އަލްޖަޒީރާ އިން ރާއްޖެއާ ގުޅޭގޮތުން ތައްޔާރުކުރި ޑޮކިއުމެންޓްރީގެ ޓްރެއިލާއަކުން ނަގާފައިވާ ސްކްރީން ޝޮޓެއް.
20 ސެޕްޓެމްބަރ 2016 - 17:27
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ބޭނުންވާ ބައެއް މައުލޫމާތު އަލް ޖަޒީރާގެ ޑޮކިއުމެންޓްރީގައި އެބަހުރި ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން "ސްޓީލިން ޕެރެޑައިސް"ގެ ނަމުގައި އާއްމުކުރި ޑޮކިއުމެންޓްރީގައި އެމްއެމްޕީއާރުސީން ރަށްތައް ވިއްކައިގެން ދައުލަތަށް ވަންނަން ޖެހޭ ފައިސާ އަށް ހިޔާނާތްތެރިވި ގޮތް ތަފްސީލުކޮށްދީފައިވެ އެވެ.
ލުތުފީ ވިދާޅުވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތަހުގީގު ނިންމައި މިހާރު ކުރަނީ ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް ކަމަށެވެ. އެކަމަކު އެ ހިޔާނާތާ ގުޅުން ހުރި ޑޮކިއުމެންޓްރީއެއް އާއްމުކޮށްފައިވާތީ، އޭގައިވާ މައުލޫމާތުތައް ބަލައި ދިރާސާކުރަން ތަހުގީގު ޓީމަށް މިހާރު އަންގަވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިތުރަށް ބަލަން ޖެހޭ އެއްވެސް ކަމެއްވާ ނަމަ އެކަމެއް ބަލާނެ. އެ ޑޮކިއުމެންޓްރީން ތަހުގީގުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނީ ކޮންކޮން މައުލޫމާތުތަކެއްތޯ ބަލަން އަންގާފައި ވާނީ. --ލުތުފީ
ޑޮކިއުމެންޓްރީ އަށް ބެލުމަށް ފަހު، ތަހުގީގުގައި އިތުރަށް ކަމެއް ބަލަން ވެއްޖެ ނަމަ އެކަން ބަލައި، ބަޔަކާ ސުވާލުކުރަން ވެއްޖެ ނަމަ އެކަން ވެސް ކުރާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.
"އިތުރަށް ބަލަން ޖެހޭ އެއްވެސް ކަމެއްވާ ނަމަ އެކަމެއް ބަލާނެ. އެ ޑޮކިއުމެންޓްރީން ތަހުގީގުގައި އަޅުގަނޑުމެންނަށް ބޭނުންކުރެވޭނީ ކޮންކޮން މައުލޫމާތުތަކެއްތޯ ބަލަން އަންގާފައި ވާނީ. އެކަން ތަހުގީގު ޓީމުން ކުރިއަށް ގެންދާނެ،" ލުތުފީ ވިދާޅުވި އެވެ.
ވަގަށް ނެގި ފައިސާ ބަހަން އުޅުނު މޮހޯ (ވ) އާއި އޮއިއްޓޭ (ކ) އަދި އިޝްފާހު: ރައީސަށް ސީދާ ފައިސާ ގެންގޮސްދިން ކަމަށް އެ ތިން މީހުން ވެސް ބުނޭ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ތަހުގީގަށް ކޮންމެހެން ބޭނުންވެ އެކަމަކު އުޅޭ ތަނެއް ނޭނގޭތީވެ، މައުލޫމާތު ނުލިބި ތިބި ބައެއް މީހުންގެ އިއުތިރާފް ޑޮކިއުމެންޓްރީގައި ގެނެސްދީފައިވެ އެވެ. އެ މީހުންގެ އިއުތިރާފް ތަހުގީގުގައި ބޭނުންކުރާނެތޯ ވެސް ތަހުގީގު ޓީމުން ނިންމާނެ ކަމަށް ލުތުފީ ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންމެ ގާތް އެކެއް އަދި ހިޔާނާތުގެ ތުހުމަތުކުރާ މުހައްމަދު ހުސެއިން (އޮއިއްޓެ) އާއި އޭނާއާ އެކު ފިލައިގެން އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުހައްމަދު އައްލާމް ލަތީފު (މޮހޯ) އާއި އަހުމަދު އިޝްފާހު އަލީ ވެސް ވެސް ވަނީ ޑޮކިއުމެންޓްރީގައި ވާހަކަ ދައްކައިފަ އެވެ. ހިޔާނާތުގައި ބައިވެރިވި ކަމަށް ތިން މީހުން ވެސް އިއުތިރާފްވެ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ވިއްކައިގެން ވަގަށް ނެގި ފައިސާ ބެހި ގޮތް ވެސް ކިޔައިދެ އެވެ.
އެ ޑޮކިއުމެންޓްރީގައި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. ދައުލަތަށް ވަންނަން ޖެހޭ ފައިސާ ރައީސް ޔާމީނަށް ގެންގޮސްދޭ ކަމަށް ވެސް އެ މީހުން ޑޮކިއުމެންޓްރީގައި ބުނެ އެވެ. އަދި މަނީ ލޯންޑްރިންގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމް އިއްވީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަަށާއި އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އުޅުއްވި ކަމަށާއި ރާއްޖެ ޓީވީގައި ރޯކޮށްލީ އަދީބު އަންގަވައިގެން ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ރައީސަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
މި ޑޮކިއުމެންޓްރީގެ ކުރިން ވެސް ހިޔާނާތާ ގުޅިގެން ރައީސް ޔާމީނަށް ތުހުމަތުތަކެއް ކޮށްފައިވާތީ، ތަހުގީގުގައި އެމަނިކުފާނާ ސުވާލުކޮށްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
އޭސީސީން މިހާތަނަށް ތަހުގީގުކުރާ އެންމެ ބޮޑު މައްސަލަ ގާތްގަނޑަކަށް ނިމިފައިވީ ނަމަވެސް ރިޕޯޓް އާއްމުކުރާނެ ދުވަހެއް އަދި ނޭނގެ އެވެ. ކޮމިޝަނުން ބުނީ ރިޕޯޓް ނެރޭނެ ތާރީހެއް އަދި ނުނިންމާ ކަމަށެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާ، އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާބޮޑު ތަފާތެއް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޒާ
21 November 2016
މުޙައްމަދު ކުރައްވާފައިވާ ކޮމެންޓަށް އަޅުގަނޑު ތާއީދު ތި ވިދާޅުވެލެއްވީ ހަމަހަޤީޤަތަށް
މަރީ
21 September 2016
ބުނަން ވާހަކައެއް. ތިބުނާ ފިލްމުގައި ހަމައެކަނި ހިމެނިފައި ވަނީ މިގައުމުގެ ގައްދާރުންގެ ވާހަކަ. ތިޔާ ބުނާ ރުފިޔާއެއް ހިފައިގެން މި ޒަމާނަކު ނުހިގާނެ މީހަކު. މޮޔަނުވޭ ފިލާތިބެގެން ރާއްޖެއަށް ޕޯޗްގީޒުން ގެނައިގޮތަށް ޔަހޫދީން ގެންނަށް މަސައްކަތް ކުރަނީ. ބަލަގަ މޮޔައިންނޭ ޔަހޫދީންނަކީ ދުނިޔެ ނިމޭއިރުވެސް ހަމަ އެޖާހިލުކަންމަތީ ތިބޭނެ ބައެއް. ހުރިހަލާކެއްގެ ބޮޑުކަމާއެ.
މަންސޫރު
17 November 2016
މަރީ އަށް ހާދަ ވަރެއް ތިޔަވީ މި ފައިސާގެ ވާހަކަ ދެއްކީމައި؟
ރާޅު
21 September 2016
މިހާރު އޭސީސީގައިހުރީ ވަރަށް ކަމަށް ގާބިލުވެރިއެކެވެ. ކޮންމެކޮންމެ ކަމަކީ ތަހްގީގުކުރަންޖެހޭކަމެއް ނޫންކަމާއި ތަހުގީގުކުރަންޖެހޭކަންކަމަކީ ކޮބައިކަން އެނގެއެވެ. ކޮމެންޓްކުރާ ފަރާތްތަކުންވެސް މިކަން ބަލައިގެން ކޮމެންޓްކުރާނަމަ ހާދަރަނގަޅުވީހެވެ.
އެއްބިލިއަން
21 September 2016
މައުލޫމާތު ހުރިއްޔާ އަވަހަށް ތަހުގީގު ފުރިހަމަ ކުރަން ފަށާ
ހެހެހެ
21 September 2016
ރިޔާޒުރަސީދު ކީކޭތޯ ބުނަނީ؟ އެގޮތަކަށް ލުތުފީމެން ބޯލަނބާ ނޫނީ ގެޔަށްދޭ، ނޫނީ އަދީބުބޮލަށް އެކަނި ކަނޑާލާފަ ވަޒީފާގަތިބޭ. ބިއުޓިފުލް މޯލްޑިވްސް. ބޯހަލާކު
ހެހެހެ
21 September 2016
ކޮންކަމެއް ބެލޭނީ ކުރިންހުރިމީހާއަށް ވީގޮތްވެސް އެންމެނަށް އިނގޭ އަދި މިހާރު ތިހުންނަވަނީ ލަގްޒަރީ އެޕާރޓްމަންޓެއްގަ ބަހަށްޓައިފަ އެހެންވީމަ މައްސަލަތައް ތިބޭފުޅާއަށް ބެލޭނެވަރު ވަރަށް ސާފު
ސަބަބު
21 September 2016
ސިޓީއުރަ ހިފައިގެން ދާ މީހާއާއި، މަގުމަތީ ގާޑަކަށް ހުރި ސޮރާއި، ސިޓީ ގެންދަން އެރުވި ކާރުގެ ޑްރައިވަރު ހައްޔަރުކުރާނީ. ސިޓީ ލިބުނު މީހާއާއި ސުވާލުކުރުމެއް ނޯންނާނެ. ސަބަބަކީ ވަޒީފާ ގެއްލިދާނެތީ.
neenaa
20 September 2016
ކަސޯޓީ ބަލައީގެން ތަހުގީގުކުރަންވީނުން...
ޖހ
20 September 2016
އޯޝަން ސީރީޒް ބަލަން ވީނު.. ފިލްމު ބަލައިގެން ތަހުގީގު ކުރާ ބަޔެއް އުޅޭ ތަނެއް އޭސީސީއަކީ..
ބެއްޔާ
20 September 2016
އަލްޖަޒީރާގެ ރިޕޯޓްނެރުނީމައި އޭސީސީ އިން ހިންގި ތަޚްޤީޤް އަތަށް ގޮވީ! އޭގައި ޔާމީނު ހުދުކާފޫރަށް ހަދާފައި ވަނިކޮއް އައްލާމްމެން އަމިއްލަޔަށް އިއުތިރާފްވީ ރަޢީސްއަށް ފައިސާދަބަސް ހިފައިގެން ދަނީ ތިމަންނާކަމަށް!