21 ސެޕްޓެމްބަރ 2016 - 06:26
ބިންމައްޗަށް ވެއްޓޭ އެއްޗެއް ފަސް ސިކުންތު ތެރޭ ނަގައިފި ނަމަ އެއަށް ބެކްޓީރިއާގެ އަސަރު ކޮށްފައި ނުހުންނާނެ ކަމަށް ބުނާ ވާހަކައެއް އޮވެ އެވެ. މިއީ ކިހާ ވަރެއްގެ ހަގީގަތެއްތޯ ބެލުމަށް ދިރާސާތައްކޮށްފައި ވާއިރު ސައިންސްވެރިންގެ މެދުގައި ވެސް މިކަމާ ޚިލާފް އެބަހުއްޓެވެ.
އާ ދިރާސާއަކަށް ފަހު ބުނެފައި ވަނީ ބިންމައްޗަށް ވެއްޓޭ އެއްޗެއް ކިތަންމެ އަވަހަށް ނެގިޔަސް އެ ކާން ރައްކާތެރި ނުވުން ގާތް ކަމަށެވެ.
ރަޖަސް ޔުނިވަސިޓީގެ ސައިންސްވެރިން ކުރި ދިރާސާއަކަށް ފަހު ބުނީ ބިންމައްޗަށް އެއްޗެއް ވެއްޓޭތާ އެންމެ ސިކުންތަކަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއަށް އެކި ބާވަތުގެ ބެކްޓީރިއާ އަރާ ކަމަށެވެ.
ދިރާސާގައި އިސްކޮށް ހުންނެވި، ފުޑް ސައިންސްގެ ޕްރޮފެސަ އެންޑް އެކްސްޓެންޝަން ޑޮނަލްޑް ޝަފްނާ ވިދާޅުވެފައި ވަނީ ބިންމައްޗަށް އެއްޗެއް ވެއްޓޭތާ ފަސް ސިކުންތު ތެރޭގައި ކާނާ އަށް ބެކްޓީރިއާ ނާރާނެ ކަމަށް ބުނާ ބުނުމަކީ އެހާ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.
"ބިންމައްޗަށް ވެއްޓުމާ އެކު އޮންނާނީ ބެކްޓީރިއާ އަރާފައި،" ދިރާސާއާ ހަވާލާދީ ރަޖަސް ނިއުސް ރިލީޒްގައި ބުނެފައިވެ އެވެ.
ސައިންސްވެރިން ވަނީ ކަރާ، ޕާން އަދި ގަމީ ކޭންޑީ ފަދަ އެކި ޓެކްސްޗާތަކުގެ ކާނާ، ޓައިލްސް އާއި ސްޓައިން ލެސް ސްޓީލް އާއި ލަކުޑި އަދި ކާޕެޓް ފަދަ ތަންތަނަށް ވައްޓާލުމަށް ފަހު، ބެކްޓީރިއާގެ އަސަރު ކުރާ ގޮތް ބަލައިފަ އެވެ. މިގޮތަށް 128 ހާލަތެއްގައި 20 ގޮތަކަށް ބެލި އެވެ. މި ބެލުންތަކުން އެނގުނީ ކާނާ ވައްޓާލި ތަނުގައި ގިނަން ނުވަތަ މަދުން ބެކްޓީރިއާ ހުރި ކަމުގައި ވިޔަސް އެ ވެއްޓޭތާ ސިކުންތަކަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކާނާ އަށް ވެސް ބެކްޓީރިއާ އަރާކަމެވެ.
އެކަމަކު ކާނާ ވެއްޓޭތަނާއި ކާނާގެ ތެތްކަން ހުންނަ މިންވަރަކީ ކާނާ އަށް ބެކްޓީރިއާ އެރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްގެ ގޮތުގައި ވަނީ ފާހަގަވެފަ އެވެ. އެގޮތުން، ބޮޑަށް ތެތްވި ވަރަކަށް ފަސޭހައިން އަދި އަވަހަށް ބެކްޓީރިއާ އަރާކަން އެނގުނެވެ.
މި ދިރާސާ ވަނީ އެޕްލައިޑް އެންޑް އެންވަޔަރަމެންޓަލް މައިކްރޮބަޔޮލޮޖީގައި ޝާއިއުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެޕްޓަން ސާއްޕެ
21 September 2016
ކޮބާ ޙަވާލާދޭ ޑޮކިއުމަންޓްސް ތި ދިރާސާއަށް؟ އެހެންނޫނަސް ދުނިޔޭގައި އެބައުޅޭ ކިސަޑު ކައިގެން ދިރިއުޅޭ މީހުން، ޖަރާސީމު ހުއްޓަސް ނެތަސް އިސްރާފްކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެން ނުވޭ! އަޅުގަނޑު ދެކެނީ ބިންމައްޗަށް ކާއެތި ވެއްޓޭވެއްޓުމަކީ އިމްތިޙާނެއް ގޮތުގައި! އިސްރާފް ކުރޭތޯ ނުކުރޭތޯ ބެލުމުގެ އިމްތިޙާންއެއް!
ވިސްނާލީމާ
21 September 2016
ބިންމައްޗަށް ވެއްޓުމުން އޭގާ އެއްޗެއް އުނގުޅޭވައްތަރުގެ އެއްޗެއްވިއްޔާ ކާކަށް ނުވާނެ! އެހެންނޫނީ ހަމަ ބަރާބަރުވާނެ! މިސާލަކަށް ތެތްފާޑު އެއްޗެތި ގޯސް ހިކިއެއްޗެތި ހަމަބަރާބަރު! -އިބްރާހީމް-
އަމީން
21 September 2016
ދީނުގައިވަނީ ބިންމައްޗައް ވެއްޓޭ އެއްޗެއް ސާފުކުރުމަށްފަހު ނުވަތަ ދޮވުމަށްފަހު ކެއުމަށް.
ސުރުޚީގެ ޖަވާބު
21 September 2016
އާޓިކަލް ގައި އޮތް އެއްޗެއް ނުކިޔާ ދޭ ޖަވާބަކީ "މިސްިތުގައި ރޯދަ މަހުގައި އަރަބި މީހަކު އަސުރު ފަހުން ދިން ވައުޒެއްގައި ބުނީ ހަމަ އޯކޭ ވާނެ ޔޯ ކެޔަސް، އެއްވެސް މައްސަލަ އެއްނޫނޯ އެއީކީ" (މީގެ 12 އަހަރު ކުރީގެ ދަރުސެއް)
އަމީން
21 September 2016
ތީ ދޮގެއް ކަމެއް ތެދެއްކަމެއް، ކިހިނަކުން ދެކެވުނު ވާހަކައެއްކަމެއް، ކިހިނެއް މާނަ ކުރެވުނު ވާހަކައެއްކަމެއް ނޭގެ.