އެންމެ ހުލްގް ރަނގަޅު ހިއްތިރި ރައީސް. ﷲ އެެމަނިކުފާނަށް ހެއޮޖަޒާ ދެއްވާ އެމަނިކުފާނުގެ ވެރިކަން ދިފާއުކުރައްވާ މިގައުމު އިސްލާމްކަމާއި މިނިވަންކަމުގައި އަބަދަށް ލަހައްޓަވާންދޭ. އާމީން.
ސެލްފީ
27 August 2019
ޙިތްތިރިކަން ދައްކަން ކުރާކަމެއްމީ
ނިޔާބެ
27 August 2019
ރައީސްގެ ތި ހިތްތިރިކަމާ، އޯޤާތެރިކަމަށް ހިތުގެއަޑިން ޝުކުރުދަންނަވަން
ރަދީފް
26 August 2019
ވަރަށް ސަޅި ކަމެއް.ސާބަހޭ ރައީސް.ކޮންމެ ދުވަހަކު ސްކޫލަކަށް ޒިޔާރަތްކޮށް ހަދާލުން އެއީ ރަނގަޅު ކަމެއް.
ދިވެހިދަރި
26 August 2019
މަރުހަބާ މާފަންނު މަދަރުސާގެ ދަރިވަރުންނަށް. ތެންކްޔޫ މިސްޓަރ ޕްރެޒިޑެންޓް
ޢައިޝާ މުދައްރިސް
26 August 2019
ދަރިވަރުންނަށް ލިބިގެން އެދިޔައީ ކޮންފަދަ އުފާވެރި ވަގުތު ކޮޅެއް. ހަމަ ހަޤީޤަތުގައިވެސް ލޮލުން ކަރުނަ އަތުވެއްޖެ.
ފުންއަސަރު
26 August 2019
ހަގީގަތުގާވެސް ގައުމުގެ އެންމެ އިސްވެރިޔާއާ ކޮންމެމީހަކުވެސް ވަރަށް ބައްދަލުކޮށްލާހިތްވާނެ. އަދި ވަކީން ޚާއްސަކޮށް ކުޑަކުދިން. އަހަރެމެންކުޑައިރު އެންމެ ފަހަރަކު ރައީސަކު ހަމަލޮލުންދުށީ. އެފަހަރު ވަރަށް އުފާވި. އެކަމަކު ފޮޓޯނަގާލާނެ ފުރުސަތެއް ނުލިބުނީމަ ވަރަށް ދެރަވި. އެކަމަކުވެސް މައްސަލައެއްނެތްތާ! ދެގަޑިއެއްހާއިރު ރޯމާ އަވީގަ ތިބެގެންވެސް ރައީސް ބަލާލުމުގެ ފުރުސަތު ލިބުނޭ! އެގޮތަށް ތިބެންޖެހިގެން އެއިރުވެސް ޝަކުވާއެއްނެތް. މިހާރުވެސް ނެތް!