އެމްއޭސީއެލުން ވަނީ ޑްރީމްލައިނާގެ ފުރަތަމަ ފްލައިޓަށް މަރުހަބާ ކިޔުމުގެ ގޮތުން ވޯޓާ ސެލިއުޓެއް ދީފައި-- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
02 ސެޕްޓެމްބަރ 2019 - 10:56
ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށްޓަކައި ސިންގަޕޯ އެއާލައިންސްގެ ބޮއިން 787 ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް ރޭ ފަށައިފި އެވެ.
މި ދަތުރުތައް ފެށުމުގެ ގޮތުން އައި ޑްރީމްލައިނާގެ ފުރަތަމަ މަތިންދާބޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.
ސިންގަޕޯ އެއާލައިންސުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ޖެނެރަލް މެނޭޖަރު އަހުމަދު ޒުހުރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހުގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވެސް ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.
ޑްރީމްލައިނާއަށް މަރުހަބާ ކިޔުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ސިންގަޕޯ އެއާލައިންސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޒުހުރީ ވިދާޅުވީ، ރާއްޖެ އަށް ޑްރީމްލައިނާ ފެށުމުގެ ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް އެހެން ގައުމުުތަކުގައި އިޝްތިހާރު ކުރުން ކަމަށެވެ. އެގޮތުން، އޮސްޓްރޭލިއާ އާއި ޗައިނާ އާއި ޖަޕާނާއި ސިންގަޕޫރުގެ އިތުރުން ސައުތު ކޮރެއާ އާއި އެމެރިކާ ގައި ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޑްރީމް ލައިނާ އަކީ ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރު ކުރާ ފްލައިޓަކަށް ވާއިރު އަޅުގަނޑުމެން ރާއްޖެ އަށް މި ދަތުރުތައް ފެށުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުން. އެގޮތުން ހަ މާކެޓެއްގައި އަޅުގަނޑުމެން ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރާނަން،" ޒުހުރީ ވިދާޅުވި އެވެ.
ސިންގަޕޯ އެއާލައިންސުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ޖެނެރަލް މެނޭޖަރު ޒުހުރީ، ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ.--- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
މި ޑްރީމްލައިނާ އިން 140 މަންޒިލަކަށް ދަތުރުކުރެ އެވެ. ރާއްޖެ އަށް ފަށާފައިވާ މި ދަތުރުތައް ތާވަލް ކޮށްފައި ވަނީ ރޭގަނޑަށެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް އެހެން އަހަރުތަކާ އަޅާބަލާއިރު މި އަހަރު ވަރަށް ބޮޑުތަނުން ރަނގަޅު ކަމަށާއި މި ޑްރީމްލައިނާގެ ސަބަބުން ޓޫރިޒަމް އިތުރަށް ފުޅާވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން، ޗައިނާގެ މާކެޓުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުން އޭނާ ފާހަގަކުރެއްވި އެވެ.
"މި އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ރަނގަޅު އަހަރެއް. އެގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖޭގެ ޓޫރިޒަމް މި ވަނީ އެހެން އަހަރުތަކުގެ މި މުއްދަތައް ވުރެ 19 ޕަސެންޓް އިތުރުވެފައި. އަޅުގަނޑުމެންގެ އުއްމީދަކީ މި ދަތުރުތަކުގެ ސަބަބުން ޓޫރިޒަމް އިތުރަށް ފުޅާވުން،" ތޮއްޔިބު ވިދާޅުވި އެވެ.
ޑްރީމް ލައިނާގެ ބިޒްނަސް ކްލާސް: މި ކްލާހުގައި 36 ސީޓް ހުރޭ-- ފޮޓޯ: މިހާރު
ސިންގަޕޯ އެއާލައިންސްގެ ޑްރީމްލައިނާގެ ބިޒްނަސް ކްލާހުގައި 36 ސީޓް ހުންނަ އިރު އިކޮނޮމީ ކްލާހުގެ އަދަދަކީ 301 ސީޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރު އެންޑް ޒައިނަބް
02 September 2019
ޢޮފަރޭޓް ކުރާ އެއަރލައިން އެއް ނޫން މުހިއްމީ، އެސް ކިއު އިން މިހާރު ވެސް އޮފަރޭޓް ކުރަނީ ފެންވަރުގެ އެއަރކުރާފްޓް އަދި ދޭހިދުމަތް ތައް ވެސް ހަމަ ބެސްޓް. މިހާރު ކުރަން ޖެހޭ ކަމަކީ އެއަރފޯޓް ގެ ފެންވަރު ރަގަޅު ކޮށް ދެވޭ ހިދުމަތް ކޮލިޓީ ކުރުން.
އަލީީީ
02 September 2019
މި ކަމުގެ ޝުކުރު ހައްގު ފރާތަކީ މި ސަރުކާރެއްނޫން. ކިތަށްމެ ބުނަންބޭނުންވިޔަސް އެއީ ރައީސް ޔާމީންގެ މަސައްކަތް. ހީކުރި ގޮތަށް އެއްވެސްކަމެއް ބަދަލުވެގެން ނުދިޔަކަމީ މިއަދު ހިތާމަ ކުރަންޖެހުނެުކަމެއް. އެއްވެސްކަމެއްނުވެ، ނުކައި، ހިޔާނަތްތެރިނުވެ، ދައުލަތުގެ ދަރަނި ދަނީ ބޮޑުވަމުން. ކައިފަ ނަމަވެސް ރައްޔިތުންނަށް ފަސޭހަ ބިޔަ މަސްރޫޢު ތަކެއް ކޮށްދެއްވުން އަޅުގަނޑަށް އަދިވެސް މާރަގަޅު. އާދޭސްކޮށްފަ ބުނަން ، ކައިފަ ނަމަވެސް ކަމެއްކޮށްދެއްވާ.
ކައްތުބޭ!
02 September 2019
ސަޅި އިންގޭ!
އަހޫ
02 September 2019
މި ޑްރީމްލައިނަރ އައިމަ އިސްތިހާރުވާގޮތެއް އަޅެބުނެބަލަ. އެބޯޓުގެ ބޭރުގަ މޯލްޑިވްސް ޖަހަނީތަ. ޔޫރަޕްގެ ބައެއް އެއަރލައިން ތަކުންވެސް ދޭތެރެއަކުން ޑްރީމްލައިނަރ މޮޑެލްގެ (787) އައިސްސަ އެބަހުރި. މިއީ ހަމައެކަނި ބޯޓު ބަދަލު ކޮއްލުން. އާ އެއަރލައިންއެއްގެ ޚިދުމަތެއް ފެށުނުނަމަ ދޯ އިސްތިހާރެއް ވާނީ.
ލެއްގި ކޮމިޝަނަރ
02 September 2019
މިހާރު ސަރުކާރާ ހަވާލުވެގެން އެއުޅޭ މީހުނަކަށް އާކަމެއް ނުކުރެވޭނެ. އެވަރުގެ ގާބިލުކަންހުރިބައެއް ނޫން އެޔަކީއެއް. އެހެނެއްނޫން ބަޔަކުކޮށްފަ ހުރިކަމެއްގެ ފޮނިކޮޅު ބޯލާ، ރިބަންކަނޑަން ވަރައްމޮޅުވާނެ. ދެން މޮޅުވާނީ މަގުމަތީ ތިބެގެން މުޒާހަރާކޮށް މީހުނަށް ވަގަށްގޮވަން
ލެއްގި ކޮމިޝަނަރ
03 September 2019
އާސަންދަ > ހުސްނުވާ 'އާސަންދަ' ހާދަ އޮރިޖިނަލް ބައެކޭ ތީ؟ ދުނިޔޭގެ އޭވިއޭޝަން ސްޓޭންޑަރޑް ތަކާއި ޚިލާފަށް ބޮޑު ރަންވޭ ގަ މަތިންދާ ބޯޓު ޖެއްސީމަ ދަތްޕިލަ ސޭލު އަޅުވައިގެން ތިއްބަކަސް އޭގެ ނުރައްކާވެސް އެނގެނީ މަދު ބަޔަކަށް.. އެހެންވީމަ ނަމެއްގަ އަދި ކަމެއް ކުރިޔަސް ކަމަކު ނުދާނެ