"މޯޓީ ބާގް" ގެ ޕޯސްޓަރެއް.
21 ސެޕްޓެމްބަރ 2019 - 11:14
އަންނަ އަހަރު ބާއްވާ 91 ވަނަ އޮސްކާ އެވޯޑް ޑޮކިއުމަންޓަރީ ކެޓަގަރީ އަށް އިންޑިއާގެ ފިލްމެއް ނޮމިނޭޓްވެއްޖެ އެވެ.
"މޯޓީ ބާގް" ގެ ނަން ދީފައިވާ މި ޑޮކިއުމަންޓަރީއަކީ އުއްތަރުޙަންދު ސްޓޭޓްގެ އަވަށެއް ކަމަށްވާ ޕައުރީ ގަރްވާލް އަށް އަށް ނިސްބަތްވާ ވިދިއަތުގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ. މި ޑޮކިއުމަންޓަރަކީ ރަށްފުށުގެ ދިރިއުން ދޫކޮށް ނުލައި ދަނޑުވެރިކަން ކަހަލަ މަސައްކަތެއްކޮށްގެން ވެސް ކާމިޔާބު ދިރިއުޅުމެއް ބިނާކުރެވިދާނެކަން ކިޔައިދޭ ޑޮކިއުމަންޓަރީއެކެވެ.
Documentary film #MotiBagh based on life of Uttarakhand farmer nominated for #Oscars. pic.twitter.com/HbHhak9knX
— All India Radio News (@airnewsalerts) September 18, 2019
"މޯޓީ ބާގް" އަށް އޮސްކާގެ ޑޮކިއުމަންޓަރީ ކެޓަގަރީން ފުރުސަތު ލިބުމުން އެ ވާހަކަ އުއްތަރުޚަންދުގެ ޗީފް މިނިސްޓަރު ތުރިވެންދުރަ ސިންގް ރަވަތު އެ ވާހަކަ ޓްވިޓާގައި ހިއްސާކޮށްފައިވެ އެވެ. އޭނާ ވިދާޅުވި ގޮތުގައި "މޯޓީ ބާގް" އިންޑިއާގެ ޒުވާނުން ދަނޑުވެރިކަން ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ހަދާފައިވާ ވަރަށް ފުރިހަމަ އަދި ވަރަށް ޝައުގުވެރި ޑޮކިއުމަންޓަރީއެކެވެ.
އިންޑިއާގެ ފިލްމަކަށް މިހާތަނަށް އޮސްކާގައި މާ ބޮޑު ކާމިޔާބީއެއް ހޯދިފައި ނެތަސް އެ ގައުމުން ކޮންމެ އަހަރަކު ކަހަލަ ގޮތަށް އޮސްކާގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ފީޗާ ފިލްމެއް ފޮނުވަ އެވެ.
މިދިޔަ އަހަރަކީ އިންޑިއާގެ ފިލްމަކަށް އޮސްކާގެ ޑޮކިއުމަންޓަރީ ޝޯޓް ކެޓަގަރީން ނޮމިނޭޝަނެއް ލިބި އެ ކެޓަގަރީން އެވޯޑް ވެސް ލިބުނު އަހަރެކެވެ. އެއީ ޕްރޮޑިއުސަރު ގުނީތު މޮންގާގެ "ޕީރިއަޑް. އެންޑް އޮފް ސެންޓެންސް" އެވެ. ނަމަވެސް އެ ފިލްމު ޑައިރެކްޓްކުރީ އިރާން ދަރިކޮޅުގެ އެމެރިކާގެ ޑައިރެކްޓަރު ރޭކާ ޒެހްތަބާޝީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy