ބްރެޒިލް އިން ރާއްޖެއަށް އެތެރެކުރި ޑްރަގްސް.
09 ސެޕްޓެމްބަރ 2019 - 16:46
ބްރެޒިލް އިން އައި އެ ގައުމުގެ އަންހެނަކު ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ކޮކެއިން ކަސްޓަމްސް އިން އަތުލައިގަނެ އޭނާ ހައްޔަރުކޮށް، ފުލުހުންނާ ހަވާލުކޮށްފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ އުމުރުން 32 އަހަރުގެ އެ މީހާގެ ހަށިގަނޑުގައި ރައްކާކޮށްގެން އެތެރެކުރީ 70 ކެޕްސޫލް ކަމަށެވެ. އަދި އެ ތަކެތީގެ ބަރުދަނުގައި 1.8 ކިލޯ ގްރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
އެެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ކަން ފުރަތަމަ މަރުހަލާގެ ތަހުލީލުން އެނގިފައިވާ ކަމަށާއި މަގުމަތީ އަގު 3.8 މިލިޔަން ރުފިޔާ އަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ބްރެޒިލް އާއި ދެކުނު އެމެރިކާގެ ބައެއް އެހެން ގައުމުތަކަކީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަަމަށް މަޝްހޫރު ގައުމުތަކެކެވެ. އެކަމަކު ސީދާ އެ ގައުމުތަކުން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުމަކީ މީގެ ކުރިން އާއްމުކޮށް ހިނގާ ކަމެއް ނޫނެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ގިނަ ބަޔަކު މި އަހަރުގެ ތެރޭގައި ހައްޔަރުކޮށްފައި ވާއިރު، މި އަހަރުގެ މިހާތަނަށް 24.78 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗިކު
10 September 2019
ދެން އަތުލާ އެއްޗެއްސަށް ހަދާ ގޮތް ބުނެބަލަ!
އިސްލާހު
10 September 2019
މަސްތުވާ ތަކެތި އެތެރެ ކުރާމީހުންނަށް މަރުގެ އަދަބު ދޭންވީއެވެ.
އައްޑޫބެއްޔަ
10 September 2019
އާއެކޭ!!! އެކަމު ތިކަން ކުރަނީވެސް ބޮޑުން...ދެން ކިހިނެއް ހަދާނީ. ފުލުހުންވެސް ތިކަންކުރާބޯދިގު ކުދިންދެކެ ބިރުގަންނަހެން ހީވަނީ!!
ނޭމާ
09 September 2019
ކަސްޓަމްސް ހާދަމޮޅޭދޯ މިއެއްޗެހީގެ އަގުކޮށްލަން. އަނެއްކާ ބްރެޒިލްއިން އައި މީހެއް އެހެން އެއްވެސް ޓްރާންސިޓް ގައުމެއްގަ ތާށިނުވެ މިރާއްޖޭގެ ކަސްޓަމްސް ހިފެހެއްޓިކަން ހާދަމޮޅޭދޯ ސާބަސް
ކަސޓަމު
09 September 2019
ބާކީ 80 ކެޕުސޫލު ކޮބައިތޯ؟
އެންދެރި
09 September 2019
މަސްތުވާ ތަކެތި ފްރީ ގައުމެކެވެ. އަތުލިއަސް އެކަމާ ދެކޮޅަށް ވާހަކަ ދައްކާނެ ސިޔާސީ ލީޑަރަކު އެބަހުއްޓެވެ.
1828
09 September 2019
ކަސްޓަމްސްއިން ފުރަތަމަ މަރުހަލާގައި ހެދި ޓެސްޓްއިން ކޮކެއިންކަމަށް ދެއްކިޔަސް. ފުލުހުން ހަދާ ލެބޯޓަރީ ޓެސްޓްއިން ދައްކާނީ ކީސް ކުނޑި ނުވަތަ ނާށި ގޭނީމައި އުފެދޭ ކުނޑިކަމަށް. އެހިސާބުން މާކެޓަށް އަނެއްކާ ނެެރެންވީ. ވިކުނީމައި ލާރި.
ކާފަބޭ2019
09 September 2019
މިތަކެތިބޭނުންނުކުރާމީހުންވެސް ލިބޭބޮޑުއަގުގެސަބަބުންވެސް މިތަކެތިއެތެރެކުރަން މަސައްކަތްނުކުރާނެތޯ؟ މިބޭނުމުގަތޯ ލިބޭނެއަގުމިލިޔަނީ
ވެދާނެ
09 September 2019
އެ ހިފޭ ހާލަތުގަ މިލިއަނުން ގެއްލުންވެ ޖަލަށްދާންޖެހޭނެކަން އެނގުމުން ވާނެ ދެރައާ ބިރު އިހްސާސްކުރުންވެސް ރަގަޅުވާނެ އެތެރެކުރުމުގެ ޚިޔާލު އައުމުގެ ކުރިން.