ކްރޮސްރޯޑްސްގެ މެރީ ސަރަހައްދު-- ފޮޓޯ:ހުސައިން ވަހީދު/ މިހާހު
19 ސެޕްޓެމްބަރ 2019 - 16:46
ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއު، އެނބޫދޫ ފަޅު ހިއްކައިގެން ހެދި ހިތްގައިމު، ކްރޮސްރޯޑްސް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
މާލޭގެ ދެކުނު ފަރާތުން ފުރަތަމަ އަށް އޮންނަ ބޮޑު ފަޅުގައި ޖުމްލަ ނުވަ ރަށް ހިމެނޭ ގޮތަށް ޑިޒައިންކުރި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ދެ ރިސޯޓް ކަމަށް ވާ ހާޑް ރޮކް ހޮޓެލް އާއި ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫން ވެސް، މިއަދު ނައިބު ރައީސް ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވި ހަފުލާއަށް ފަހު ރަސްމީކޮށް ހުޅުވުނީ އެވެ.
މީގެ ތެރެއިން ހާޑް ރޮކްގައި 178 ރޫމް، ހިލްޓަންގެ ސައި ލެގޫންގައި 198 ރޫމް ތަރައްގީކޮށްފައިވެ އެވެ.
ލޯންޗެއްގައި 15 ވަރަކަށް މިނެޓް ތެރޭ ދެވޭ ކްރޮސްރޯޑްސްގައި އެއް ފަހަރާ 30 ޔޮޓް ބަނދަރުކުރެވޭ ޔޮޓް މެރީނާއެއް ހިމެނެ އެވެ. މި ޔޮޓް މެރީނާ އިން ކްރޮސްރޯޑްސްގެ މަލަމަތި ވަރަށް ހިތްގައިމުކޮށްދެ އެވެ. އެތަނުގެ ވަށައިގެން ހުންނަނީ ފިހާރަތަކަށް ހާއްސަ އިމާރާތްތަކެވެ.
ރީނދުލާއި ނުލާއި އަޅި ކުލަ އާއި އޮރެންޖް ކުލައިގެ ރެސްޓޯރެންޓްތަކާއި ފިހާރަތަކުގެ އިމާރާތްތައް ހިމެނޭ "ދަ މެރީނާ އެޓް ކްރޮސްރޯޑްސް" އޮންނާނީ އެންމެންނަށް ވެސް ހުޅުވާލައިފަ އެވެ. އާންމުންނާއި ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ ތަންތަން މި ސަރަހައްދުގައި ގިނަ އެވެ. އެގޮތުން މޯލްޑިވްސް ޑިސްކަވަރީ ސެންޓަރުން ދިވެހިންގެ ސަގާފަތާއި ތަރިކަ އާއި އާދަކާދަތައް ކިޔައިދެ އެވެ.
ކްރޮސްރޯޑްސްގެ މެރީނާ ސަރަހައްދު-- ފޮޓޯ:ހުސައިން ވަހީދު/ މިހާހު
މާލެ އާއި ކްރޮސްރޯޑްސްއާ ދެމެދު ހާއްސަ ފެރީތަކެއް ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން ރޭގަނޑު 12އާ ދެމެދު އޮންނާނެ އެވެ.
މިއަދު ހުޅުވި ތަންތަނުގެ ތެރޭގައި ކަނޑުގެ ދިރުންތަކަށް ހާއްސަ މެރިން ޑިސްކަވަރީ ސެންޓަރު ވެސް ހިމެނެ އެވެ. މިތަނުގައި ތައިލެންޑްގެ ތަޖުރިބާކާރެއްގެ އެހީގައި މުރަކައަށް ހާއްސަ ލެބޯރެޓްރީއެއް ހުރެ އެވެ.
ހާޑް ރޮކް ރިސޯޓަށް ދާން އޮންނަ ފާލަން -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު
ބައްދަލުވުންތަކާއި ހަފްލާތަކަށް ހާއްސަ ކޮށްފައިވާ ކްރޮސްރޯޑްސް އިވެންޓް ހޯލާއި ދުނިޔޭގެ މަޝްހޫރު ބީޗް ކްލަބުން ހިންގާ ކެފޭ ޑެލްމާގެ ހިދުމަތް ވެސް އެތަނުން ލިބޭނެ އެވެ. މެރީނާ ސަރަހައްދުގެ އެންމެ ހާއްސަ އެއް ތަނަކީ ކުޑަކުދިންނަށް ހާއްސަ ކޮށްފައިވާ "ކޮއިމަލާ އެންޑް މާލިމީސް ޖޫނިއާ ބީޗް ކްލަބް އެންޑް ކޭމްޕް" އެވެ. އެއީ ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭ ގޮތަށް ހަދާފައިވާ ތަނެކެވެ.
ކްރޮސްރޯޑްސް ތަރައްގީކުރަނީ ތައިލެންޑުގައި ފުޅާ ދާއިރާއެއްގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުރާ ސިންހާ އެސްޓޭޓުންނެވެ. މުޅި މަޝްރޫއު ނިމޭ އިރު ގާތްގަނޑަކަށް 700 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ފުރަތަމަ ފިޔަވަހި ނިންމާލީ 33 މަސް ދުވަހުންނެވެ.
ކްރޮސްރޯޑްސްގެ ހުރިހާ ރަށެއް ނިމޭ އިރު އެތަނުގައި 1،300 ޓޫރިސްޓް އެނދު ހުންނާނެ އެވެ. އަދި 3،000 ވަޒީފާ އުފެދޭނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޯޖް
30 September 2019
ކްރޮސްރޯޑްސް ތަރައްގީކުރަނީ ތައިލެންޑުގައި ފުޅާ ދާއިރާއެއްގައި ރިއަލްއެސްޓޭޓްގެ ވިޔަފާރި ކުރާ ސިންހާ އެސްޓޭޓުންނެވެ. ކަލޯ މޮޔަވީތަ ޔާމިން އަކާ މިކަމާ އޮތީ ކޮންގުޅުމެއް
ހހހމމމމ
21 September 2019
މިތާމިހިރަ ކޮމެންޓުތައް ކިޔާލީމަ އެނގޭ ދިވެހިންގެތެރޭގައި ދަޅަދައްކައިގެން ހައްދާލަންފަސޭހަ މީހުން ވަރަށްގިނަކަން.
ޢަހަންމާ
21 September 2019
ޝުކުރިއްޔާ ރައީސް ޔާމީން.
ޖޯޖް
30 September 2019
ކަލޭ ހުރޭ ހަޖަމް ކޮެްލައިގެން ކަލޭ ހީކުރީ މިކަމަކީ ޔާިން ޖީބުން ހަރަދުކޮއްގެން ހަދާފައިވާތަނެއް ކަމައްތަ
ކޮކީ
21 September 2019
އަހަރެން މިއަދުވެސް މިހުންނަނީ ރައީސް ޔާމީނު އަށް ވޯޓު ލެވުނީތީ ހިންހަމަ ޖެހިފަ. މިސަރުކާރުގަ މަގޭ ހިއްސާއެއް ނޯންނާނެ.
ނަސްރާ
20 September 2019
ޝުކުރިއްުޔާ ރައީސް ޔާމީން ތިޔައީ މިދިޔަ 5 އަހަރު ލިބުނު ރަނެއް މަލެއް ޖަވާހިރެއް
ނަރީމާ
20 September 2019
މިފަދަ ބޮޑު ޕްރޮޖެކްޓެއް ހުޅުވާލަން ދާނެ ހިތްވަރުވެސް މިސަރުކާރުގެ ވެރިންނަށް ނުލިބުނު. ޤައުމުގެ އިޤްތިސާދު އަށް ވަރަށް ހެޔޮ ބަދަލެއް އަންނާނެ.
ދުލެއް
20 September 2019
މިސަރުކާރައްވެސް ޤައުމައް ގެއްލުންވާގޮތައް ތިމާއާއި ތިމާގެ އަމިއްލަ ޖީބު ބޮޑުވާގޮތައް ބިޔަބޮޑެތި މަސްރޫއުތައް ހިންގިދާނެ. ކުރާވިޔަފާރިއެއް ނޭންގި މިޤައުމުގެ އެއްމެ މުއްސަދިމީހާގެ މަޤާމު ޔާމީން އައްލިބުނުގޮތެއް ވިސްނަބަލަ
އެޓޮމް
20 September 2019
ތިކަމުގެ ފޮނިމީރުކަން ދިވެހި މުވައްޒަ ފުންނަށް ލިބޭނެބާ؟ މުސާރަ 20000ރ ނުލިބޭނަމަ އެއީ މައްސަލައެއް
ކަނަމަދުކޭކު
20 September 2019
ޝުކުރިއްުޔާ ރައީސް ޔާމީން ތިޔައީ މިދިޔަ 5 އަހަރު ލިބުނު ރަނެއް މަލެއް ޖަވާހިރެއް
ހަމަހަމަ
20 September 2019
މިކަހަލަ ހީނުކުރަ ތަސައްވަރު ގެނެވިފަ ހުރީ ހަމަ ޔާމީނަށް.މިހާތަނަށް އަހަރެން ދެކުނު ވެރިން ކޮށްފަ ހުރި ވަރަށް އާދައިގެވިސް ނުމުގެ ކަންކަން.، އެކަމަކު އެވެސް ތަރަށް ގީ އެކަމަކު ޔާމީނު އެހެން ދިވެހިރާއްޖެ އެއް ގެ ކުލަވަރު މިގައުމަށް ގެނެސް ދިން. އަހަރެން ގެ ލޮލަށް ފެނޭ. ހީކުރުމެ އް ނުން. އަދިވެސް ހުރި ނަމަޔޭ ހިތަން އަރާ އޭރުން ނަމަ މިހަރު ވެސް ގައުަށް ބަދަލެއް އައިސްފާނެ ކަން ޔަގީން. ކުޑަދުވަސް ކޮޅެއްގަ އަންތަޜިސް ވާވަރު ކުރި.