ހުޅުމީދޫ ކުޅީގައި އަލިފާން ރޯވެފައި.-- ފޮޓޯ: ޕޮލިސް
18 ސެޕްޓެމްބަރ 2016 - 22:11
އައްޑޫ ހުޅުމީދޫގައި ކުޅި އޮންނަ ސަރަހައްދުގައި މިއަދު އިރުއޮއްސުނު އިރު ރޯވި އަލިފާންގަނޑު މީގެ އިރުކޮޅެއް ކުރިން ނިއްވާލައިފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނި ގޮތުގައި އެ ތަނުގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ އިރުއޮއްސި 6:30 ހާއިރު އެވެ. އެ ރިޕޯޓު ލިބުމާ އެކު ފުލުހުންނާއި އާއްމުން ގުޅިގެން އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ފެށި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެން ލިބުން ދަތިވުމުގެ ސަބަބުން އަލިފާންގަނޑު ނިއްވާލުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.
"ރޯ ފަން އެއްޗެހި ބޭނުންކޮށްގެން އެހާ އަވަހަށް ނިއްވާލެވުނީ ވެސް،" އޮފިޝަލް ވިދާޅުވި އެވެ.
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނެތް ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީދޫ ޑިވެލޮޕްމަންޓް މޫވްމަންޓް
22 October 2016
އާދޭހާއެކު މީދިއާގެ ފަރާތްތަކަށާއި ސަރުކާރުގެ އިދާރާތަކަށް ހަނދުމަފުޅުކޮށޤ އަރުވަން ހުޅުމީދޫ ކިޔާ އެއްވެސް ރަށެއް ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ނޮއޮންނަކަން. އޮންނަނީ ސ . މީދޫ ސ .ހުޅުދޫ މިއީ ދެރަށް ރާއްޖޭގެ އިދާރީ ދާއިރާތައް އޮތްގޮތުގެ ޤާނޫނު ބައްލަވާލައްވަންވީ ނުންތޯއެވެ. ތިގޮތަށް ކިޔުމުގެ ސަބަނުން މީދޫ ރައްޔިތުންގެ ޙައްޤުތަކަށް އުނިކަން ލިބި ސަރުކާރުން މީދޫގެ ރައްޔިތުންނަށް ދޭންޖެހޭ ގިން ޚިދުމަތްތަކަކުން ވަނީ މަޙްރޫމުކޮށްފައި. މިކަމާއިގުޅޭ ތަފްޞީލް މީދޫ ރައްޔިތުންގެ ފަރާތުން ފޯރުކުށްދޭނެ.