ޕެރަޑައިސް އައިލެންޑް ރިސޯޓުގައި މިއަދު އިފްތިތާހު ކުރި މަސައްކަތު ބައްދަލުވުމުގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވާހަކަދައްކަވަނީ -- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ
27 އޯގަސްޓް 2019 - 14:58
ތިމާވެށީގެ ރެފިއުޖީންނަށް ވާން ދިވެހިން ބޭނުން ނުވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އދ. އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ ގުޅިގެން ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ތިން ދުވަހަށް ކުރިއަށްދާ ވޯކްޝޮޕް އިފްތިތާހުކޮށްދެއްވަމުން މިނިސްޓަރު ވިދާޅުވީ ދިވެހިން އަބަދުވެސް ދިރިއުޅެން ބޭނުންވަނީ މި ގައުމުގެ ޖަޒީރާ ރަށްތަކުގައި ކަމަށެވެ.
Asia-Pacific region awareness creation workshop to maximize the positive and minimize the negative impacts of implementation of Climate Change responses measures is underway at Paradise Island Resort. #ClimateChange @UNFCCC @ilo pic.twitter.com/sYR5W1GzPj
— Environment.gov.mv (@EnvGovMv) August 27, 2019
އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް
މިއީ މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން އެކި ގައުމުތަކުން ހިންގާ މަޝްރޫއުތަކުގެ އަސަރުތައް ދެނެގަނެ، މެމްބަރު ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށްޓަކައި ބޭއްވި މަސައްކަތު ބައްދަލުވުމެކެވެ. "ވޯކްޝޮޕް ޓު މެކްސިމައިޒް ދަ ޕޮޒިޓިވް އެންޑް ނެގެޓިވް އިމްޕެކްޓްސް އޮފް އިމްޕްލިމެންޓޭޝަން އޮފް ކްލައިމެޓް ޗޭންޖް ރެސްޕޯންސް މެޝާސް"ގެ ނަމުގައި ކުރިއަށްދާ މި ބައްދަލުވުމުގައި 40 ގައުމުގެ މަންދޫބުން ބައިވެރިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މެމްބަރު ގައުމުތަކުން ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު ދަށްކުރުމަށް ޕެރިސް އެގްރީމެންޓުގެ ދަށުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވަނީ ނިންމައިފަ އެވެ. ނަމަވެސް ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އެކި ގައުމުތަކުން ހިންގާ މަޝްރޫއުތަކާއި އެކުލަވާލާ ސިޔާސަތުތަކުން، އެ ގައުމުތަކަށް އިގްތިސާދީ އަދި އިޖްތިމާއީ ގޮންޖެހުންތައް ކުރިމަތިވެ އެވެ. އެފަދަ މަޝްރޫއުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން ކުރެވޭނެ ކަންތައްތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ އެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅުންހުރި މަޝްރޫއުތައް ހިންގަން ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރާނެ ގޮތްތަކާއި، އެ ކަންތައްތަކަށް މީހުން ހޭލުންތެރިކުރުމަށް ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
27 August 2019
އަމިއްލަ ގައުމުގައި މިތިބީ ރެފިއުޖީންގެ ގޮތުގައި. ބޯހިޔާވެހިކަމެއްނެތް. ބަޔަކަށް ޖިޒީ ދައްކައިގެން މިތިބެނީ
ޢަލްއުސްތާޒާ ރެފިއުޖީ
27 August 2019
ޟަށަށް ހީވަނީ މަމީ ރެފިއުޖީއެއްހެން
އަހްމަދު
27 August 2019
އެހެންވެގެންދޯ ރާއްޖޭގައި ހުންނަ ގެދޮރު ކުއްޔަށްދީފާގޮސް ރާއްޖޭންބޭރުގައި އެތައްސަތޭކަބަޔަކު އެއުޅެނީ.
ޖަޒީރާބޭ
27 August 2019
ރަޝީދޫ މޮޅު ވާހަކަ ނުދައްކާ ފައިބޭ! މި 5 އަހަރު ނިމެންވާ އިރަށް ދިވެހިން ދީނީ ރެފިއުޖީންނަށް ނުވެއްޖާ ރަނގަޅު!
ގެއްލުން
27 August 2019
މީނަ މިއީ ހަވައިން އައިސް އުޅޭ މީހަކީތަ؟ އިހަށް ދުވަހު ބުނީ ބިންހިއްކާކަށް ނުޖެހޭ. ކަނޑުގައި ކަނދުފަތި އަޅައި އޭގައި ގެއަޅައިގެ އުޅެވިދާނެޔޯ. ބޭރުތަންތާގައިގައިވެސް ކޯރުތަކުގައި އުޅެނީ މިހެންނޯ. މިހެންކީއިރު މިކޮހަކަށް ނޭގުނޭ ބޭރުތަންތާގެކޯރުގައި އޮއިހެދި 5 ފޫޓުގެ ރާޅުނުނަގާކަން. މިތާގެ ފަޅާ ހައެއްކަ ފޫޓްދުރުގައި މާސިންގާ ކަނޑުއޮންނައިރު މަދު ދުވަހަކު މެނުވީ ފަޅުތެރެވެސް މަޑުވެފައި ނޯންނަކަން.
އަބްދުއްالله
27 August 2019
މުޅިން ފުލޯކު. ތިޔަކަހަލަ ބިރެއް އޮތްނަމަ ބޭރުގެ މާލީ މުވައްސާ ތަކުން ދިގު މުއްދަތުގެ ލޯނެއް ނުދޭނެ.
ނަގިއްޔާ
27 August 2019
އެންމެ ފުރަތަމަ މާލޭގެ އާބާދީ ކުޑަކުރަންވީ. އެއީ ކުރަންވީ ކަމަކީ. އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ އުމުރާނީ ތަރައްގީއާއެކު އާބާދީގެ ކޮންޓްރޯލުން ނެއްޓި ގިނަ އިމާރާތްތަކެއް ބިނާކުރަން ޖެހުމުގެ ސަބަބުން ކޮންމެ އަހަރަކު ރަށުގެ ވަަށައިގެން އޮންނަ ސީވޯލްގެ 25 ސެންޓިމީޓަރ ގިރި އަޑިއަށް އެބަދޭ. މިހުރިހާ ކަމަކާއެކު ގައުމުގެ ވެރިކަން ކަލިމަންޓަން ކިޔާ ރަށަކަށް 2024 ބަދަލުވާން މަސައްކަތް ކުރަމުންދަނީ. އަހަރުމެންވެސް ނުވިސްނާ ތިއްބާ ލިބިދާނެ ލަނޑެއްމީ.
އަބްދުއްالله
27 August 2019
ޖަކާޓާ އަޑިޔަށް ދަނީ މޫސުމަށް އަންނަކަމަށް ބުނާ ބަދަލަކާހެދިއެއް ނޫން. ބިމު އަޑިން، ވަޅުބަހައްޓައިގެން ބާލިދީން ނަގާ ފެނާހެދި. ބޯނިޔޯ ނުވަތަ ކަލިމަންޓަނަށް ބަދަލުވެފަ ވަޅުފެނުން ފެންވަރަންޏާ ބަދަލެއް ނާންނާނެ. މާލޭގަ މިހާރު ވަޅުބަހައްޓައިގެން އެހާގިނަ ފެނެއް ނުނަގާ. ވީމާ މިދެ ކަންތައް އެއްގޮތެއް ނޫން.