ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކެއް. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
04 ސެޕްޓެމްބަރ 2019 - 23:19
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަދަމުން އަންނަ ފްލެޓުތައް ލިބުނު މީހުންގެ ވަގުތީ ލިސްޓް އެ ކުންފުނިން މިއަދު ބާތިލްކޮށްފި އެވެ.
އެމްޕީއެލް އިން ހުޅުމާލޭގައި ހަދާ 14 ބުރީގެ ތިން ޓަވަރުގައި ހިމެނޭ 534 ފްލެޓުގެ ތެރެއިން އެ ކުންފުނީގެ މުވައްޒަފުންނަށް 432 ފްލެޓު ދެ އެވެ. ބާކީ ފްލެޓުތައް ދޭން ހަމަޖައްސާފައި ވަނީ އާންމުންނަށެވެ.
އެމްޕީއެލްގެ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 28 ގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ ބައެއް ކުންފުނިތައް ލައްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އިމާރާތްތައް ހަދަން ފެށި އެވެ. އެމްޕީއެލުން ވަގުތީ ލިސްޓް ނެރުނީ، ރިޔާސީ އިންތިހާބުގައި ޔާމީން ބަލިވެވަޑައިގެންފައި ވިޔަސް، ވެރިކަމާ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެވަޑައިގަތުމުގެ ކުރިންނެވެ.
އެމްޕީއެލްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުން އިއްޔެ އެތަނުގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ބޭއްވި ޖަލްސާގައި ވަގުތީ ލިސްޓް ބާތިލްކުރަން ނިންމި ކަމަށެވެ. އޭގެ އިތުރުން ފްލެޓަށް ކުރިމަތިލުމުގެ ޝަރުތު ރިވިއުކުރަން ވެސް ނިންމި ކަމަށް އޭގައިވެ އެވެ.
އެމްޕީއެލްގެ އޮފިޝަލަކު މިރޭ ވިދާޅުވީ ލިސްޓް ފައިނަލް ކުރުމުގެ ޕްރޮސެސްގައި ބައެއް ކަންކަން ފާހަގަކުރެވުމާ އެކު، ފްލެޓު ކްރިޓީރިއާ ރިވިއު ކުރަން ޖެހޭ ކަމަށް ފެންނަ ކަމަށެވެ. އަދި އެގޮތަށް ނިންމީ އެމްޕީއެލްގެ ބޯޑުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލުން ހަދާ ތިން ޓަވަރުގައި ދެ ކޮޓަރި އާއި މެއިޑް ރޫމެއް ހިމެނޭ 330 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 204 އެޕާޓްމަންޓް ހިމެނެ އެވެ. އެ މަޝްރޫއަށް 560 މިލިއަން ރުފިޔާ އެމްޕީއެލުން ހަރަދު ކުރެ އެވެ.
އެމްޕީއެލުން ޓަވަރުތައް ހެދުމަށް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޑަބްލިއު އެންޑް އޭ އޯވަސީސްއާ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފްލެޓްދޮންބެ
06 September 2019
ވަރަށް އުފާވެއްޖެ ތިޔަ ލިސްޓް ކެންސަލް ކުރީމަ. ޔާމީނު އުޅުނީ ކޮޕީކޮށްގެން ފްލެޓް ދޮންބެ ހެދެން. އެމްޕީއެލް ގައި ތިބީ ހުސް ޔާމިނުގެ ގޭންގް މީހުން. ފްލެޓް ދޭންޖެހޭނީ ހައްގުވާ މީހުންނަށް.
ހުއްބުލް ގަލަން
05 September 2019
ވަރައް ރަނގަޅު ނިންމުމެއް
ރާއީ
05 September 2019
ފްލެޓް ހަދާނެ ފެންވަރު ނެތިގެން އެހެންމީހުން ހަދާފަ ހުރި ފްލެޓްތައް ޕާޓީ ކުދިންނަ ބަހާލަނީ. ދޯ؟ މިހެން ހެދުމުން ރައްޔިތުންގެ ތާއީދު ލިބޭނީ ރައްޔިތުންނަށް ފްލެޓް ދިން މީހަކަށް. ޕާޓީ ކުދިންނަށް ފްލެޓް ދޭ ހިތްވަންޏާ ފްލެޓް ހަދާލާފަ ދިނީމަ ނިމުނީ.
ބެއްޔަބޭ
05 September 2019
ޢެއަރޕޯޓުގެވެސް ފްލެޓްލިސްޓް ބާތިލްކުރަން ޖެހޭ.
އުމަރުބެ
05 September 2019
އަމިއްލައަށް ފުލެޓް އަޅާފައި ޕާޓީ ކުދިންނަށް ބަހާބަލަ
ފގިެރ
05 September 2019
ރަނގަޅު ނިންމުމެއް ހައްގުވާ މީހުންނަށް ދޭންވާނީ
ފޮނިކަލޯ
05 September 2019
ފުލެޓު އެޅުމަކީ ދޮންބެގެ މަސައްކަތެއް ދޮންބެޔަށް ހައްގު ޝުކުރިއްޔާ
ޑިމޮކްރަސީ
05 September 2019
ވަކި އެމްޕީ އެލް އެއްނޫން ފްލެޓް ލިބުނު އެންމެން އަތުން ފްލެޓްތައް އަތުލާފަ މިސަރުކާރުން ބެނުންވާ ބަޔަކަށް ބަހާލާނެ ، ބޯހިޔާވަހިކަމެއް ރައްޔިތުންނަށް ނުދިންތާ ލިބުނު ތަންކޮޅުވެސް ދަމައިގަންނަނީ ކީއްކުރާނި ހުރިހާ އެއްޗެއް ރައްޔިތުންދިނީމަ ދިވެހި ރައްޔިތުންނަށް ލިބުނީކޯއްޗެއް ބަންގާޅީންވެސް އުޅެނީ ދިވެހިންނަށް ވުރެ ފުދިގެން
އަގު
05 September 2019
އެޕާތްމަންޓެއް މިލިއަނަކަށް??
ހަރީރާ
05 September 2019
މިހާރު އިވެމުންދަނީ ސިވިލް ސަރވަންޓުންގެ ފްލެޓްތައްވެސް ކެންސަލް ކުރަން ނިންމާފައިވާ ކަމަށް. މިސަރުކާރު ހޮވަން މަސައްކަތް ކުރި ފަރާތްތަކަށް ދީފައި ނޫނީ ދެން އެހެން ރައްޔިތަކަށް ފްލެޓެއް ނުލިބޭނެ. ދެން ތިބޭ އަތްޖަހަން.