އެސްޓީއޯއާއި އޭޑީކޭއާ ދެމެދު ވެވުނު އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހު (ވ) އާއި އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް (ކ)-- ފޮޓޯ: އެސްޓީއޯ
11 ސެޕްޓެމްބަރ 2019 - 15:01
މިއަހަރުގެ މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އެސްޓީއޯ ހަމަޖައްސައިފި އެވެ.
އިއްޔެ އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އެގްޒެކަޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހެވެ. އޭޑީކޭގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލެވެ.
"ބްރެއިން އެންޑް ސްޕައިން 19" ގެ ނަމުގައި މި މަހުގެ 17-19 އަށް ޕެރެޑައިޒް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ މި ކޮންފަރެންސަކީ އޭޑީކޭގެ ނިއުރޯ ސާޖަން ޓީމުން އިސްނަގައިގެން ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސަކީ އެ ދާއިރާގެ ރިސާޗްތަކާއި އާ ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ މަގުސަދުގައި ބާއްވާ ކޮންފަރެންސެކެވެ. މިއީ މި ކޮންފަރެންސް ބާއްވާ ތިން ވަނަ އަހަރެވެ.
މި ކޮންފަރެންސްގައި 11 ނިއުރޯ ސާޖަނުން ވާހަކަ ދައްކަވާނެ ކަމަށް އޭޑީކޭ އިން ވަނީ ބުނެފަ އެވެ.
އެސްޓީއޯ އިން ބުނީ މިފަދަ ކޮންފަރެންސެއްގައި ބައިވެރިވަނީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރާ މިފަދަ ކަމެއްގައި އެ ކުންފުންޏަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިމޫނާ
13 September 2019
އެސްޓީ އޯގެ ސިއްޙީ ދާއިރާގެ މަސައްކަތް ކުރާ ސްޓާފުންނަށް ރަގަޅު އާމްދަނީއެއް ދޭނަމަ ތިޔައްވުރެ ރނގަޅު އެކުދީން ރޭގަނޑާ ދުވާލު ކުރާމަސއްކަތާ ބަލާއިރު ލިބެނީ ވަރަށް ކުޑަ އާމްދަނީއެއް އަދި ރޭގަނޑުހޭލާ މަސައްކުރާ އިރުގަ ލިބެނީ އެންމެ 10ރ ގެ އެލަވަންސެއް .