އިންޑިއާގެ ދެމަފިރިއަކު ކައިވެނި ހަފުލާއެއްގައި.
02 ސެޕްޓެމްބަރ 2019 - 07:21
ވަގުތު ނުދީ، ފިރިއެއްގެ ފަރާތުން ލިބެންޖެހޭ އުފާތަކުން މަހުރޫމުކޮށް، ފިރިމީހާ އަބަދު ކިޔަވާތީ އެކަމާ ހިތްހަމަނުޖެހިގެން އިންޑިއާގެ އަންހެނަކު ވަރިވާން ނިންމައިފި އެވެ.
ޕީޗްއެޑީ އޮތް ފިރިހެން މީހާ ވެސް މިހާރު ބޭނުން ވަނީ އަންހެނުންނާ ވަކިވާށެވެ. އޭނާ އަކީ އާއިލާގައި ހުރި ހަމައެކަނި ދަރި ވެސް މެ އެވެ.
ފިރިއެއްގެ ވާބިޖު އަދާނުކުރާ ކަމަށް ބުނެ، މަދިޔަ ޕްރަދޭޝްގެ ބޯޕާލްގައި ދިރިއުޅޭ އަންހެން މީހާ ޑިސްޓްރިކްޓް ލީގަލް ސާވިސް އޮތޯރިޓީ (ޑީއެލްއެސްއޭ) އަށް ހުށަހެޅުމުން އެތަނުން ވަނީ އެ ދެ މީހުން ސުލްހަވުމަށާއި ކައިވެނި ދަމަހައްޓަން މަސައްކަތްކުރަން ކައުންސެލިން ވެސް ދީފަ އެވެ.
ނަމަވެސް އަންހެން މީހާ ބުނާ ގޮތުގައި ކައިވެންޏަށް އަދި މާ ގިނަ ދުވަހެއް ވެސް ވެފައި ނުވާ އިރު އެ ކައިވެނިން އޭނާ އަށް ލިބޭ އެއްވެސް އުފަލެއް ހިތްހަމަޖެހުމެއް ނެތެވެ. އަދި ފިރިމީހާގެ އަޅާލުން ނުލިބޭތީ، ކައިވެންޏެއްކޮށްގެން އުޅޭކަމުގެ އެއްވެސް އިހުސާސެއް ނެތް ކަމަށާއި އޭނާ އަބަދު ހުންނަނީ އެކަނިވެރިވެ ބާކީވެފައި ކަމަށް ވެސް އަންހެން ބުންޏެވެ.
"އޭނާގެ ކަމަކީ އަބަދު ކިިޔެވުން. ކޮންމެވެސް އިމްތިހާނަކަށް ތައްޔާރުވުން. އެ ނޫން ކަމެއް އޭނާ ކުރާ ކަމަކަށް ނުވޭ،" އަންހެން މީހާ ބުންޏެވެ.
މި މައްސަލާގައި އޭނާ މިހާރު ވަނީ ފިރިހެން މީހާގެ ގެއިން ނުކުމެގެން މައިންބަފައިންގެ ގެއަށް ބަދަލުވެފަ އެވެ. މިކަމާ ގުޅިގެން ފިރިހެން މީހާ ވެސް ބުނީ އަނބިމީހާ ގެއަށް ގެންނަން ކުރި މަސައްކަތް އޭނާ އާއި އާއިލާގެ މީހުން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާތީ އެ ކައިވެނިމަތީގައި ދެމިހުންނަން ބޭނުން ނުވާ ކަމަށެވެ.
"ކައިވެނި ކުރި އިރު އަހަރެން އެކަމަކަށް ތައްޔާރެއް ވެސް ނޫން. މައިންބަފައިން ބަލިކޮށް އުޅޭތީ އެ މީހުންގެ ކަންކަމުގައި އެހީވާނެ މީހަކު ހުރުން މުހިއްމުވެގެން ކައިވެނި ކުރަން މަޖުބޫރުވީ،" އޭނާ ބުންޏެވެ.
މިކަމާ ގުޅިގެން ޑީއެލްއެސްއޭގެ ކައުންސެލަރު ނޫރުއްނިސާ ޚާން ވިދާޅުވީ ދެމަފިރިންނަށް ކައުންސެލިން ދިނުމުގެ އިތުރު ޝެޝަންތަކެއް އަދިވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި ވަރިއަކީ އެ ނޫން ގޮތެއް ނެތިގެން އިހުތިޔާރުކުރަން ޖެހޭނެ ގޮތެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތޭ
04 June 2020
މައިންބަފައިން ބަލިވީމަ އެހެންމީހުންތަ ޒިންމާނަގަނީ. ކޮބާތަ ދަރީގެ ވާޖިބު.؟ ސުވާލުވެވޭނީ ދަރިޔާ... ކައިވެނި ކުރަނީ ފިރިހެނަކާ. އޭނަގެ މައިން ބަފައިންނާއެއް ނޫން. ފިރިހެންމީހާގެ މައިންބަފައިންނަށް ހިދުމަތް ކުރުމަކީ އޭނަޔަށް އިޚުތިޔާރީ ކަމެއް. ޒިންމާއެއް ނޫން...
ސިދޫތޯ
03 September 2019
ބައެއް އަންހެނުންވެސް އުޅެނީ ތިހެން، މެންދުރުފަހުން ވަޒީފާއިން އަިސް ހަވީރު ފުރެންދް އާއކީ ރަސްފަނންނުގަ ސެލްފީ ނަގަން ރޭޔގަނޑު ރެސްޓޮރެންއަކަށް މީޓިންއެއްގަ، ކޮންމެސް ކޯހެއްގަ ، އެސައިްނމެންޓް ހަދަން، ރާއްޖެތެރޭގަވެސް ހަވީރުޖޯލިފަތީގަ ރޭޔގަނޑު އެންޖީއޯ އެއް އަންހެނުން ގޮފީގެ މީޓިންއެއްގެ އެމީޓިްނގަ ނިމުނީ އަނެއްމީޓިން ބާއްވާނެ ވަގުތުއެކަނި، މެދު އުމުރުގެ މީހުން ގާރިކޯހުގައި، އަނެއްބަޔަކު ކޭކުއަޅަންދަސްކޮށްދޭ ކޯހުގައި، ދަރިފުޅު ކާޓޫނު ބަލަން
ަ55559
02 September 2019
ކިޔެވިސް ތި ޖާހިލުކަން ނުކެނޑޭނަމަ އޭގެ ބޭނުމެއް ނެތް...ވިސްނުން ތިހުރީ އަނބިމީހާ ލައްވާ ގުލާން ކުރުވުމަށް...
ޝަމްްް
02 September 2019
މައިން ބަފައިން ބަލިވީމަ މީހަކާ އިނދެފަ، ރަނގަޅުވީމަ ވަރިކުރަނީ؟
އަންްނި
02 September 2019
މަންމަ ބަލިވީމަ މީހަކާ އިންނަނީ؟ ކޮބާތަ އަނބިމީހާގެ ހައްގުތައް؟