ރޭގެ އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން އަދި އާންމުން ހަރަކާތްތެރިވަނީ: ކެމިކަލް ގެންގުޅުމުގެ ގަވާއިދު އަންނަ ހޯމަ ދުވަހު ގެޒެޓް ކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
21 ސެޕްޓެމްބަރ 2019 - 18:49
ރާއްޖެ އަށް އެތެރެކުރާ ކެމިކަލްތައް ގުދަންކޮށް، ގެންގުޅުމާ ބެހޭ ގަވާއިދު އަންނަ ހަފުތާގައި ގެޒެޓް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގައި ކެމިކަލް ރައްކާކުރި ގުދަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެތައް ގެއެއް އަނދައި، ހުލިވެ އެ ހާދިސާގައި އެކަކު ވަނީ މަރުވެފަ އެވެ. އެއީ ފަހުގެ ތާރީޚެއްގައި މާލޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ މިހާތަނަށް ވެސް ކެމިކަލް ގުދަންކޮށް، ގެންގުޅެމުން އައީ އެއްވެސް ގަވާއިދެއް ނެތި ކަމަށާއި އެކަމަށް ގަވާއިދެއް ހެދުމުގެ މަސައްކަތް ކުރީއްސުރެން ފެށިގެން ސަރުކާރުން ކުރަމުން ދިޔަ ކަމަށެވެ. މިހާރު އެކުލަވާލާ ގަވާއިދުގެ ދަށުން ނުރައްކާތެރި ކެމިކަލަކީ ކޮބައިކަން ކަނޑައެޅުމާއި ގެންގުޅުމާއި ވިއްކުމުގެ އުސޫލުތައް ކަނޑައެޅިގެންދާނެ ކަމަށާއި އެޓާނީ ޖެނެރަލްގެ ލަފައާ އެކު އަންނަ ހޯމަ ދުވަހު އެ ގަވާއިދު ގެޒެޓް ކުރެވޭނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
"ގަވާއިދު އެކުލަވާލުމާ ގުޅިގެން އަޅުގަނޑުމެންނަށް ލިބޭނީ ގާނޫނީ ބޭސިސްއެއް. މިތާކު މިއެއް ނުބެހެއްޓޭނެއޭ. އެތާކު އެވެނި ކަމެއް ނުކުރެވޭނެއޭ އެހެން ބުނަން." މާރިޔާ ވިދާޅުވި އެވެ.
އާންމު ގޮތެއްގައި ކެމިކަލްގެ ގޮތުގައި ރައްކާ ކުރެވެމުންދަނީ އާންމު ދިރިއުޅުމުގައި ވެސް ބޭނުންކުރާ ފަދަ ތަކެތި ކަން ފާހަގަ ކުރައްވައި، މާރިޔާ ވިދާޅުވީ އެފަދަ ތަކެތި ގެންގުޅުމުގެ ގަވާއިދެއް ނެތުމުގެ އިތުރުން އެ ތަކެތި ގުދަން ކުރާނެ އެހެން ސަރަހައްދުތަކެއް ވެސް ކުރިން ހަމަޖެހިފައި ނެތް ކަމަށެވެ. އެކަމުގެ މަސައްކަތްތައް ކުރިން ވެސް ކުރަމުން ދިޔަ ކަމަށާއި އެގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ވެސް ކުރިން ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިރާސާތައް ވެސް ހުރި ކުރެވިފައި. އެ ފަރާތްތަކާ އެކީގައި ވެސް ވާހަކަ ދެކެވިފައި ހުރީ. ކޮންމެވެސް ގޮތަކަށް ހައްލެއް ހޯދައިދޭން ޖެހޭ. ހަމަ ބޭރުކުރާށޭ، ތިތަނުން ނަގާށޭ ބުންޏަކަސް، އަދި މި އެއްޗެއް އެއީ އާންމު ދިރިއުޅުމުގައި ވެސް ބޭނުން ކުރަންޖެހޭ އެއްޗަކަށް ވާއިރު ގުދަން ކުރެވޭނެ ގޮތްތަކެއް ވެސް ހޯދައިދޭން ޖެހޭ." މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި ކެމިކަލް ގެންގުޅުމާ ބެހޭ ގަވާއިދު ގެޒެޓް ކުރާއިރު، ގަވާއިދު އޮންނާނީ ވަރަށް ފުޅާ ދާއިރާއެއްގައި އެކަމާ ބެހޭ އުސޫލުތައް ކަނޑައެޅިފަ އެވެ. ގަވާއިދު ހެދުމަށް ވަގުތުތަކެއް ނެގީ ވެސް އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ.
ކެމިކަލް ގެންގުޅުމުގެ ގަވާއިދު އަންނަ ހަފުތާގައި ގެޒެޓް ކުރާއިރު، މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލު ކުރުން އަވަސް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ވަނީ އަންގަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުރެންޑު
22 September 2019
ލަކުޑި ގުދަން، ކުލައާއި ދަވާދު، ކަރުދާސް ގުދަން، ތިނަރު ހުންނަ ގުދަން، ޕްލާސްޓިކް އާލާތްތަށް ހުންނަ ގުދަން، މިކަހަލަ ކިތަންމެ ހަޒަޑަސް ތަކެތި ހުންނަ ގުދަން ހުރޭ. މިކަހަލަ ގުދަނެއްގަ ރޯވީމަ އެވައްތަރު ތަކެތި މަނާކުރާ ގަވާއިދު ހަދާނީ. ކުރިން މަނާ ކުރާނެ ކަމެއް ނެތް. - ސަރުކާރު ވިސްނުން
ދެރަ
22 September 2019
ހާދަހިތާމަހުރި ކަމެކޭ ކޮންމެ ކަމެތް ހިގާއިރަށް ސަރުކާރު ބަދުނާމު ކުރުން ހުއްޓާލަންޖެހޭއެބަ ލޯންޗު ބަންޑުން ޖެހީމަ ގޯސްވީ ނަހުލާ އަިލފާން ރޯވީމަ މާރިޔާ ދީދީ ނަމާދަށް ބަންގި ގޮވީމަ ހޮޓާ ކެފޭތަކުގަ ހީސަމާސާ ކުރަން ތިބެނީ މިއުޅޭ ޒުވާނުން މިކަމުގާވެސް ޒިންމާ އުފުލަން ޖެހެނީ އިސްލާމިކު މިނިސްޓަރ ބަލަތިމާމެންގެ އަމިއްލަ ޒިންމާއިން ރެކިފަ ތިބާވަތުގެ ވާހަކަ ދައްކަންޏާ ބުނެވޭނީ ތީތި ކަޑައޭ
ދެރަނުވޭ
22 September 2019
އެހިސާބަށް ދިއައީ މިހާރު ވެރިކަމުގަ އެތިބަ މީހުން އެގޮތަށް ކިޔަން މާ ކުރިއްސުރެ ދަސްކޮށްދީގެން. މިހާރު އެމީހުންނާ ދިމާއަށް އެކަންކަން އަނބުރާ ރައްދުކުރެވުން އެއީ ދުނިޔެ ހިނގާ އުސޫލު. ތިމާމެންނާ ދިމާއަށް ބަދުބަހެއް ރައްދުވާން ނޭދޭނަމަ އެހެން މީހުންނާ ދިމާއަށް ކިޔާ ބަސްތައް ވިސްނައިގެން ކަމުގެ ހަގީގަތަށް ބަލައި ދެކޮޅު ހަމަހަމަވާ ގޮތަށް ރައްދުކުރާނަމަ މިއަދު މިއަޑުތައް ބަޔަކު އެމީހުންނަށް ނީއްވާނެ. ތިމާމެން ފެއްޓިކަމެއް އެހެން ބަޔަކު ނުނިންމާނެ.
ބޮޑުމީހާ
22 September 2019
ބަލަ ކެމިކަލް ގަވާއިދު ހެދީމަ، ކާރޕެންޓްރީ ތަކުގަ ރޯނުވާނެތަ؟ އެހެނިހެން ގުދަންތަކުގަ ރޯނުވާނެތަ؟ މަގުތައް ފުޅާވޭތަ؟ ކުލި ކޮންޓްރޯލް ކުރެވޭތަ؟ ބަލިތައް މަދުވޭތަ؟ ކަލޭމެން ތިހާ ވިސްނޭ މީހުން ޖަޒީރާ ރާއްޖެއޭކިޔައިގެން މީހުންގެ ސިކުޑިތައް ކާލައިގެން ވޯޓް ހޯދައިގެން އައިސް ހަމަ އެއްކަލަ މާލެ ސަރަހައްދު ތޮއްޖައްސާ ސިޔާސަތު އަދިވެސް ކުރި ތި އަރުވަނީ. ކިތައްމެ ގަވާއިދެއް ހެދިޔަސް ތިކަހަލަ ކަންތައްތަކާއި ކުރިމަތިވާނެ
މާޝާ
22 September 2019
އަވަސް އަރުވާލައިގެން ގަވާއިދެއް ހަދާ. އޭރުން އަހަރުމެން ލައްވާ ކުރިޔާލާ ހެލްމެޓްގަނުވާފަ ދެމަސްފަހުން ހެލްމެޓާއި ބެހޭ ގަވާއިދެއް ހެދި ގޮތައް އެތައް ކަމެއް ބޭކާރުވެގެންދާނެ. ކަންކަންކުރަން ވިސްނަނީ ހުންއައީމަ. އެވަރުންވެސް ދެންނުކުންނަ ސިޔާސަތުތައްދަނީ ފަނުފުލުން. ހިތްތިރިކުރައްވާ އާންމު ރައްޔިތުންކައިރިން ހިޔާލު ހޯއްދަވާ. ވަރަށް ފުރިހަމަ ހިޔާލުދޭނެ މީހުންތިބޭނެ. އެނގޭ ނުވާނެކަން ބަދަލެއްވެސް. ދެރަ
މާފަންނު އިބުރާހިމް ހަސަން
22 September 2019
މާފަންނުގަ އެހެރަ 5 ވަރަކަށް ލަކުޑި ގުދަންތަށް ތިލަފުއްޓަށް މިހާރުން މިހާރަށް ބަދަލުކުރުން ވ މުހިންމު އެއީ ކެމިކަލަށްވުރެން މާ ނުރަށްކާއްކާކަމެއް.
ޢިބޫ
22 September 2019
ތި ބޭފުޅުން ނުވިސްނަތޯ ފަޔަރ އެންޑް ރެސްކިޔު ރަގަޅު ކުރާކަށް ރޭގަވެސް ފެނުނީ ކޯޑިނޭޝަން ގެއްލިގެން އުޅުނުތަން، މާލޭގަ ފޯ މް ކޮޅެއް ޖެހެން ހުރީކީނޫން
އޭޑީ
22 September 2019
މާލެއަކީ އިންސާނުން ދިރިއުޅެން އެކަށީގެންވާ ތަނެއްނޫން! މާލެއަކު ނޫޅެވޭނެ! ތަރައްގީ އޭ ކިޔާފައި ހުޅުމާލޭއާއި މާލޭގައި ކޮތަރު ކޮށިތަކެއް ހަދައިގެން ދިވެހިން ގެނެސް ތޮއްޖައްސައިގެން ދިވެހިންނަށް ގެއްލުންދޭން ދައުލަތުން ކުރާ ކަންކަން ހުއްޓާލުމަށްފަހު، އަތޮޅުތަށް ތަރައްގީކުރުމަށް ގޮވާލަން! އަތޮޅުތަކުގެ ރަށްތަށް އަމާންކޮށް! އިންސާނުން އުޅެވޭވަރުގެ ތަންތަން ގޮތުގައި ހަމަޖައްސާ! ހެޔޮނުވާނެ
ހާސަރު
21 September 2019
ކެމިކަލް ގުދަނެއްގަ ރޯވީމަ ކެމިކަލް ގަވާއިދު ހެދީމަ ބަލަ ކަންކަން ހައްލުވޭތަ!؟ ބައުޒަރެއްގެ ރޯވީމަދޯ ރަށުތެރޭ ބައުޒަރު ދުއްވުން މަނާކުރާނީ!؟ ޕެޓްރޯލް ޝެޓަށް ޕެޓްރޯލް ގެންދިއުން ނޫން ކަމެއްގަ ތެޔޮބައުޒަރުތައް މާލޭގަ ދުއްވުން މަނާކޮށްބަލަ.
ކަނބިލި
21 September 2019
ރާއްޖޭގައިި ކަންކަން ހަމައަކަށް ނޭޅިގެން އުޅެނީ ގާނޫނުތަކާއި ގަވާއިދުތައް މަދުވެގެންނެއް ނޫން. ޒިންމާދާރު، އިޚްލާސްތެރި ބަޔަކު ނެތުން މައްސަލައަކީ. ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ނުކޮށް އަމިއްލަ އެދުމައިގެން އުޅޭ ވެރިންތަކެއް ތިބުމުގެ މައްސަލަ މައްސަލައަކީ
މަހީހީ
21 September 2019
ހިތައް އަންނަނީ ޕްރެކުޓިސު ކުރާތާ ވަރަށް ދުވަސްވީ ދިވެހި އާކިޓެކްޓެއް މިނިސްޓްރީން ބޭއްވި ސެމިނާރެްގައި ފަޔަރ އާއި ސަރވިސަސްގެ މުހިއްމުކަމާ ބެހޭގޮތުން މީހަކު އެއްޗެއްބުނީމަ އެއަށް ރައްދު ދީ ބުނި އެއްޗެއް. ދޮރު ދޮރުގެ ހުޅުތަކުގަވެސް ތެޔޮ ހުންނަކަން ތިމަންނަމެނަށްވެސް އެގެޔޯ. ޢެކަމު އެއީކީ އެހާ މުހިއްމު އެެއްޗެއްނޫނޯ. ޢިމާރާތް ކުރުމުގެ ކުރިން ފަޔަރ އެންޑް ސެފްޓީ އެންޖިނިއަރެެއްގެ އެޕްރޫވަލް މިހާރު މާލެއަށް ހަމަ މުހިއްމު.