ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ބްރެޒިލްގެ ދެ މީހުންގެ ތެރެއިން އެކަކު އިއްޔެ ދޫކޮށްލައިފި އެވެ.
އެ ތަކެތި އެތެރެކުރަން އުޅެނިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބްރެޒިލްގެ ދެ މީހަކު ކަމަށްވާ ކްރިސްޓިއާނޯ ސިލްވާ 28 އަދި ނައިރު ނޫނޭސް ޑިސޫޒާ 37 ހައްޔަރުކުރީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ (ނައިރު) އިއްޔެ ކްރިިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
މަސްތުވާތަކެތި ފެނުނީ ކްރިސްޓިއާނޯ ސިލްވާގެ ލަގޭޖުންނެވެ. އޭނާގެ ލަގޭޖުން ފެނުނު ޑްރަގްގެ ބަރުދަނުގައި ޕެކިންއާއެކު 18.857 ކިލޯ ހުއްޓެވެ.
މި ދެ މީހުންގެ ތެރެއިން ނައިރު އަށް ލަގެޖުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އަދި މިކަމަށް ކްރިސްޓިއާނޯ ސިލްވާ ވަނީ އެއްބަސްވެފަ އެވެ. ކޯޓުން ނައިރު ދޫކޮށްލީ އެހެންވެ އެވެ.