ފުލުހުން މިރޭ އޮޕަރޭޝަން ކުރިއަށް ގެންދަނީ
11 ސެޕްޓެމްބަރ 2019 - 10:17
ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ބޭނުމަށް ފުލުހުން ރޭ ހިންގި އޮޕަރޭޝަންގައި މާލެ އާއި އައްޑޫން ނުވަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ހިންގި އޮޕަރޭޝަންގައި މާލޭގެ އަށް ގެއަކާއި އައްޑޫން ގެއެއް ފާސްކުރި އެވެ. ފުލުހުން ބަލައި ފާސްކޮށްފައިވަނީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން ހިންގި ތަހުގީގަށް ފާހަގަ ކުރެވިފައިވާ ތަންތަނެވެ. އެ ރިޕޯޓުގައި ނަން ހާމަކޮށްފައިވާ ބައެއް މީހުންގެ ގެތައް ރޭގެ އޮޕަރޭޝަންގައި ފާސްކުރި އެވެ.
Update: Faas kuranee 5 thaneh, Meehaku adhi hayyareh nukuran: Police
The most trusted news source in the Maldives
Mihaaru
ރޭގައި ފުލުހުން ހިންގި އޮޕަރޭޝަންގައި ގެތައް ބަލައި ފާސްކުރުން---
ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ އެތަންތަން ބަލައި ފާސްކުރި ނަމަވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެ އޮޕަރޭޝަން ހިންގުމަށް މާލެ އާއި އައްޑޫގެ ސަލާމަތީ ކަންކަން ވެސް ވަނީ ވަރުގަދަ ކޮށްފަ އެވެ. ހަތިޔާރާއެކު ސިފައިން ވެސް ރޭ އޮޕަރޭޝަނެއް ހިންގި އެވެ. ނަމަވެސް އެއްވެސް ތަފްސީލެއް ނުދެ އެވެ.
ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ޑްރާފްޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން ނޫސްވެރިޔާ ރިލްވާން ވަނީ މަރާލައިފަ އެވެ. ނަމަވެސް މަރެއް ސާބިތުކުރާ ވަރަށް އަދި ހެކި ނުލިބޭ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ރިލްވާން ވަގަށް ނަގައިގެން ގެންގޮސް ކަނޑު އުޅަނދަކަށް އަރުވައި އޭނާ މަރާލާފައިވަނީ ދީނީ ހަރުކަށި ވިސްނުމުގެ ދިވެހިންތަކެއް ކަމަށް ރިޕޯޓްގައި ބުނެ އެވެ. އަދި އެފަދަ ދީނީ ހަރުކަށި ވިސްނުމުގެ މީހުން ހަރަކާތްތެރިވާ ގޮތާއި އެމީހުން ކުރާ ވިޔަފާރިތައްވެސް ދެނެގަނެވިފައިވާ ކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެ އެވެ.
ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ފިޔަވަޅު އެޅުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އެކަމާ ގުޅިގެން އަޅާ ފިޔަވަޅުތައް ދެން ފެންނާނެ ކަމަށެވެ.
މަރާލައިފައިވާ މީހުންނާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ޑްރާފްޓު ދެ ރިޕޯޓެއް ތައްޔާރު ކުރުމަށް ފަހު، ރައީސާ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރޯ
11 September 2019
މަރެއް ސާބިތުވާވރަށް ހެކި ނުލިބޭއިރު ތިރިޕޯޓުން އެތަށްބައެއްގެ އަބުރު ގެއްލިގެން ހިނގައްޖެ.
ސޮބުރީ
11 September 2019
އެތަށް ފައިސާއެއް ހަރަދުކޮށް ކޮމިސަންހަދާ ޕޮލިސްތަހުގީގު ރިޕޯޓުގައި ކޮމިސަނުގެ ތައްގަނޑުޖަހާ މީ ދެން ކޮން ސަކަރާތެއްތޯ
ގިޓާ
11 September 2019
ތިޔައީ އަޞްލެއް އޮތްކަމެއްނޫން. ސުޢޫދުގެ ފޮނިކެނޑުމެއް. ދެން ފަހުން ބުނާނެ އަޅުގަނޑު ބުނިމީހުނެއް ހައްޔަރެއް ނުކުރިޔޭ . މީނަ ބުނާހާ މީހަކު ހައްޔަރު ކުރެވޭތަ؟
ގަޓް ބްރޯ
11 September 2019
ކަމެއްކުރަންވާ ވަގުތު ފާއިތުވުމުން ދެން ކުރެވޭނީ ހުސް ބޭކާރު މަސައްކަތް.
ްއަދުރޭ
11 September 2019
ގޮތްދައްކަނީ ދޯ!
ދޮންމަނިކެ
11 September 2019
5 އަހަރުފަހުން... ސަލާމާ
އަގީމު ސަރައްކާލި
11 September 2019
ބަލަ ރާއްޖޭގަ މަރާލީ އަދި ގެއްލުނީ ހަމައެކަނި ރިލްވާނުތަ؟ ކޮބާތަަ ލިޓަސް ގަރާޖްތެރޭ އަނިޔާވެރިކޮށް މަރާލި ކުއްޖާގެ މައްސަލަ. ޤައިމު އޭގެ ވީޑިއޯ ފުޓޭޖްވެސް އެބައޮތް. ކޮބާތަ ގެއްލުނު ޝިމާ؟؟؟
ބްރޯ1
11 September 2019
ހުސް ޗަރުކޭސް. ރައްޔިތުންގެ ސަމާލުކަން އަނބުރާލުން ނޫންކަމެއްނެތް. ޗަރުކޭސް ސަރުކާރު. ކުރިއަށް އޮތް އަހަރު ރާއްޖެދާނީ ރިސެޝަނަކަށް.
ފަލަޑޭ
11 September 2019
ކޮބާހޭ މަރުުގެ އެހެން މައްްސަލަތައް. އެ މައްސަލަތައް ނުބަލަނީ އެކުދިންނަކީ، ދީނަށް ފުރައްސާރަކޮށް ބުލޮގު ހަދާ މީހުންނަށް ނުވާތީތަ؟
ސިބާން
11 September 2019
މަ ހަމަ އަޖައިބުވެއްޖެ. ވަޅި ހަރާމަރާލި މީހުންނާ ގެއްލުނު ޝިމާގެ މައްސަލަ ކޮބާ؟ މިކަން ނުބަލަނީ އެކުދިންނަކީ، ދީނަށް ހަޖޫޖަހާ ބަޔަކަށް ނުވާތީތަ؟