ޚަބަރު / ރާއްޖެ-ބަންގްލަދޭޝް

އެމްބަސީ އަޅަން ލަންކާ އާއި ބަންލަދޭޝް އަށް ހުޅުމާލޭން ބިން ދީފި

އެމްބަސީ އަޅަން ބިން ދޫކުރިކަމުގެ ލިއުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބަންގްލަދޭޝް ސަފީރާ ހަވާލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ބޭރުގައުމުތަކުގެ އެމްބަސީތައް އެއް ތަނެއްގައި އަޅަން ހުޅުމާލޭގެ ދެވަނަަ ފިޔަވަހިން ކަނޑައެޅި "ޑިޕްލޮމެޓިކް އެންކްލޭވް" އިން ސްރީ ލަންކާ އާއި ބަންގްލަދޭޝް އަށް ބިން ދީފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ އެމްބަސީ އަޅަން ލަންކާ އާއި ބަންގްލަދޭޝް އަށް ބިން ދޫކުރީ ރާއްޖޭގެ އެމްބަސީ އަޅަން އެ ދެ ގައުމުން ވެސް ބިން ދިނުމުން ކަމަށެވެ.

އެމްބަސީ އަޅަން ބިން ދޫކުރިކަމުގެ ލިއުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ލަންކާ ސަފީރާ ހަވާލުކުރައްވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ޑިޕްލޮމެޓިކް އެންކްލޭވުން ފުރަތަމަ ބިން ދޫކުރީ އިންޑިއާއަށެވެ. އެގައުމުން މިހާރު ވަނީ އެތަނުގައި އެމްބަސީގެ އިމާރާތުގެ ބިންގާ ވެސް އަޅައިފަ އެވެ. އިންޑިއާ އެމްބަސީގެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މި ރާއްޖެ އަށް ކުރެއްވި ދަތުރުގަ އެވެ.

ބޭރުގައުމުތަކުގެ އެމްބަސީ އަޅަން ސަރަހައްދެއް ކަނޑައެޅީ އެއް ތަނެއްގައި އެމްބަސީތައް ހުރުމުން ސަލާމަތީ ކަންތައްތައް ބަލަހައްޓަން ފަސޭހަވާނެތީ އާއި މާލޭގެ ތޮއްޖެހުން ކުޑަކުރަން ކަމަށް ފޮރިން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.

އެމްބަސީ އަޅަން ގައުމުތަކަށް ދޫކުރި ބިންތަކުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

14 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 53%
icon sad icon sad 8%
icon angry icon angry 39%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރީމް

13 September 2019

މަ ވެސް ބޭނުން އެމްބަސީ އަޅަން ބިމެއް

The name is already taken The name is available. Register?

މައިސަމް

13 September 2019

މި ބަންގާޅުން މިހާވަރެއް މި ދައްކަނީ ކޮންކަމެއް ސަރކޜަށް ކޮށްދޓީބާ؟

The name is already taken The name is available. Register?

މިލްނަ

13 September 2019

ތިބޭފުޅާ ހީކުރާ ވަރަށްވުރެ ތަރައްގީވެފައިވަ ގައުމެއް ބަންގްލަދޭޝްއަކީ.

The name is already taken The name is available. Register?

އެހެންތޭ

13 September 2019

އެމްބަސީ އަޅަން ހުޅުމާލޭން ބިންދޭންވީ ޗައިނާ އާއި އަދި ޖަޕާން އަށް ނޫންތޭ ތިޔާ ބަންގާޅާއި އަދި ލަންކާ ގެ އެމްބަސީ އަޅަން ހުޅުމާލޭން ބިން ދިނުމުން އެއިން ކެއްކޭނެ ޑޮންޑޮނެއް ނުހުންނާނެއޭ ތަމެން ތިޔާ އުޅެނީ އަބަހައްދަވެގެންނޭ މަމެން ބުނަން ނެތީމޭ...

The name is already taken The name is available. Register?

ވަހީދު

13 September 2019

ޙަނގުރާމައިގެ ބެރުޖަހަމުންދާ ގައުމުތަކުގެ އެމްބަސީތައް އެއްތަނެއްގައި ހުރުމުން ޖާސޫސް ކުރުމާއި ވިހަލުން ފަދަ ކަންކަން ހިނގާނެ. ޚިފަދަ ކަންކަން ރާއްޖޭގައި ހިނގީމަ ދިވެހި ދައުލަތުގެ ނަން ހުތުރުވާނީ.

The name is already taken The name is available. Register?

ހުސެންހަލީމް

13 September 2019

ބިން ނުދީގެންތަ އެންބަސީ ނޭޅިފަ އެތިބޭނީ. ސޯސަންމަގުގަ ހުންނަ މާސިންގާ ގޯއްޗެއް ވަރުގެތަނެއް އިންޑިޔާގެ އެންބަކީ އަޅަންދީފަ އޮންނަތާ ކިތައް އަހަރު ވެއްޖެބާ؟ އޭގެ ފަހުން ނަސީދު، ވަހީދު، ޔާމިން އަދި މިހާރު ސޯލިހުގެ ވެރިކަން.

The name is already taken The name is available. Register?

ާބޮޑުމީހާ

12 September 2019

އަމިއްލަ ގައުމުގައި އަމިއްލަ ބިން ކޮޅެއް، ވަންނާނެ ގެދޮރެއްނެތި ކުލީގެ އަޅުންގެ ގޮތުގައި މުޅި އުމުރު ހޭދަމިވަނީ. އަހަރުމެންގެ ދަރިންނާއި ދަރީންގެ ދަރީންނަށްވެސް އޮތީ މިހާލު

The name is already taken The name is available. Register?

ކުޑަމީހާ

13 September 2019

ކުލި ފްރީކޮށް މީހުން ތަންތަން ހަދަހަދާފައި ދީފަ ހުންނަ ގައުމު ހުރޭތަ؟

The name is already taken The name is available. Register?

ދޭސީ

12 September 2019

ނޭޕާލުގައި ހުންނަ އިންޑިޔާ އެމްބަސީތެރެއަކީ ކުޑަ އިންޑިޔާއެއް. އެތާގައި އެމީހުން ދިރިއުޅޭނެ ގެތަކާއި ސްކޫލުތަކާއި ފިހާރަ އަދި އަޅުކަންކުރާނެ ތަންތަންވެސް ހަދާފަ ހުރޭ. މިރާއްޖޭގައިވެސް މިހުރިހާ ކަމެއް ކުރާނެހެން ހީވޭ

The name is already taken The name is available. Register?

މާމަމެން

13 September 2019

30 ހާސް އަކަފޫޓް، ދެން ވިސްނާ އިންޑި ޔ އިން ހަދަން މި އުޅޭ އެއްޗެއް

The name is already taken The name is available. Register?

ސަމަންދަރު

12 September 2019

ބަލަގަ މިއީ، ކަލޭމެން އަޗާތަޅަން ހިއްކި ތަނެއް ނޫނޭ... މާލޭގައި މިއުޅެނީ ދަތި ހާލުގައޭ....

The name is already taken The name is available. Register?

މާރަނގާ - އައްޑޫ ސިޓީ

12 September 2019

ޖެހިޖެހިގެން ޤައުމުތަކުގެ އެމްބަސީތައް ހުރުމަކީ ބައެއް ޤައޖމުތަކުން އެދޭނެގޮތެއްނޫން. * އިންޑިޔާ އެމްބަސީއަށް ދޫކުރި ބިމުގެ އެއްފަރާތް ޕާކިސްތާނަށް އަދި އަނެއްފަރާތް ޗައިނާއަށް ދީފިނަމަ ނިކުންނާނެ ނަތީޖާއަކީ ކޮބާ ؟!

The name is already taken The name is available. Register?

ކަރަންފޫ

12 September 2019

ދެން އެތަނުގެ މެދަށްވާ ބިންކޮޅަށް ކަޝްމީރު ކިޔާފައި ދިވެހިން އެތަނަށް ވެރިވެގަންނާނީއެވެ.

The name is already taken The name is available. Register?

ރައްޔަތުމީހާ

13 September 2019

ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިކަން އޮންނަނީ މިހެން. އެމްބަސީތައް ވަކި ސަރަހައްދެއްގައި ހުރުމުން ސަލާމަތީ ގޮތުން އެތަންތަން ބެލެހެއްޓުމާއި އަދި އެމްބަސީތަކުން ޚިދުމަތް ހޯދާ ފަރާތަށް ވެސް ފައިދާ ބޮޑު. ސަރުކާރުގެ ގިނަ އޮފީސްތަކެއް އެއް އިމާރާތެއްގައި ހުރުންފަދަ ކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454