16 ސެޕްޓެމްބަރ 2019 - 18:10
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދުގެ ނަން ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އަރުވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ. ޖޭއެސްސީން ބުނީ ނަންތައް ތަރުތީބުކޮށްފައި ވަނީ އިސްކަން ދޭ ތަރުތީބަކުން ނޫން ކަމަށާއި ގިނަ ނަންތަކެއް ރައީސަށް ހުށަހެޅި ކަމުގައި ވިޔަސް މަޖިލީހަށް ފޮނުއްވާނެ ނަމަކާއި އަދަދެއް ކަނޑައެޅުއްވުމުގެ އިޚްތިޔާރު ރައީސަށް އޮންނާނެ ކަމަށެވެ.
ޖޭއެސްސީން ނިންމީ މަހާޒާއި ދިޔާނާގެ ނަންފުޅަކީ "ހައިލީ ރިކޮމެންޑެޑް" ދެ ނަންފުޅު ކަމަށެވެ. އަދި ދެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަކީ "ރިކޮމެންޑެޑް" ބޭފުޅުން ކަމަށް ވެސް ވަނީ ލަފާ އަރުވައިފަ އެވެ.
BREAKING: SC ah Mahaz ayyan kuran Raees, JSC ah fonuvaifi
The most trusted news source in the Maldives
Mihaaru
ޖޭއެސްސީގެ ލަފަޔަކަށް މަހާޒްގެ ނަން ރައީސް ފޮނުއްވުން--
ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) މަގާމުން ވަކިކުރުމުން އޭނާގެ ބަދަލުގަ އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި އެވެ. ގާނޫނުގައިވާ ގޮތުގެ މަތިން މި ބޭފުޅުންގެ ނަންތައް ވެސް ރައީސް މަޖިލީހަށް ފޮނުއްވާނެ އެވެ.
Supreme court ge fandiyaaru kamah 6 beyfulhaku kurimathi lavvaifi
The most trusted news source in the Maldives
Mihaaru
ސުޕްރީމް ކޯޓަށް ހަ ބޭފުޅަކު ކުރިމަތިލެއްވުން---
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިތުރު ދެ ބޭފުޅަކު ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އައިޝާ ޝުޖޫން މުހައްމަދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހުސާނާ
19 September 2019
އަސްލު ނަޒާހަތްތެރިކަމުގެ އިތުރަށް އިމޯޝަނަލީ ކިހާ ސްޓްރޯންގ މީހެއްތޯވެސް އެބަ ބަލަން ޖެހޭ ސްުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގަ! މިހާރު ހޮނޑާފުށީގަ ސަންރައިޒް ބަލަންވެގެން އުޅެނި ކޮށް ބަޔަކު ހައްޔަރު ކުރި މައްސަލައިގަ، ތި ދިޔާނާ ދުށިން ޓީވީ ވަރަށް ދެން އިމޯޝަނަލް ވެގަނެގެން އުޅުނީ! ފިރިމީހާއަކީ އަބަދު ކޯޓުން ނާރާ އުޅޭ މީހެއް! ކިހާވަރަަކުން ދާނެ ބާވެއޭ ހިތަށް އަރާ ފިރިމީހާގެ މައްސަލަ އެއް ބަލަން ޖެހިއްޖެއްޔާ!
ސަންފައިދީ
17 September 2019
ރަނގަޅު ނުރަނގަޅު ބަލަމާ! ސުޕްރީމް ކޯޓަށް ފަނޑިޔާރުކަމުގެ ތަޖުރިބާ ނެތް މީހަކު ލާނަންތަ؟ ނުލާނަން ވިއްުޔާ ރަނގަޅީ ދިޔާނާއެއް ނޫން ޝަރުޢީ ޢިލްމު މުހިންމުތަ؟ ދިޔާނާ ރަނގަޅު ކަމަށް ނުފެނޭ ތަޖުރިބާ؟ ދިޔާނާ އޭޖީކަންވެސް ކުރި. މަހާޒު ދައުލަތުގެ ދެ އޮފީހެއްގައި މަސައްކަތްކުރި. ދާއިރާއަށް ނުކުތްފަހުން ކުރިމަތިވި ހުރިހާ ގާނޫނީ ބޮޑެތިކަންކަމުގައި އުޅުނު. އަޚްލާޤު: ދިޔާނާގެ ސިޔާސީ މަސައްކަތް ފެންނަން އެބަ އޮތް! އެންމެ ފަހު އިންތިޚާބުގައިވެސް ބައިވެރިވި.
މަގޭބުނީ
17 September 2019
ޒީރޯ ޓޮލަރަންސްއާއި، އެޖެންޑާ 19، އަދި އަބުރުވެރި ވެރިކަމެއްގެ ސިއްކަ ޖަހައިގެން ވެރިކަމާ ހަވާލުވެ، މަޤާމް ތަކަށް މީހުން މިނަގަނީ އަޅެ އިންސާފުންތަ؟ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި "ތަޖުރިބާ" މީ އެންމެ އިސްކަންދޭ ކަންތައް، މިކަމަށް ބެލުމެއްނެތް...، އަބަދުވެސް ވެރިއަކަށް ހުންނަ މީހަކަށް 3 ބާރަށްވެސް ނުފޫޒުފޯރުވޭ ގޮތަށް ކަންކަން ކުރިޔަށް ދަނީ، ރައީސް މީހާ ފޮނުވާނަން ހޮވޭކަމަށް ވަންޏާ ރައިީސްމީހާގެ ނުފޫޒް އެފަނޑިޔާރަކަށް އޮންނާނެ، މީ ވަރަށް
ވޯލް
17 September 2019
ދިޔާނާ ކޯޓުގައި މައްސަލަ ހިފައިގެން މި އަންނީ ފިރިކަލުން، ( ދަރިންގެވެސް ހިއްސާ މުސްތަޤްބަލުގައި އޮންނާނޭ ކުންފުންޏެއް) ދިޔާނާ ފިރިކަލުންގެ މައްސަލާގައި، މައްސަލަ ބަލާ ބެންޗުގައި ނެތަކަސް، 7 މެމްބަރުންގެ ތެރޭގައި ގުޅުން ބަދަހިވެއް ފޭވަރ ކޮށްދިނުމަށް މަގު ފަހިވުކުގެ ފުރުސަތު ވަރަށްވެސް ބޮޑު. ދިޔާނާއަކީ ތަނަވަސް ބޭފުޅެއް، މަސްލަހަތު ފުށުއަރާ ބޭފުޅެއް، ތަންކޮޅެ ނިކަމެތި މަސްލަހަތު ފުށުނާރާނެ ކަހަލަ ބޭފުޅެއް ތިމާޤާމަށް ލުން ވަރަށް މުހިއްމު.
ޙިނި
17 September 2019
މިބޭފުޅާގެ ޓުރެކް ރެކޯޑު ރަންގަޅެއްނޫން، އަބްދުﷲ ގާޒީގެ ދިފާއުގައި އެން މެ އަޑުހަރުކޮއް އަޑުއުފުލި އެއްބޭފުޅެއް މީ
އަޗާ
17 September 2019
ކުރީ ސަރުކާރުގައި ފަނިއެޅުވި މީހުން އަމިއްލަ ސަރުކާރުގައި އަމިއްލަ އަތުން ފަނި އެޅުވޭއިރު އެކަން ނޭނގުން އެއީ މައްސަލައެއް ނޫން..
މުޙުއްމާ
17 September 2019
ހެޔޮނުވާނެ ތި ދިޔާނާއަށް ފަޑިޔާރުކަން ނުދެއްވައްޗޠ. މިހާރުވެސް މި ޤައުމު މިއުޅެނީ ތި ޖާބިރާއިހެދީ ސަލާމަތް ނުވެވިގެން.
ހުތް އާދަނު
17 September 2019
ދިޔާނާއަށް ވުރެ މަހާޒު ރަނގަޅު ވާނެ
ފުންއަސަރު
17 September 2019
ދިޔާނާވެސް އެކަމަށް ތަސައްރުފު ނުފުދެނީކީނޫނޭ. ހަގީގަތުގާ މިކަމަނާމެނަށް އެއްގޮތެއްގާ ނުތިބެވެނީއޭ! މީ ހަގީގީ މައްސަލައަކީ.
ޔާގޫތު
17 September 2019
އެންމެ ފަހުންވެސް ކިޔަވައިގެން މުޅިއުމުރުދުވަހު ޝަރީއަތްކުރަން އުޅެނު އެއްވެސްމީހަކު ނުހޮވާ ހޮވީ ކުޑަދުވަސްކޮޅަކު ކޯޓުގަ ހޭކިލާފަ ގޭގަތިބި ބަޔަކު. ބުނަނީ ނުފޫޒެއްނެތޭ.