އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ކުރިން ބޭއްވި ނޫސްކޮންފަރެންސެއްގައި. ރިޔާސީ އިންތިހާބުގެ ވާހަކަ ހުއްޓައިލަން އޭނާ އިދިކޮޅަށް ގޮވައިލެއްވި. ފައިލްފޮޓޯ/މިހާރު
13 ސެޕްޓެމްބަރ 2019 - 17:32
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވާހަކަ ހުއްޓާލާފައި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ތައްޔާރުވުން ބުއްދިވެރި ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އިދިކޮޅު ފަރާތްތަކަށް ރައްދުދެއްވައިފި އެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަމުން ގެންދަވާ ސުވާލު، ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި އަނެއްކާ ވެސް ތަކުރާރުކުރެއްވި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ "މުސީބާތެއް" ކަމަށް ސިފަ ކުރައްވައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ "މުސީބާތް ގެނައީ ދިވެހި ރައްޔިތުން ނޫން" ކަމަށެވެ.
އެހެން ނަމަވެސް ކުރިން ބޭއްވި ޖަލްސާތަކުގައި ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައި، ވާހަކަ ދެއްކެވިހާ ދިގުކޮށް ތަފްސީލުކޮށް ޔާމީން ރޭ ވާހަކަފުޅެއް ނުދައްކަވަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން.ރިޔާސީ އިންތިހާބުގެ ނަތީޖާއާ މެދު އެމަނިކުފާނު އަދިވެސް ސުވާލު އުފައްދަވާ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓްވީޓް އަމާޒު ކުރެއްވީ ބެލެވޭ ގޮތުގައި ޔާމީނު ރޭ ދެއްކެވި ވާހަކަފުޅަށެވެ.
"ރިޔާސީ އިންތިހާބު 2018 ގައި ރައްޔިތުން ވޯޓް ލީގޮތް އީސީން އިއުލާނު ކުރީ. ދެން ރިޔާސީ އިންތިހާބުގެ ވާހަަކަ ހުއްޓަވައިލައްވާ،" ޓްވީޓްގައި ޝަރީފް ވިދާޅުވި އެވެ.
Riyaasee inthikhaab 2018 ga rayyithun vote lee goi EC in iulaanu kuree, dhen riyaasee inthikhaab ge vaahaka huhtavaalahvaa, mianna aharu onna LCE ah thayaaruvun buhdhiveri pic.twitter.com/m01zZEFIDD
— Ahmed Shareef (@ShareefRangondi) September 13, 2019
ޝަރީފްގެ ޓްވީޓް
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ޔާމީން ބަލިވުމުން ފުރަތަމަ ނަތީޖާ ގަބޫލުފުޅު ކުރެއްވި އެވެ. އެކަމަކު ފަހުން އެ އިންތިހާބުގެ ކަންތައްތައް ދިޔަ ގޮތާ މެދު އެތައް ސުވާލެއް އުފައްދަވައި، މަދު ސަޕޯޓަރުންކޮޅަކާ އެކު އެކަމާ އިހުތިޖާޖް ކުރެއްވި އެވެ. އެއަށް ފަހު ސުޕްރީމް ކޯޓަށް ވެސް އެ މައްސަލަ ހުށަހެޅުއްވި އެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ހުކުމް ކުރީ ރިޔާސީ އިންތިހާބުގެ ނަތީޖާ އަށް ބަދަލު އަންނަ ވަރުގެ ކަމެއް ނެތް ކަމަށެވެ.
އޭގެ ފަހުން އަހަރެއްވާން ދާއިރު، ޔާމީން އާއްމުންގެ ތެރެއަށް ނުކުންނަވާ ވާހަކަ ދައްކަވާ ކޮންމެ ފަހަރަކުހެން ރިޔާސީ އިންތިހާބުގެ ނަތީޖާގެ ވާހަކަ އަދިވެސް ދައްކަވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބުލްބަރކާ
14 September 2019
ނިމިދިޔާ މަޖިލިސް އިންތިހާބުގައި ވެސް ހާދަ ގިނަފަހަރު ވޯޓު އަލުން ގުނަން ޖެހުނޭ. އެކަމަކު ރިޔާސީ އިންތިޙާބުގައި ހަމަ ޑަބަލް ޗެކްކޮށްލާނެ އެންމެ މިސްޓޭކެއްވެސް ނެތީތޯ. ކުއްލި އަކަށް ޝަކުވާ މަރުކަޒު ވީ ނުވީ ނޭގި ގެއްލީ ވޯޓު ކަރުދާސް ނައްތާލީ ޔޯ.
ކުޑަމޫސާފުޅު
14 September 2019
މިކަހަލަ ބޮޑެތި ކޮމިޝަން ތަކުގެ ވެރިން، މީހަކު ސިޔާސީ ޕޯޑިޔަމްއެއްގައި އެއްޗެއް ބުނެލާއިރަށް، ތެޅިގެންފައި ރައްދުދީ ޓްވީޓް ކުރުމަކީ ހަޑި ކަމެކެވެ. މިދިޔަ ރިޔާސީ އިންތިޚާބް ގެ ނަތީޖާ އެއްވެސް ދިވެއްސަކަށް އޮޅިފައެއް ނުވެއެވެ. ޔާމީން ބަލިވިކަންވެސް އެންމެނަށް އެނގެއެވެ. އެހެންވެ، މިމޭރުމުން ރައްދު ދިނީމައި މިހާގެ ފެންވަރު ދަށްކަން ރައިއްޔަތުންނަށް އިތުރަށް ބޭޒާރުވުން ނޫން އެހެން ކަމެއް ނުވާނެއެވެ.
ކޯންފްލޭކްސް
14 September 2019
ހިބަރުވަދުގަ ޖެއްސި ވާހަކައާ ބޮޑުފަނި އެޅުވި ވާހަކަ މިހާތަނަށް ފަޅާއަރައިފި. ޝަރީފު އެމްޑީޕީއާ ގުޅިގެން ކަންތައްގަނޑެއް ހިންގިކަން ލީކްވި ކޯލުންވެސް އެނގޭ. ވަގުތު އައިސް ޖެހުނީމަ އަދި އެނގެންވީ ކަންކަން އެނގޭނެ. އޭރުން ދެން މީހުން ދައްކާ ވާހަކަ އަދި މާގިނަވާނެ.
އަލީ ރާޖާ
14 September 2019
ވަގު ވޯޓުގެ ވާހަކަ ދެއްކުން ނުހުއްޓުވޭނެ ކަލޯ
މަރޭ
14 September 2019
ޔާިނު ނުހޮވުމަކީ މައްސަލައެއް ނުން އެކަމަކު އެވެސް މަކަރެއް ހަދައިގެން ވެރިކަމަށް މީހަކު ގެނައިނަމަ އެއީ ބޮޑުޖަރީމާއެއް.ޔާމީނުގެ އަރިސް ކަންމަތީ އެތަށް އަހަރެއް ހޭދަކުރި މީހަކު މަކަރުނުހަދާނެ ކަންވެސް ގަބޫލު ކުރަންޖެހޭ އެކަމަކު އެއައި ބަދަލާއިހިއްވަރު ހައިރާން ވޭ.
ކަނބިލި
14 September 2019
މީނާ މިއީ ސަރުކާރު ހިންގާ ޕާޓީގެ ވެރިއެއްތޯ ނޫނީ މިނިވަން މުއައްސަސާއެއްގެ ވެރިއެއްތޯ
ޔާންޓެ
14 September 2019
ނަޝީދު އަގައިން ވޯޓާދޭތެރޭ ހެދި މަކަރު ހާމަކުރާނެ ކަމީ ޝައްކެއްނޫން، ކުޑަދުވަސްކިޅަކަށް މަޑުކޮށްލާ ޝަރފޫ!
ދޮން ބުޅާ
14 September 2019
ހިޔާލީ ފޮލާ. ލޮލް.
ޔައުގ|ޫބޫ
14 September 2019
ދައްކާނަން ހުއްޓޭ ނުލާނަނަށް
ހޮޓްކިންގ
14 September 2019
ޝަރީފް އުޅޭވައްތަރުން ހީވަނީ ސިޔާސީޕާޓީއެއްގެ އެކްޓިވިސްޓެއްހެން. ދެން އެހެން ނޫނަސް ޝަރީފް ގޯސްތަކެއް ހެދިކަމާ ނުހަދާނަމަ ތިހާޒާތީވެގަނެގެން ނޫޅުނީސްކަން ކަށަވަރު. އެއްވެސް ޕްރޮފެޝަނަލް ކަމެއްނެތްމީހެއްތީ.
އަލީ!
14 September 2019
ޔާމީނު އުޅެނީ ރައްޔިތުންނަށް އޮޅުވާލަން. ބަލަ ވޯޓު ނުލިބުނީ ރައްޔިތުންގެ ތާއީދު ނެތީމައޭ. ދެން ކޮންހާ ވާހަކައެއް.
ނާއިލާ
14 September 2019
އިބޫ އާއި ޔާމީނު އާއިދެމީހުންނަށް މީހުން އެއްވާވަރު ބަލަންވީނުން ޔާމީނު ނަގާނީ .ސަބަބެއްނެތޭ އިބޫ އަށް ވޯޓް ދޭންޖެހޭ .
ދޮން ބުޅާ
14 September 2019
ހަހަހަ. އެންމެ ފަހުން ޔާމީން ބޭއްވި ޑީޖޭ އަށް ދިޔައީ 30 މީހުން.