އެމްޑީޕީ އެކްޓިވިސްޓް ސްމިތު: އޭނާ މަގާމަށް އައްޔަންކުރީ މިދިޔަ ބުދަ ދުވަހު.
06 ސެޕްޓެމްބަރ 2019 - 13:53
މި ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ އެމްޑީޕީގެ އެކްޓިވިސްޓް އަލީ ހާޝިމް (ސްމިތު) ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަގާމަށް އައްޔަން ކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި ހަރަކާތްތަކާއި މުޒާހަރާތަކުގައި އެކި ފަހަރު މަތިން ހައްޔަރުކުރި ސްމިތު ސިޔާސީ މަގާމަށް އައްޔަންކުރީ މިިދިޔަ ބުދަ ދުވަހު އެވެ.
އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހަށް ބިރުދެއްކި ކަމުގެ ތުހުމަތާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ސްމިތު މީގެ ކުރިންް ހައްޔަރުކޮށްފައި ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރެއްވި ފަހުން، މިދިޔަ އަހަރުގެ ނޮވެމްބަރު 21 ވަނަ ދުވަހު ސިއްދީގަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ސްމިތު ހައްޔަރުކޮށް، ދޫކޮށްލީ ބޮޑެތި ފިއްތުންތަކާ ހެދި އެވެ. އެހެންވެ، ސިޔާސީ ގޮތުން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި ފުލުހުންނަށް އަމާޒުވި އެވެ. އޭރު އޭނާގެ ބަންދަށް ހަތް ދުވަސް އިތުރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވެ އެވެ.
މިިދިޔަ ޖުލައި މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ ސަރުކާރުގައި މިހާތަނަށް 334 ސިޔާސީ މަގާމު އުފައްދާފައިވާ ކަމަށެވެ. އެކަމަކު، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ފަސް އަހަރުގެ ތެރޭގައި އުފައްދާފައި ވަނީ 465 ސިޔާސީ މަގާމު ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުލާހުން އަސާސީ
08 September 2019
ތަޢލީމަކީ ވަކީ ސެޓްފިކެޓްއެއް ނުވަތް ކަރުދާހުގައި ޖަހާފައިވާ އިބާރާތަކުން ބާކަމެއްނޫން، މިޒަމާނުގައި ފޮތްތަކާ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އިންސާނާއައް ތަޢުލީމް އުގެނުމުގެ ފުރުސަތު އޮވޭ، އެމީހަކުް ސެކެންޓަރީ ނޫނީ ޑިޕްލޮމާ ހަދާ ދާއިރާނޫން ދާއިރާތަައް ބައެއްފަހަރު ފޮތްތަކުގެ އެއްޗެހިކިޔާ ކިޔެވި ސަނަދު ހޯދި ދާއިރާ ނޫން ދާއިރާއަކުން މީހާ މާސްޓަރ ވޭ، ދުނިޔޭގެ ގިނަ ސަކްސެސް ސްޓޯރީސް އަކީ ސްކޫލް ޑޮރޯޕްއައުޓްސް ނުވަތަ ފައިލިއާސް އިން އާރލީ ލައިފް ދިރާސާ
ސޫޕް
08 September 2019
މަތީ ތައުލީމު ހާސިލުނުކޮށް ތިބި މީހުންނަށް ވަޒީފާ ލިބޭނެ ކަމުގެ އުއްމީދު އާވާނެ ކަމެއް މިއީ. ގިނަގިނައިން މީހުންނާ މަގުމަތީ ދިމާކޮށް ހައްޔަރުކުރެވުމުން ލިބޭ މިހަލަ އިނާމު ކިތަންމެހާވެސް ބޮޑު.
ގައްދޫޔާމީން
08 September 2019
ޔާމީނު ސަރުކާރު މާރަގަޅު
ކެޔޮގަސް
08 September 2019
މިއީ ރިޔާސީ ކެމްޕޭނުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅާއި މުޅިން ޚިލާފު ނިންމުމެއް. މިކަމުގެ ސަބަބުން ކިޔަވައިގެން ވަޒީފާ ނުލިބި ތިބި ގިނަބަޔަކު މާޔޫސްވެއްޖެ. މިއީ މީހަކު ބުނެގެން ކުރި ކަމެއްނަމަ ވެސް މިކަމުގެ ހުރިހާ ބަދުނާމެއް ލިބެނީ ސަރުކާރަށް. ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް ރައްޔިތުން ވަރަށް ކައިރިން ބަލަމުންގެންދޭ. ކޮންމެ ކަމެއް ފަހަކަށް އައިސްމިދަނީ ދޯހަޅިކޮށް.
އަށްޑޫ ކަތީބު
07 September 2019
ސްމިތަށް ވަޒީފާ ދިނުމަކުން އެއްވެސް މައްސަލައެއްނެތް. ނަމަވެސް މި ގައުމުގެ އެންމެ ވަރުގަދަ އިންކަމްލިބޭ މުވައްސަސާތަކަށް ލާންޖެހޭނީ އެކަމުގެ ތަޖުރިބާ ހުރި އިލްމީ މީހުންކަމުގައު ދެކެން. މަގާމުތަށް އުފައްދާ އެމަގާމަށް ލާންޖެހޭނީ އެފެންވަރުގެ މީހުން. ޓޫރިޒަމްމިނިސްޓްރީ އަދި ނޭގެނީކަންނޭގޭ ކޮންތަނެއްކަން.
ހުވަދޫ ޑޮކް
07 September 2019
ސްމިތަށް ވަޒީފާ ދިނުމަކީ އެއްވެސް މައްސަލައެއް ނީން، ބަލަންވީ ސްމިތަށް އަދާ ކުރަން ހަވާލުކުރެވުނު ޒިންމާ އަދާކުރުމުގެ ފިކުރީ ޤާބިލްކަމާއި ފަންނީ ހުނަރު ހުރިތޯ، މި ކަންތައްތައް ފުރިހަމަވާ ކަމަށްވަންޏާ ސްމީތަށް މަރުޚަބާ ދަންނަވަން އަދި ބުނެވޭނީ ބެސްޓް އޮފް ލަކްއޭ .......
ބޮޓް
08 September 2019
ނުލަފާކަމުން ހއ.އަތޮޅު ތައުލީމީ މަރުކަޒު ގްރޭޑް 7އިން ކަނޑާލި ފަހުން މީނާ ކިޔެވި ސްކޫލެއް މި އުޑުދަށަކު ނުހުންނާނެ، ދެން ކޮން އިލްމަކާ ފިކުރީ ޤާބިލުކަމަކާ ހުނަރާ ފަންނީ ޤާބިލުކަމެއް ހުންނާނީ
މުހައްމަދު50
07 September 2019
އޮޅުވާލުމާއި ފަސާދަނޫ ކޮންކަމެއް ވެރިކަމުގަ ތިބި މީހުންމިކުރަނީ ، އެމީހުން ހިތް ރުހޭ މީހަކައް ވަޒީފާވެސް މިލިބޭނީ ، މިއީ އިންސާފްތޯ ، އިންސާފް ހޯދައިދެން އައިބަޔަކު މި އިސްކުރަނީ ރައްޔިތުންނައް އަނިޔާވެރިކަންނޫ އިތުރުކޮންގޮތެއްތޯ؟..
ނާމްދި ކާނޫ
07 September 2019
ކޮންމެ ސަރުކާރަކުން ރައްޔިތުންގެ ޓެކްސް ލާރި މިގޮތަށް އިސްރާފު ކުރާތީ ހިތާމަކުރަން!
އަށްޑޫ ކަތީބު
07 September 2019
ތާއީދު
ސައްތާރު
07 September 2019
ޕީއެންސީގެ ލީޑަރަށް ވުރެން ސުމިތު ތައުލީމީ ގޮތުން ދަށެއް ނުވާނެއެވެ. އަދި ކުރީގެ ހޯމްމިނިސްޓްރީގެ ސުޓޭޓް މިނިސްޓަރަށް ވުރެން ސުމިތު ތައުލީމީ ގޮތުން ދަށެއް ނުވާނެއެވެ. މައުލޫމާތަށްޓަކައި ހަމަބުނެލީއެވެ.
އަނިލް މަނިކު
07 September 2019
ޢަބްދުރަހީމް ގުރޭޑް 10 ނިންމާ، ސަރުކާރުގެ ގިނަ ކޯސްތއް ހައްދަވާ ، ޑިޕްލޮމަރ ހެއްދެވި. އަދި މިހާރުވެސް މެލޭޝިޔާގައި ޑިގްރީއަށް ކިޔަވާ ވިދާލުވަނީ... ސިއްދީގު އަތުގައި ޝަރީޢާއިން ލޯގެ ފުރަތަމަ ޑްްގްރީ އޮވޭ... ސުމިތަކީ 7 އިން ފާސްނުވެގެންނާއި އަހްލާޤް ދައްކަމުން ކަނޑާލި މީހެއް.
އެނގޭ
07 September 2019
ސައްތާރު ކަލެޔަށް ތިހުރީ އެނގިފައި. އަދުރޭއާއި ސިއްދީގާދެމީހުންނަކީވެސް ސްކޫލް ނިންމާފަ ތިބި ދެމީހުން. ސިއްދީގަކީ ރަނގަޅަށް ކިޔަވައި ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިހުރި މީހެއް. އެނގޭތީ މިބުނީ.
އަށްޑޫ ކަތީބު
07 September 2019
ތީ ދޯ އެއްކަލަ ވެލިގަލަށްދާ ސައްތާރު، ވެލިގަލަށްދާމީހުންނަކަށް ނޭގޭނެ ތައުލީމީ ފެންވަރެއް ބުނެދޭކަށެއް
ބޮޑުސައީދު
08 September 2019
މުޅި ހއ. އަށް މަޝްހޫރު ބޮޑުސައީދު އާއި ދޮންވަހީދަ އަށް ލިބިފައުވާ އެންމެ ހަގު ފިރިހެން ދަރި އަލީ ހާޝިމް ހއ. ދިއްދޫ / އޯޓަމްވާދީ، އަކީ އަހުލާޤީ އެތައް މައްސަލަތަކަކާއެކު ނުލަފާކަމުން ހއ. އަތޮޅު ތައުލީމީ މަރުކަޒުން ކަނޑާލި މީހެއް، އޭގެފަހުން އޭނާ ކިޔެވި ސްކޫލެއް، މަކްތަބެއް، މަދަރުސާއެއް، އެދުރުގެއެއް މި އުޑުދަށަކު ނުހުންނާނެ. އެނގޭތީ މިބުނީ
ކިޔާބަލަ
08 September 2019
ސައްތާރަށް އެނގޭނެ އެހެން ވީމަ ކުރީ ސަރުކާރުގެ ރައީސާ މިސަރުކާރުގެ ރައީސްގެ ހުރި ތައުލީމީ ތަފާތުވެސް.
އަހައްމާ
07 September 2019
މަތީ ތައުލީމު ލިބިފައިތިބެ ރައްޔިތުންގެ ފައިސާ އެކިގޮތްގޮތުން ވައްކަށް ކުރުމާއި ނުއަގުގައި ޕުރޮޖެކްޓް ހިންގުމަށް ކަމަށް ބުނެ ވައްކަން ކުރާ މީހަކަށް ވުރެން ނުކިޔަވާ ހުރި އިޚުލާސްތެރިއެއްގެ ސަބަބުން ގައުމަށްވާނީ ފައިދާއެވެ. ސުމިތު ރައްޔިތުންގެ ފައިސާއިން ވައްކަން ނުކުރާނެއެވެ. ކުރަން ހަވާލުކުރާ މަސައްކަތް ތެދުވެރިކަމާއި ވަފާތެރި ކަމާއިއެކު ކުރާނެއެވެ.
ކޮމެންޓްކުރާމީހާ
07 September 2019
އަހައްމާ މެންކަހަލަ މީސްމީހުން މޮޅުކަމުން ހައިރާންވޭ....ގައިމު ވައްކަންކުރާނެ މީހާއާއި އަދި ވައްކަންނުކުރާނެ މީހާވެސް އިނގެޔޯލަ...ދެން ކީކޭބުނާނީ...
ކުހައްމާ
08 September 2019
ވައްކަން ނުކުރިއަސް އެހެން މީހުންނަށް ބިރުދައްކާ މާރާމާރީ ހިންގުމަކީ އޯކޭ ކަމެކޭތަ ތިބުނަނީ؟