ޚަބަރު / ޑިޒާސްޓަ މެނެޖްމެންޓް ސެންޓަރު

ހާލުގައި ޖެހުނު މީހުންނަށް ފައިސާގެ އެހީ ހޯދަނީ

ހ. ތިލަފުށިގޭގައި ހިންގި ކެމިކަލް ގުދަނުގައި ރޯވެ ހިނގި ބޮޑު ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުމަށް ބެންކް އެކައުންޓެއް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ހުޅުވައިފި އެވެ.

"މާލޭ ފަޔާ ރިލީފް އެކައުންޓް"ގެ ނަމުގައި ބެންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓް ނަމްބަރަކީ 7730000284246 އެވެ.

އެންޑީއެމްއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ބޭނުމަކީ ހާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުން ކަމަށެވެ. އެހީތެރިވާން ބޭނުންވާ މީހުން އެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އެންޑީއެމްއޭއިން އެދެ އެވެ.

މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހަތަރު ގުދަނަކާއި ހަތް ގެއެއް ވަނީ އަނދައިފަ އެވެ. ލިބުނު މާލީ ގެއްލުމުގެ އަދަދެއް އަދި ނޭންގެ އެވެ. އެ ގެތަކުގައި ދިރިއުޅޭ 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނުއިރު އެ މީހުން މިހާރު ތިބީ ވަގުތީ ހިޔާތަކުގަ އެވެ. އެ މީހުންނަށް ބޭނުންވާ އަންނައުނާއި ކެއިންބުއިމުގެ ކަންކަން އެންޑީއެމްއޭއިން ވަނީ ހަމަޖައްސައިދީފަ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ރޭ ވެސް ގިނަ އަދަދެއްގެ އާންމުން ވަނީ އެހީގެ ތަކެތި ހަދިޔާކޮށްފަ އެވެ. އޭގެ ތެރޭގައި ނެޕީ އާއި އަންނައުނާއި ނިދުމަށް ބޭނުންވާ ތަކެތި ހިމެނެ އެވެ. ނަމަވެސް އެންޑީއެމްއޭއިން ވަނީ އެތަކެތި ބަލައިގަތުން އެރޭ ހުއްޓާލައިފަ އެވެ.

ހާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުމަށް ރާއްޖެ ޓީވީން ވެސް ވަނީ ތެލެތޯނެއް ފަށައިފަ އެވެ. ގިނަ ބަޔަކު އަންނަނީ އެ ފަންޑަށް ވެސް އެހީ ދެމުންނެވެ.

އެ ހާދިސާގައި މަރުވީ ކެމިކަލް ގުދަން ކުރިމަތިން ހުރި ރަދުވާނިއާ ގޭގެ ތިން ވަނަ ފްލޯގައި ދިރިއުޅުނު ތ. ބުރުނީ، ފެންފިޔާޒުގޭ، އައިޝަތު ޝައުނާ، 47، އެވެ.

29 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 20%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

5654

24 September 2019

ކޮންތާކު މިޖެހުނީ!! ރައީސްމީހާ އެމެރިކާއަށް ވަޑައިގެންނެވުމުގެ ކުރިން ބުނި މިހާރު މިއީ ފަންޑު ފޮށި ހުޅުވާ އެހީ ހޯދާ ޒަމާނެއްނޫނޭ.. ސަރުކާރުންނޭ ހާލުގައި ޖެހޭ އެންމެނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނީ... ބުނާ ކޮންމެ އެއްޗެއް އެއީ އިދިކޮޅަށް ބުނާ އެއްޗަކީތަ؟

The name is already taken The name is available. Register?

ކަންނަލިބޭ

24 September 2019

ކޮންމެ މީހަކު ބުންޏަސް ތެދެއްވާނީ ހަމަ ތެދަކައް އެބުނާ 30 އަހަރައް ވުރެ މިގައުމުގެ ރައްޔަތުން އަޅުވެތިކުރަންމަސްއްކައްކޮއް އިޅުވެތި ކުރި ދުވަސް ވަރެއްނާދޭ ވިސްނާ ލައްވާ މިއަދު ކުއްޔައް އުޅެން މިޖެހުނީ މިއަޅުވެތިކަމުގެ ނަތީޖާ ބިންތައް ހިސޯރުކޮއް ނުދީ ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ހަދައިގެން ކުރީ އަޅުވެތި ދެން އައި 2008 އައި ބަދަލުގައި މިޖެހެނީ ޖީއެސްޓީ ނަމުގައި ޖިޒީ ދައްކަން ފެންފޮދެއް ބޯލިޔަސް %6 ފޯނެއް ކޮއްލިޔަސް %6 ދައްކަން ޑިމޮކްރަސީ އަޅުވތ

The name is already taken The name is available. Register?

އައްލާ

24 September 2019

އަހަރުމެންގެ ދަރިންގެ ދަރީން މިކުލީ އަޅުވެތިކަމުންނާއި މަރުކަޒީކުރުމުން ސަލާމަތްކުރަން އެދޭނަމަ މިކަމާ މުޒާހަރާކުރަންވީ މިވާހަކަ ލިޔުއްވި ބޭފުޅާ ޔައް އިނގިވަޑައިގެންތޯ މިކުލީގެ އަޅުވެތިކަން ކުރީ ތިޔަ ވިދާޅުވާ ދިގުރާސްތާ 30 އަހަރު ރައްޔަތުން އަޅުވެތިކުރަން ހިންގި ރޭވުމެއްގެ ދަށުން ފެށިކަމެއް މީނާޔައް ވަސްވާސް ދިނީ ރަޝިޔާއިން ކިޔަވައިގެން ވަޑައިގެން މާ މޮޅުބޭފުޅެއް އެބޭފުޅާޔައް މާލޭން ގޯއްޗެއް ދެއްވާ އިރައް އެކަން ފެށުނީ މިމާލޭގެ ރައްޔަތުންނައް

The name is already taken The name is available. Register?

ބޮޑުމީހާ

23 September 2019

ދިވެހިން މުޒާހަރާ ނުކޮށް މިކަންތައްތައް ހައްލެއްނުވާނެ. އަހަރުމެންގެ ދަރިންގެ ދަރީން މިކުލީ އަޅުވެތިކަމުންނާއި މަރުކަޒީކުރުމުން ސަލާމަތްކުރަން އެދޭނަމަ މިކަމާ މުޒާހަރާކުރަންވީ

The name is already taken The name is available. Register?

ޏަމްޏަމް1

23 September 2019

ޢެންމެ 6 ގެއިން 400 މީިހުން. ކުޑަ ރަށެއްގެ އާބާދީ.

The name is already taken The name is available. Register?

އަލިަގަލު ހަކީމް

23 September 2019

އަލިފް ދާލުގަ ތަގުރީރެއް ދީގެން މި ގައުމަށް ވާނެ އެއްވެސް މަންފާއެށް ނޯންނާނެ، އަދި ތި ތަގުރީރެއް ދޭވަގުތު ތި ހޯލުވެސް އޮންނާނީ ހުސްކޮށް. ތި 800،000 ޑޮލަރުވެސް އެމެރިކާގެ ހޮޓާ ރެސްޓޯރަންޓު ތަކަށް ބުރުއްސާލުމަށްވުރެ "މާލޭ ފަޔާ ރިލީފް އެކައުންޓް" އަށް ޖަމާކޮށްލިނަމަ ކިހާ ދީލަތި ކަމަކަށް ވީސް…

The name is already taken The name is available. Register?

އޭޑީ

23 September 2019

ދިވެހިރާއްޖޭގެ 5 ސަރަހައްދުގައި 5 މެގަ ސިޓީ ހަދަން ބޭނުންވަނީ ފުރަތަމަ ފިޔަވަހީގައި ކޮންމެ އޭރިޔާއަކަށް 200 މިލިއަން ޑޮލަރު! ޖުމްލަ 1 ބިލިއަން ޑޮލަރު! މާލޭ ސަރަހައްދުގައި 240 މިލިއަނަށް ހޮސްޕިޓަލެއް ނާޅާ، ހުޅުމާލޭގައި 250 މިލިއަނަށް ވޯޓާ ތީމް ޕާކެއްނާޅާ، 185 މިލިއަން ޑޮލަރަށް އިންޑަސްޓްރިއަލް ވިލެޖެއްނާޅާ، 200 މިލިއަން ޑޮލަރަށް ބުރިޖެއްނާޅާ، 5 ސަރަހައްދު ތަރައްގީކުރަން ފެށިނަމަދޯ؟ އޭރުން 10 އަހަރުން ދިވެހިން މުއްސަނދިވީ! ވިސްނާލަބަލަ

The name is already taken The name is available. Register?

888888

24 September 2019

އެތަންތަން ހަދާފަ، 800 މިލިއަން ޑޮލަރު ދިވެހިންގެ ރިޒާވްގަ ހުންނަގޮތަށް އިގްތިސާދު ބައްޓަން ކުރަން އެނގުން މީހެއްގެ މޮޅު ކަމާއެވެ. ތިއިން އެއްކަމެއް ނުކޮށް، 6 މަހުން 32 ބިލިއަން ތަޅާ ބުރުވާލާ، އިންޑިޔާއިން ކަރަންސީ ސްވޮޕްއަށް 500 މިލިއަން ޑޮލަރު ނަގާ އެދައްކަން 900 މިލިއަން ޚަރަދު ކުރާ އަދި، ރިޒާވްގައި ހުރި ފައިސާ 300 އަށް މަދުކޮށްލި ބައެއްގެ ޖާހިލުކަމާ ގައުމަށް ހުރި ގައްދާރު ކަމާއެވެ.

The name is already taken The name is available. Register?

ވަކިނުވާ

23 September 2019

މިއަދު ރާއްޖެ ޓީވީ މާދަމާ އަނެއް ޓީވީ. މިހެން ގޮސް އެއެއް މިއެއް ވަކިނުވާ ވަރަށް ފަންޑު ޖަމާކުރަންޖެހޭ ތަންތަން ކޮންމެ ފަހަރަކު އޮންނަނީ ގިނަވެފަ.

The name is already taken The name is available. Register?

މޯރީ

23 September 2019

މޯރީ ގަރާޒުގަ ރޯވެގެންވެސް ހަވަ ތިއަ ބެންކުގަ އެކައުންޓެއް ހުޅުވި ހާލުގައި ޖެހުނު މީހުން ތިއްބަ ލައިރިކޮޅު ކާލީ އެހެން ބައެއް އެތިބީ އެމީހުން ދުނިއޭގަ އަހާބަލަ

The name is already taken The name is available. Register?

އަލިބެއްޔާ، އެކުވެރިސުވައިދީބް

23 September 2019

ރައީސް ސާލިހް ވިދާޅުވީ ސަރުކާރުން އެހީވާނަމޭ ސަލާން ޖެހުން ހުއްޓާލާށޯ. ޝުކުރިއްޔާ ޖަޒީރާ ރާއްޖެ އަދި އެޖެންޑާ19

The name is already taken The name is available. Register?

8987

24 September 2019

ބުނެގެން ވާނަމަ އަހަރެމެން ބުނާނަން، މިގައުމަކީ ބުރޫނާއީ ފަދަ މުއްސަނދި ގައުމެކޭ.. އެކަމަކު އެއީ ތެދެއްތަ؟

The name is already taken The name is available. Register?

ފފފފ

24 September 2019

މިގައުމުގައިތިބީ ކަންކަމާ ވިސްނުން ހުއްޓަލާފަތިބި ސޯލް ލެސް ބުރެއިންލެސް ރައްޔިތުން ތަކެއް. ނެގްލީޖަންޓް ރައްޔިތުން ތަކެއް ތިބުމަށްވުރެ ވެރިކަން ކުރަން ފަސޭހަ ދެވަނަ ގޮތެއް ނޯންނާނެ.. ކާނެ އެއްޗެއް ނެތަސް އެއީ މުހައްމަދު ފަރީދު ޒަމާނުގައި ކުރި ކަމަކުން ވީކަމެކޭ ބުންޏަސް ގަބޫލު ކުރާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454