އަލިފާނުގެ ހާދިސާއާ ގުޅިގެން ބާއްވާ ޕްރެސް ކޮންފަރެންސް
21 ސެޕްޓެމްބަރ 2019 - 11:10
މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ކެމިކަލް ގުދަންތައް އެބަހުރި ކަމަށާއި އެތަންތަން ތިލަފުށި ފަދަ އިންޑަސްޓްރިއަލް ރަށްރަށަށް ބަދަލުކުރަން ވަޒީރުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ކެމިކަލް ގުދަނެއްގައި ރޭ އަލިފާން ރޯވެ ހަތަރު ގުދަނަކާއި، ހަތް ގެއެއް އަނދައި ހުލިވި އެވެ. އަދި ހަތަރުސަތޭކައަށް ވުރެ ގިނަ މީހުން ހާލުގައި ޖެހި ވަގުތީ ހިޔާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ރޯވިގެއެއްގައި ދިރިއުޅޭ ތ. ބުރުނީ ފެންފިޔާޒުގޭ އާއިޝަތު ޝައުނާ ވަނީ ފިހިގެން މަރުވެފަ އެވެ.
ވަޒީރުންގެ މަޖިލީހުން ރޭ ބޭއްވި ކުއްލި ބައްދަލުވުމުގައި ނިންމާފައިވަނީ މާލޭގައި ނުރައްކާތެރި އެއްޗެހި ރައްކާކުރާ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދާ ދުރަށް ބަދަލު ކުރުމުގެ ޕްްލޭން ވީހާ އަވަހަކަށް ނިންމުމަށެވެ.
އެމްއެންޑީއެފްގެ ހެޑް ކުއާޓަރު، ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަި މިނިސްޓަރު މާރިޔާ ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން ފަހުން ވެސް މާލޭގެ ގުދަންތަކުގެ ހާލަތު ސިފައިން ބަލާފައިވާ ކަމަށެވެ. އެ ބެލުމުގައި މާލޭގައި 126 ގުދަނެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން 82 ގުދަނެއް ހުރީ މީހުން ދިރިއުޅޭ ސަރަހައްދުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގައި ގުދަންކުރަން ހުއްދަ ދޭ ކަމިކަލްގެ ބާވަތްތަކަކީ ފާހާނާ ސާފުކުރަން ބޭނުންކުރާ ސާމާނާއި ދަނޑުވެރިކަމަށް ބޭނުން ކުރާ ސާމާނު ފަދަ ތަކެތި ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ ގުދަންތައް ތިލަފުށި ފަދަ ރަށްތަކަށް ބަދަލު ކުރުމަށް ލަފާ އަރުވައި ތައްޔާރުކޮށްފައިވާ ރިޕޯޓެއް މިއަދު ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
"ދެން އަޅުގަނޑުމެން މަޝްވަރާކޮށްފައި ދެއްތޯ ގޮތެއް ނިންމޭނީ. އަޅުގަނޑުމެން ރެކޮމެންޑް މިކުރަނީ އެތަންތަން މާލޭން ބޭރު ކުރަން. ދެން ވިޔަފާރިވެރިންނާ ވެސް ވާހަކަ ދައްކައި ކަންކަން ބަލާފަތާ ގޮތެއް ނިންމޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މާލޭގެ ގޭގޭގައި ޕެޓްރޯލް ވިއްކާކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅު ކުރާތީ މިނިސްޓަރު ވިދާޅުވީ ޕެޓްރޯލް ޝެޑްތައް 24 ގަޑިއިރު ހުޅުވަން ފެށި ހިސާބުން އެކަން ހައްލުވެއްޖެ ކަމަށެވެ. އެގޮތަށް ސަރުކާރުން ނިންމީ ވެސް ގޭގޭގައި ޕެޓްރޯލް ވިއްކާ ކަމުގެ މައުލޫމާތު ލިބުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
21 September 2019
މިސަރުކާރު ހިންގުން ވަރައް ލަސް. ހުރިހާ ކަމެއްމަގުފަހިވެފަ އޮންނައިރުގަވެސް. ކުރީސަރުކާރު ޔާމިން ޔާމިން އަދިވެސް ފިތުން އުފެއްދޭތޯ މިބަލަނީ.
ޤ1234
21 September 2019
ރައއްޔިތުން މިއޮތީ ސަރުކާރުވެސް، މަޖިލިސްވެސް، ހުރިހާ މިނިސްޓްރީވެސް ، ފުލުހުންވެސް، ކޯޓުތައްވެސް ތަބަކަަށް ލާފަ މޑޕ އަށް ދީފަ. ކަންކަން ނުކުރެވި ލަސްވާން ޖެހޭ އެއްވެސް ސަބަބެއް ނެތް!!!
ނީރާ
21 September 2019
ކޮންމެ ކަމަކުން ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބުނީމަ ނޫނީ ފިޔަވަޅެއް.ނޭޅެ. މާލޭގަ ދުއްވާ ގިނަ ސައިކަލްތަކުގަ މިހުންނަ އިންސާނުންގެ ލޮލޮަށް.އެކަށީގެން ނުވާ ނުރައްކާތެރި ލައިޓްތަކުގެ ސަބަބުން ކިތައް މީހުންގެ ލޯ ކަމެއް.ނޭގެ ހަލާކުވެ ދިޔައީކީ. އަދަދު އެނގޭނީ ސާެވޭ އެއް ކޮށްލީމާ. އެކަމަކު މިކަމަށް ހައްލެއް ހޯދާކަށް ކަމާބެހޭ އެއްވެސް ފަރާތަކުން ނޫޅެ. މިދައްކަނީ އިންސާނާގެ އެންމެ މުހިންމު ގުނަވަން ކަމުގައިވާ ލޮލުގެ ވާހަކަ. ސްޓީކާ ޖެހުނީމަ ނިމުނީ
ހޮޅިކަލޯ
21 September 2019
ޕްލޭނެއް ނޫން ކުރަންވީ. ސީދާ އެގްޒެކެޓިވް އޯޑަރ ނެރިބަލަ އަލްޓިމޭޓަމް އެއް ދީފަ. މީހުން އުޅެން ޖެހެނީ ބިރު އަތަށް ލައިގެނެއް ނޫން.
ޗައްޕާސް
21 September 2019
އަހަރުމެން ދިވެހިން މީ އަޖާއިބުން ފުރިގެންވާބައެކޭ ބައެއްފަހަރު ބުނެލާހިއްވޭ. ކަންކަންކުރަން ވާހަކަދެއްކުމާ ހުށަހެޅުމުގައި ލާމަސީލުބައެއް. ކޮންމެމިބާވަތުގެ ހިތާމަވެރި ހާދިސާއެއް ހިގާނިމުމުން ވަރަށް ސީރިއަސްވެ ވާހަކަދެކެވޭނެ. ދުވަސްކޮޅަކުން ހަދާނެއްނުހުންނާނެ. އަނެއްކާވެސް ކަމެއްވީމަ އެންމެނެ ނިކުމެވާހަކަދެއްކުން..
ޣޣ
21 September 2019
ތިކަން އަވަސް ކޮށްދެއްވާ.... ގޮތް ނޭގޭ އެތަށް ގުދަނެއް މާލޭގަ ހުރޭ.... ޖަމާލުއްދީން ސްކޫލް ކައިރީ ގޯޅިތަކުގަ ވެސް ގޮތް ނޭގޭ ގުދަން ތަކެއް ހުރޭ..... އަވަސް ހައްލެއް ބޭނުން....
ގުދަން ކުރުން ފެނޭ ނުފެނޭ
21 September 2019
ކެމިކަލް އޭނުކިޔާ. ގުދަންކުރުން މާލޭގައި މަނާކިޔާ. ތިވައްތަރަށް ގަވާއިދު ހަަދައިގެން ބެލެހެއްޓިފަކާއެއްނެތް. އެހެންވީމައި ކެމިކަލޭ ފެނޭ ނުފެނޭ އަލިފާނޭ ނުކިޔާ. މުޅި މާލެތެރޭ ޕެޓްރޯލް ސައިކަލަކާޖެހި ސައިކައިކަލެެއް މިހެންގޮސް މަގުގެ ކޮޅައް ޕެޓްރޯލް.
ލިލީނާ
21 September 2019
އާންމުންގެ ކަމެއް ނަމަތާ އުޑެއް ބުޑެއް ނުބަލާ ގޮތް ނިންމޭނީ. ވިޔަފާރިވެރިންގެ ކަންކަން ކުރެވޭނީ އެމީހުން ރުއްސާ އިތުރު ފައިދާތައް ވާނެގޮތް ހޯދަދީފަ.
އޮނަރަބްލް އަފީފު ދީދީ
21 September 2019
ދިވެހިރާއްޖޭގައި ލާމް އަތޮޅު ކިޔާ ބިންބޮޑު އަތޮޅަކާއި ބޮޑު އާބާދީއަކާއި އެކަށޭނަ ގުދުރަތީ ބިމާއި މުރާލި ކުރިއެރުމަށްޓަކާ ގަދައަޅާމަސައްކަތްކުރި ތައުލީމީ ޖީލެއްއޮތް އައްޑޫ ގެ ވާހަކަ އަޑުއަހަން. # ތިޔަރަށްގަނޑަށް ނުކަތާވަރަށް މީހުންހަމާކޮށް ޖެހިގެންހުރިގޭގެ ފާޙާނާގެ ވަސްހޮޅިން ބޭރުވާ ނަޖިސް ދެންހުރިގޭނެ ސިޓިންގްރޫމް އެރޯމާތެރަޕީ ފަތުރާލާހެން މުޑުދާރުކުރަމުންދާއިރުވެސް ތިތަނަށް މީހުންޖަމާކުރަނީ މަލިކަށްވީގޮތް މިދެންނެވިތަންތަނަށްވެސް ވެފައިވާތީތޯ؟
ދާބެގެ
21 September 2019
ލިބޭފައިދާ ބޮޑުކަމުން އެއްބަޔަކު އުޅެނީ މާލޭގައި 100 ބުރިޔަށް ނެގުމުގެ ހުއްދަނުދީގެން. މީޙުން ދިރިއުޅެން ހުއްދަ ދޭންވާނީވެސް އަލިފާނުގެ ހާދިސާފަދަ ކަންކަމުން ނިކުމެވޭނެ މަގުތަނަވަސް ކޮށް ހުންނަތަންތަނަށް. އަދި އަލިފާން ހިފައިފިނަމަ އަލިފާނުގެ ސައުންޑް އެލާމް ސިސްޓަމް ހުރިހާ ގެޔަކު ހުންނަންޖެހޭ. އެއްވެސް ގެޔަކު ގުދަން ކުރުމުގެ ހުއްދަދޭކަށް މަށަކަށް ނުފެނޭ. މިމާލޭގައި އެކިބާވަތުގެ މަސައްކަތް ކުރަނީ އެއްވެސް ބެލުމެއްނެތ. ވެލްޑިން ކުރުމާ ގްރައިންޑް.