ބީއެމްއެލް އިން ހުޅުމާލޭގައި ޑޮލަރު އޭޓީއެމެއް ހުޅުވުމުގެ ރަސްމިއްޔާތު-- ފޮޓޯ: ބީއެމްއެލް
12 ސެޕްޓެމްބަރ 2019 - 13:55
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޔޫއެސް ޑޮލަރަށް ހާއްސަ އޭޓީއެމް އެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
މި އޭޓީއެމް ހުންނަނީ ފިއުލް ސަޕްލައިސްގެ ޕެޓްރޯލް ޝެޑް ކައިރީ ހުންނަ، ރެނާޓަސް އިތާމުތް ބިލްޑިންގުގަ އެވެ.
ރެނާޓަސްގައި ކުރިން ވެސް ބީއެމްއެލްގެ އޭޓީއެމް ހުރެ އެވެ. ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ހަތް އެޓީއެމަކުން އެ ބޭންކުން ހިދުމަތްދެ އެވެ. މި އޭޓީއެމް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ އިތުރުން ފައިސާ ދެއްކުމާއި ޓްރާންސްފާގެ ހިދުމަތް ވެސް ހޯދޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ މިއީ ބީއެމްއެލްގެ ކަސްޓަމަރުންނަށް ބޭންކިން ހިދުމަތްތައް ފަސޭހަ ކޮށްދިނުމަށް މުހިންމު މަސައްކަތެއް ކަމަށެވެ.
ބީއެމްއެލް އިން ހުޅުމާލޭގައި ހުޅުވި ޑޮލަރު އޭޓީއެމްގެ ބޭނުން ކުރަނީ--ފޮޓޯ: ބީއެމްއެލް
ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފްކުރި ދުވަހުން ފެށިގެން މި ހިދުމަތަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ޔޫއެސް ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 800,000 އަށްވުރެ ގިނަ މުއާމަލާތް ކޮށްފައިވޭ. އަދި ހަމަ މި މުއްދަތުގައި ޑޮލަރު އޭޓީއެމްތައް ބޭނުންކޮށްގެން 490 މިލިއަން ޑޮލަރަށް ވުރެ ގިނަ ނަގުދު ފައިސާ ނަގާފައިވޭ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ 20 އަތޮޅުގައި ބީއެމްއެލްގެ 37 ބްރާންޗް ހުރެ އެވެ. އަދި 47 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 110 އޭޓީއެމްގެ އިތުރުން 5،500 ޕީއޯއެސް މާޗެންޓުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތިމަރަ
15 September 2019
ތިމަރަފުށީގައި އޭޓީއެމް އެއް ބެހެއްޓޭކަށް ނެއްތަ ހަމަ، ހާދަ ހާލެއްގައޭ މި އުޅެން ޖެހެނީ ތިމަރަފުށީ ރައްޔިތުން ބިމެއްވެސް ދޭނެ، ބިމު ކުލިވެސް ނުނަގާނެ، އިމާރާތްވެސް ހަދައި ދޭނެ، މިވަރުނުން ނުވަންޔާ، ބިމުކުލި ރައްޔިތުން ދޭނެ، މުވައްޒަފެއްގެ މުސާރަވެސް ދޭނެ. އެކަމަށް އާދޭސް ކޮށްކޮްށް އެމީހުން އެ ހަލާކުވަނީ، މީހެއްގެ ފައިގައި ދޫލަންޖެހުނަސް އެކަންވެސް ކުރާނެ. މިކަމާ ވިސްނާލަބަލަ..
މާރަނގާ - އައްޑޫ ސިޓީ
12 September 2019
މެޝިނެއް ދޮގެއްނަހަދާނެ. އެކަމަކު ތިތަނުން މަޖިލީހަށް ދިޔަމީހުން ދިވެހިރައްޔިތުނަށް ނުވަތަ ތިޔަ ބޭންކްގެ ވެރިންނަށް ހާދަ ބޮޑެތި ދޮގުތައް ހެދިއޭ. * އެމީސް މީހުންވަކިކޮށް ތެދުވެރިންނާއި އެކުގައި ކުރިއަށްގޮސްގެން މެނުވީ ނަތީޖާ ނުފެންނާނެ. އެމީހުން ބޭރުކުރޭ.
ހަކީމު
12 September 2019
ލިބުނު ވަރަށް ބޮޑު ލުއި ފަސޭހައެއް .. ދެން އަށްޑޫ ގައިވެސް ލިބެން ހުންނަން ޖެހޭ ..