ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރާއްޖޭގެ ވަފުދު އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކްގެ ނައިބު ރައީސް ޑީ ޖަގަތީސާ ޕާންޑިއަން އާ ބައްދަލުކުރައްވަނީ. ފޮރިން މިނިސްޓްރީ
18 ސެޕްޓެމްބަރ 2019 - 22:52
ޗައިނާ އިން އިސްނަގައިގެން 2014 ވަނަ އަހަރު އުފެއްދި އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ) އާ އެކު ރާއްޖޭން އިތުރަށް ގުޅުން ބަދަހިކުރަން މިއަދު މަޝްވަރާކޮށްފި އެވެ.
އޭއައިއައިބީއާ ރާއްޖެއާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރަން މަޝްވަރާ ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ބޭންކްގެ ނައިބު ރައީސް އަދި ޗީފް އިންވެސްޓްމަންޓް އޮފިސަރު ޑީ ޖަގަތީސާ ޕާންޑިއަންއާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ އޭއައިއައިބީގެ މައި އޮފީހުގައި މިއަދު މެންދުރު ބޭއްވި ބައްދަލުވުމުގައި ސަރުކާރުގެ އިގުތިސާދީ ސިޔާސަތާ ބެހޭ ގޮތުން އެ ބޭންކުގެ އިސްވެރިންނަށް ޝާހިދު މައުލޫމާތު ދެއްވި ކަމަށެވެ. އަދި އެ ބޭންކާ ގުޅިގެން އިތުރަށް މަސައްކަތް ކުރުމާ ބެހޭ ގޮތުން ޝާހިދު މަޝްވަރާކުރެއްވި ކަމަށް ވެސް ބުންޏެވެ.
އޭއައިއައިބީގެ ނައިބު ރައީސް ޕާންޑިއަންގެ ވާހަކަފުޅުގައި ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރަން އެ ބޭންކުގެ އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.
އެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލާއި ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދާއި ރާއްޖެއިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު އަޒީމާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކްގެ ނައިބު ރައީސް ޑީ ޖަގަތީސާ ޕާންޑިއަން އާ ބައްދަލުކުރައްވަނީ
އޭއައިއައިބީ އަކީ ޗައިނާ އިން އިސްނަގައިގެން 2014 ވަނަ އަހަރު އުފެއްދި ބޭންކެކެވެ. އެ ބޭންކް އުފެއްދުމުގައި ޗައިނާއާ ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައި އިންޑިއާ، ބްރެޒިލް އަދި ގަތަރު ހިމެނެ އެވެ. ރާއްޖެ އިން އެ ބޭންކްގައި ބައިވެރިވީ 2015 ވަނަ އަހަރު އެވެ.
RY ge sarukaarun AIIB ge Founding Membeakah Raajje hedhumun, adhuge sarukaaru ge FM aai isbeyfulhun ethah jokeh jessevumah fahu,miadhu hama e Bank ah salaan jahan dhiumun misarukaaruge evves amaazeh neiy kan engi haamavey. Kobaitho record adhadhakah FM hoadhevvi hiley eheethah? pic.twitter.com/onZZEIklQ2
— Mohamed Saeed (@em_saeed) September 18, 2019
ސައީދުގެ ޓްވީޓް
އޭއައިއައިބީގެ ވެރިންނާ ޝާހިދު ބައްދަލުކުރެއްވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ޝާހިދަށް ފާޑުވިދާޅުވެފަ އެވެ. ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބޭންކުގެ މެމްބަރަކަށް ރާއްްޖެ ހަދަން އޭރު އުޅުމުން ޝާހިދާއި މިހާރުގެ ސަރުކާރުގެ ވެރިން ޖެއްސުންކޮށް ފާޑުކިޔައި ހެދި ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޮބުރީ
19 September 2019
ތިޔަ ބޭންކާ މެމްބަރަކަށް ރާއްޖެވުމުން ޔާމީނު ސަރުކާރަށް ރަތްމަހަށް ނުބަވާވަރަށް ތިޔަ ސާހިދާ އެކްޓިވްޓުން ބެވިހަދާން އަދި ނުނެތޭ.. ބަލަ އުނަބައް ޖެހުޔަސްތީ ބޮޑުވަރު.. ގަޓެއް ހުރިއްޔާ ތިމާ އެކަންނުކުރާނީ ރައްޔިތުން ވާވައްދައިގެން ވެރިކަން ހޯދާނީކީނޫން.. މިހާރު ގައުމު ދަރާ ބޯހިއްލާލެވޭވަރުނުވީމަ ޗައިނާ ވަރެއްނެތް.. އަދި ފާފު އަތޮޅުގެ ޑީލްވެސް ރަނގަޅުވެ ސައުދީ ރަސްގެފާނު ފަހަތުން ދުއްވައިގަންނާނެ
ޝޮކްތެރަޕީ
19 September 2019
ޝާހިދު ބޭރުގައުމުތަކަ ދާހަރަދު އެމްމެފަހުން ދަރުމަވަންތަ ހޮސްމިޓަލަ ދިޔަހަރަދު ޝާހިދަ އެކަނީ އަރާނެ.
ޑުރެކިއުލާ
18 September 2019
މީނަ ދާކޮންމެތާކުން ރިކޯޑު އަދަދަކަށް އެހީތައް ހޯދައިގެން ފަހުވަގުތު ފުރަންދަނީ ލަގެޖު ބަހައްޓާފަކަންނެ.
ރަންނަ
19 September 2019
ހަމަބުއްދިން ވިސްނަބަލަ. އެހީއަކީ ލަގެޖަށްލާފަ ވަގުތުން ދޭއެއްޗެއްނޫނޭ.
ހޖގގ
19 September 2019
ދެން ކިހިނެއްދޭ އެއްޗެއް؟ ގައުމަށް އައިސް ހަދާލާ ދޮގެއްގެ ސިފައިގަތަ؟
ޝޮކްތެރަޕީ
18 September 2019
މިހާރު އެގިއްޖެ އިންޑިޔާއަކުން އެއްޗެނުލިބުނުކަން. އެމީހުން ބޭނުންވަނީ ރާއްޖެ އަޅުވެތިކުރަން.
ވާލުސޮރު
18 September 2019
ޝުކުރިއްޔާ ޝާހިދު، ހިންގާލައޭ
2345
19 September 2019
ޔެސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގަ ވވވވވ ޗުއްޓީ ހަދާލާފި