އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ. --ފޮޓޯ:އެންޑީޓީވީ
19 ސެޕްޓެމްބަރ 2019 - 11:50
އިސްލާމްއާބާދު (ސެޕްޓެމްބަރު 19) - އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެމެރިކާ އަށް ދަތުރުކުރައްވާ މަތިންދާ ބޯޓު ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުން މަނާކޮށްފި އެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓަރު ޝާހު މަހްމޫދު ގުރޭޝީ ވިދާޅުވީ މޯދީ ދަތުރު ކުރައްވާ ބޯޓު ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ އަށް އިންޑިއާ އިން އެދިފައިވާ ކަމަށެވެ. ނަމަވެސް ޕާކިސްތާނުން ވަނީ އެކަމަށް ދެކޮޅު ހަދާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ރަވީޝް ކުމާރު ވިދާޅުވީ ވީވީއައިޕީ ޚާއްސަ ފްލައިޓަކަށް ޕާކިސްތާނުން ދެކޮޅު ހެދުމުން އިންޑިއާ އިން ހިތާމަ ކުރާ ކަމަށެވެ. އަދި މިއީ ދެ ހަފުތާ ތެރޭ ޕާކިސްތާނުން މި ގޮތަށް ކަންތައް ކުރި ދެ ވަނަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ. ޕާކިސްތާނުން ކުރިން ވަނީ އިންޑިއާގެ ރައީސް ރާމް ނާތު ކޮވިންދު ދަތުރު ކުރައްވާ ބޯޓަށް ވެސް އެ ގައުމުގެ ވައިގެ ސަރަހައްދު ބޭނުން ކުރުމުގެ ހުއްދަ ދޭން ދެކޮޅު ހަދައިފަ އެވެ.
އިންޑިއާގެ ބޯޓުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރީ ފެބްރުއަރީ މަހު ފަހުކޮޅު ދިން ވައިގެ ހަމަލާތަކަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމާން އަލް ބަނޫން
19 September 2019
ޕޮލިއުޓް ވެފަ އޮތް ކުނި އިންޑިއާއިން އޮކްސިޖަން ފުޅި ހިފައިގެން އަންނަ ގޮތަށްވެސް ފުރުސަތެއް ނެއްތަ؟
ރަދީފް
19 September 2019
ޕާކިސްތާނުގެ ނިންމުން ވަރަށް ރަނގަޅު.ދަގަނޑު ކެނޑޭނީ ދަގަނޑުން.ވ.ވެދުން
މޯދީ
19 September 2019
މޯލްޑިވްސް ސްޓޭޓް މަތިން ދާން ހުއްދަ ހޯދާކަށް ނުޖެހޭނެ އުތަ!
ޢިމްރަން ކާން
19 September 2019
ކުރީ ފަހަރު ހުެްދަ ދިނީމަ މޯދީ ދިޔައީ ޕާކިސްތާން ވަށާލާފައި
None
19 September 2019
ތިހެދީ ހަމަ ރަނގަޅަށް!
އަލީ ރާޖާ
19 September 2019
މިނި ނާޅިއަކުން މިނީމަ ހުންނާނީ ރަނގަޅަށް. މުޅި ދުނިޔޭގަ ޕާކިސްތާން އެކަހެރި ކޮށްފީމޭ ކިޔާ ހޭބަލިވެގެން އުޅުނުއިރު ހީވީ އެހެންކަމެއް ހެން
ކައްޕި
19 September 2019
އިރު އޮއްސުމުން، އަދިރީގައި ނައްޓާލާށެވެ. ނުވަތަ ޓްރިވަންޑްރަމް ގޮސް ރާއްޖެ މަތިން ލާފައި ހުޅަގަށް ގޮސްފައި ދެން އެމެރިކާ އަށް މިސްރާބު ޖަހާށެވެ.
ދިވެހިދަރި
19 September 2019
ހަމަ ރަނގަޅު. ނުޖެހޭ ކޮންމެހެން ދޭކަށް.
ހަނދުން
19 September 2019
ނުފެންނަ ހިސާބު މަތިން ލާފައި ދާންވީނު.
ރެދަން
19 September 2019
ކަންކުރަންވީ ތިހެން. އިންޑިޔާމީހުން ދެކޭގޮތުގާ ޕާކިސްތާން މީހުންނަކީ އެމީހުންގެ ދުޝްމަނުން. އެހެންވީމަ ޕާކިސްތާނުންވެސް އެގޮތަށް ކަންކުރީމަ އެކަން ގޯހެއްނޫން.
އަލީ ވާފިރު
19 September 2019
100 ގެ ނިންމުމެއް