ސައުތު ކޮރެއާއިން ރާއްޖެއަށް އައި ޓޫރިސްޓުން--ފޮޓޯ:އެމްއެމްޕީއާރްސީ
01 ސެޕްޓެމްބަރ 2019 - 13:47
ރާއްޖެ އިޝްތިހާރުކުރަން ސައުތު ކޮރެއާގެ ސެލެބްރިޓީންތަކެއް ރާއްޖެ އަތުވެއްޖެ އެވެ.
މި ސެލެބްރިޓީން ރާއްޖެ އައީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އާއި ސިންގަޕޫރު އެއާލައިން ގުޅިގެން، ރާއްޖެ ޕްރޮމޯޓްކުރަން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ. ސައުތު ކޮރެއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ ތެރޭގައި، ކޮރެއާގެ މަޝްހޫރު އެންޓަޓައިންމަންޓް ކުންފުނި ޖޭވައިޕީ އަށް ނިސްބަތްވާ ތަރިން ހިމެނެ އެވެ.
ޖޭވައިޕީ އަކީ ކޮރެއާގެ އެންޓަޓެއިންމެންޓް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ތިން ކުންފުނީގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ.
ސެލެބްރިޓީންގެ މި ޓީމުން ވަނީ އައްޑޫ އާއި އެ ތަނުގައި ހިންގާ އީކުއޭޓާ ވިލެޖަށާއި ޝަންގްރިލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާއަށް ޒިޔާރަތްކޮށްފަ އެވެ. އަދި މި ޓީމުން ވަނީ ދަތުރާ ގުޅޭ އަށް ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ސައުތު ކޮރެއާގެ އެންމެ ނުފޫޒު ގަދަ ސެލެބްރިޓީން ކުރި މި ދަތުރުގައި "މިޑްސަމާ ނައިޓް ޓްރެވެލް ޓޯކް" ގެ ނަމުގައި ކޮންސާޓެއް ވެސް ބާއްވާފައިވެ އެވެ.
ސައުތު ކޮރެއާއިން ރާއްޖެއަށް އައި ސެލެބްރިޓީންގެ ޓީމް--ފޮޓޯ:އެމްއެމްޕީއާރްސީ
އެމްއެމްޕީއާރްސީން ބުނީ ސައުތު ކޮރެއާ އަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް މުހިއްމު މާކެޓެއް ކަމަށެވެ. މިއަހަރުގެ މިހާތަނަށް ކޮރެއާއިން 19،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ 8 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު އެ ގައުމުން 34،400 މީހުން ސައުތު ކޮރެއާ އިން އައިސްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްއޯ
25 December 2021
އެކްސްއޯ ކިންގްސް އޮފް ކޭޕޮޕް ގެނައި ނަމަ އިރާނެ
ހޯބީ ހިޔަންގް
03 September 2019
ބީޓީއެސް، އެކްސޯ، ވަންއަސް އަދި އެހެނޮ ކޭޕޮޕް ގުރޫޕުތަތް ގެނައިނަމަ.
އެކްސްއޯ އެންމެ ބެސްޓް
01 September 2019
ސައުތު ކޮރިޔާއަށް އިޝްތިހާރު ކުރަން ޢެންމެ ރަނގަޅުވާނީ އަދި އެންމެ މައްސޫރު ބަޔަކަށްވާނީ އެކްސްއޯ އައިޑަލް ގްރޫޕް މުޅި ކޮރިޔާއިންވެސް. އޭރަށް މުޅި ކޮރިޔާއަށް ރާއްޖެ މާކެޓް ވާނެ ޭ. އެކަހަލަ ގްރޫޕެއް ހޯދިނަމަ ސަޅިވާނެ.
ޖަންގްކުކީ ނޫނާ
01 September 2019
ސައުތް ކޮރެއާ ގެ ސެލެބްރިޓީން ގެންނަންޏާ ގެންނަންވީ ބީޓީއެސް. އެއީ މިހާރު މުޅި ދުނިޔޭގަވެސް އެންމެ މަޝްހޫރު ކޭޕޮޕް ބޭންޑް. ޗެކް ދެމް އައުޓް
ޓެއިޓެއި
02 September 2019
ރަނގަޅު ވާހަކައެއް
ސީނާ
01 September 2019
ޢާލިޔާ ބަޓާ ބޫމީ ޕެޑްނޭކަރުމެން ގެނެސްބަލަ،އިންޑިޔާއިން އަންނަ މީހުނެއްވެސް މަދެއްނޫން ދޯ
44444
01 September 2019
ޕާާކިސްތާން ކަރާޗީ ފަދަ ތަންތަނަކީ މުއްސަނދިން މަދު ތަނެއްނެނޫން. ފަވާދާ މާހިރާ ގެނެސްބަލަ އިސްތިހާރު ކުރަން