ޑީޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އަބްދުﷲ ނަޒީރާއި (ވ) ޖުޑިޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
03 ސެޕްޓެމްބަރ 2019 - 15:59
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރެއްވުމާއެކު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރު އަހުމަދު މާޖިދުގެ މަގާމު ގެއްލިއްޖެ އެވެ.
ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްކުރީ މިިދިޔަ މަހުގެ 21 ވަނަ ދުވަހެވެ. ބިލް ދިރާސާކުރިއިރު ޖުޑީޝަރީ ކޮމެޓީން ވަނީ އެ ބިލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަަ އެވެ.
ޖޭއެސްސީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ބަދަލުވުމާއެކު، ޑީޖޭއޭގެ ނަމުގައި އާ އިދާރާއެއް އުފެދޭނެ އެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ބޭފުޅަކު އައްޔަން ކުރުމާއި އެ މަގާމުގައި ހުންނަ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރު އެ ބިލުން ދީފައި އޮތީ ވެސް ޖޭއެސްސީއަށެވެ.
ޑީޖޭއޭ މިހާރު ހިންގަމުން އަންނަނީ ސުޕްރީމް ކޯޓުގެ ދަށުންނެވެ.
ޖުޑީޝަލް އެކަޑެމީގެ އިދާރީ މުވައްޒަފުންނާއި މަސައްކަތާއި އެކަޑެމީގެ ހުރިހާ ވަސީލަތްތަކާއި އެންމެހައި މާލީ އަދި މަދަނީ ޒިންމާތަކާއި ހައްގުތައް އަލަށް އުފެދޭ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދަށަށް ބަދަލުވާނެ އެވެ.
ޖުޑީޝަލް އެކަޑަމީގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމަށް ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ ބުނެފަ އެވެ.
މާޖިދަކީ ޖުޑީޝަލް އެކަޑަމީއަށް އައްޔަންކުރާ މަގާމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ އާއި ޖުޑީޝަލް އެކަޑެމީ، ޑީޖޭއޭގެ ދަށަށް ބަދަލުވާތީ، ޖުޑީޝަލް އެކަޑެމީގެ ޗާންސެލަރުކަމަށް އާ ބޭފުޅަކު ކަނޑައަޅަންޖެހޭނެ އެވެ. ގާނޫނުގައިވާ ގޮތުން ޖޭއެސްސީގެ މެމްބަރުކަމަށް ކުރިން ވެވޭނީ 25 އަހަރުވެފައިވާ މީހަކަށެވެ. ބިލް ހުށަހެޅިއިރު އެ އުމުރުގެ ގޮތުގައި ކަނޑައެޅީ 40 އަހަރެވެ. ނަމަވެސް ކޮމެޓީ މަރުހަލާގައި ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލާ އުމުރު ބަދަލުކުރީ 30 އަހަރަށެވެ.
ޖޭއެސްސީ މެމްބަރު ކަމަށް ކުރިމަތިލާ މީހަކީ ވަކީލެއް ނަމަ އޭނާ އަކީ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައި އޮންނަ ވަކީލަކަށް ވާން ޖެހެ އެވެ. މީގެ ކުރިން ބިލްގައި އޮތީ ޖޭއެސްސީ އަށް އައްޔަންކުރާ މީހަކަށް ކޯޓުތަކުގައި ވަކާލާތު ނުކުރެވޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިޔަޅު
04 September 2019
ތި 2 ބޭފުޅުންނަކީ ޢިލްމީ ޤާބިލް ބޭފުޅުން. އެމް.ޑީ.ޕީ އިން ބޭނުން ވާނީ ތަންދޮރު ނޭގޭ ގަމާރުން . ދެން ކޮންމެ ވެސް އެކްޓިވިސްޓަކު އަވަހަށް ލާ ތިތަންތަނަށް.
މުމްތަޒު
04 September 2019
އެމީހަކު ކަންކުރިގޮތަށް އެމިހަކާއިދޭތެރޭ ކަންހިގަނީ އަވަހަސް ވަކި ކޮއްލަންވީ
ޞައްދާމު
03 September 2019
އަލްޙަމްދު ލިއްލަހި ރައްބިލް ޢާލަމީން
ހަސަނު
03 September 2019
ٱلْـحَـمْـدُ للهِ
ފާއިޒު
03 September 2019
މި ފެންނަނީ ތިން ބާރު ވަކިވުމުގެ އެންމެ ރީތި އަލާމާތްތައް ބާވައެވެ
އަހްމަދުކަލޯ
04 September 2019
ލައްބަ މި ފެންނަނީ ރައްޔިތުންގެ ބާރު
ދެރަމީހާ
03 September 2019
އެމީހަކު އައިގޮތަކަށް އެމީހަކު ދާނީ! މަޤާމު ވިޔަސް އެހެންކަމެއް ވިޔަސް! މިއީ ދުނިޔެ ދައްކާ ޙަޤީޤަތް! ތިޔަމީހުނަކަށް ރައްޔެތުންގެ އިތުބާރެއް ލޯތްބެއް ނެތް! ލަދު ކޮބާ ؟
ނަޖުދާ
03 September 2019
ވަރަށް ރަނގަޅު ހަރުދަނާ ނިންމުމެއް މިއީ! މިފަދަ ނިންމުމެއް ނިންމަންޖެހޭތާ އެތަށް ދުވަހެއް ވެއްޖެ! މިއީ ބަޔަކު މީހުން ޖުޑީޝަރީގެ ބޭނުންކޮށްގެން ކުރަން އުޅުނު ކަންކަން ކޮށްދިނުމުގައި އެފަދަ ނުބައި މީހުންނަށް މަގުފަހިކޮށްދޭން އުޅުނު 2 މީހުން!
އަސްތާ
03 September 2019
ޔޭ ސަޅި، އުފާވެރި، ތީ ރައްޔަތުންގެ ހައްގުގަ އުޅުބައެއްނޫން، ވަކިބައެއްގެ ނުފޫޒުގަ އުޅުތަން ބޮޑައް ފެނުނީ. އެހެންވީމަ، ސަޅިއޭ މިބުނީ. ނޯ ޒާތީ އޯކޭ
ހަމަ ބުއްދި
03 September 2019
މަޤާމު ތަކުން މީހުން ވަކި ކުރުމުގައި ވެސް ކަންތަށް މި ކުރަނީ ޑާޓީ ކޮށެވެ.ތާހިރު ކޮށް ކަމެއް ކުރާކަށް ނޭގެއެވެ ނިކަން ކުށް ދައްކާފައި އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ ބަލާށެވެ.
އަލިބޭބެ
03 September 2019
ޔާމީނު ކުރީމަ ގޯސް؟ އިބޫ ކުރީމާ ރަނގަޅު؟ ކުރަނީ އެއްކަމެއް. މީހުންނަށް ޓާގެޓްކޮށްގެން ގާނުނު ހެދުމާއި މީހުން ދުއްވާލުން މަގާމުން. ދެން ޔަޒީދު ދުއްވާލަން މިއަދު އެ ފާސްކުރީ.