ކޮމިޝަނާ އޮފް ޕްރިޒަންސް މުނާޒް: އެޗްއާރުސީއެމުން ހަގީގަތް އޮޅުވާލީ ކަމަށް އޭނާ ވިދާޅުވި. --ފޮޓޯ/މިހާރު
25 ސެޕްޓެމްބަރ 2019 - 11:57
މާލޭ ޖަލުގެ ހާލަތު ދަށްވެފައި ވަނިކޮށް، ގައިދީން ބަންދުކޮށްގެން ގެންގުޅޭ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ފިޔަވަޅު އަޅަން އެންގީ ހަގީގަތް އޮޅުވާލައިގެން ކަމަށް ވިދާޅުވެ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.
ޖަލުތަކުގައި ބަންދުކުރާ ގައިދީންގެ އިންސާނީ ހައްގުތައް ގެއްލިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުށަހެޅި ގިނަ ޝަކުވާތައް ނުބެލި ކަމުގެ ފާޑުކިޔުން އަމާޒުވެފައިވާ އެޗްއާރުސީއެމުން އިއްޔެ ވަނީ ކަރެކްޝަނަލް ސާވިސް އަށް އެންގުމެއް އަންގައިފަ އެވެ. މާލޭ ޖަލަށް ޒިޔާރަތްކުރުމަށް ފަހު އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެ ޖަލުގެ އެނެކްސްގެ ހާލަތު ދަށްވެފައި ވަނިކޮށް، އެތަނުގައި 25 ގައިދީއަކުން ގެންގުޅެފައިވާ ކަމަށެވެ.
އެޗްއާރުސީއެމުން އިއްޔެ އެންގީ 48 ގަޑި އިރުގެ ތެރޭގައި ގައިދީން ރައްކާތެރި ތަނަކަށް ބަދަލު ކުރުމަށެވެ.
އެޗްއާރުސީއެމުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި.
މިގޮތަށް އަންގައި އެޗްއާރުސީއެމުން ބަޔާން ނެރުނީ ހަގީގަތް އޮޅުވައިލީ ކަަމަށް ވިދާޅުވެ، ޕްރިޒަންސް ކޮމިޝަނަރު ވަނީ އެ ކޮމިޝަނަށް ފާޑުވިދާޅުވެފަ އެވެ.
— Retd. Flt. A.Munaaz (@a_munaaz) September 24, 2019
އޭނާ ޓުވިޓާގައި ވިދާޅުވީ، ގައިދީންގެ ހައްގުތައް ކަށަވަރު ކޮށްދީ ޖަލުގެ ކަންކަން އިސްލާހު ކުރަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. މި މަސައްކަތް ހިނގަމުން ދަނިކޮށް، އެޗްއާރުސީއެމުން ރައްޔިތުންނަށް ކަންކަން އޮޅުވައިލީ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މުނާޒް ވިދާޅުވި ގޮތުގައި ކޯޓަށާއި ޑޮކްޓަރަށް ދައްކަން މާލެ ގެނައި ގައިދީންތަކެއް މާލޭ ޖަލުގެ އެނެކްސް އިމާރާތުގައި ބައިތިއްބަން ޖެހުނީ ކަނޑު ދަތުރު ނުކުރެވޭ ވަރަށް މޫސުން ގޯސްވެ ވައިޓް އެލާޓް ނެރެފައިވާތީ އެވެ. އެ ވާހަކަ އެޗްއާރުސީއެމަށް އެންގި ކަމަށް މުނާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެޗްއާރުސީއެމުން ފާހަގަކުރި ތަނަކީ މީހުން ބަންދުކޮށްފައި ބޭތިއްބުމަށް ގާނޫނީ ގޮތުން ހުރަހެއް އޮތް ތަނެއް ނޫން ކަަމަށް ވިޔަސް ޖަލެއްގެ ގޮތުގައި މީހުން ބަންދުކޮށްފައި ބޭތިއްބުމަށް އެތަން ބޭނުން ނުކުރާ ކަމަށެވެ.
"ނަމަވެސް އެކި ބޭނުންތަކަށް ހެނދުނު މާލެ ގެންނަ މީހުން މެންދުރު ފަހު ފުރުވާލެވެންދެން އެތަނުގައި ބައިތިއްބާކަން އެޗްއާރުސީއެމްގެ ބޭފުޅުންނަށް ކުރިން ވެސް އެނގޭނެ،" މުނާޒް ވިދާޅުވި އެވެ.
މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ޖަލުތަކުގެ ހާލަތު ގޯސްކަމަށް ކުރި ތުހުމަތާ އެކު ވަނީ މިނިވަން އޮޑިޓެއް ހަދައިފަ އެވެ. ގައިދީންގެ އިންސާނީ ހައްގުތައް ގެއްލޭ ފަދަ ގިނަ ކަންކަން ޖަލުތަކުގައި ހިނގާ ކަމަށް ބުނެ ގިނަ ކަންކަން އިސްލާހު ކުރަން އެ އޮޑިޓުގައި ލަފާދީފައިވެ އެވެ. އެކަންކަން އިސްލާހު ކުރާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓްރީން ވަނީ ދީފަ އެވެ. އެކަމަކު އެ އޮޑިޓާ އެއްގޮތަށް އިސްލާހުކުރާ ކަންކަން އަދި އާއްމެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
25 September 2019
އެޗް އާރުސީ އެމް ނިދިން ހޭލާ ގޮތް ދަޢްކަނީ ދޯ
ބޮޑުމީހާ
25 September 2019
އެޗްއާރުސީއެމްއަށް ހެޔޮދޯ އާއްމު މީހުން 10 ފޫޓް ކޮޓަރިއެއްގަ މުޅި އާއިލާ އެއެކޮށް އުޅުނަސް.
އަޙްމަދު ޒަކީ
25 September 2019
ކަލޯ، އެޗް.އާރު.ސީ.އެމް އިން މިހާރު އުޅެނީ ކަމެއް ނުފެނިގެން، ހަމަ ފެންނައިރަށް ޤާނޫނި ބާރު ދައްކަންވެގެން. ބުނާތީ އަޑު އިވޭ، މިހެން ކަންތައް ކުރަން މަޖުބޫރުވީ ޔާމީނުގެ ދައުރުގައި ކަމެއް ނުކޮށް ތިބުމަށްފަހު، މިހާރުގެ މަޖިލީހުން މިވެރިންގެ މަސައްކަތައް ގާތުން ބަލާތީވެ، އަދި ގޮޑިތައް ދުއްވާލާނެތީވެ އެކަމުގެ ބިރުގައި، ކަމެއް ކުރާކަން މަޖިލީހަށާއި ރައްޔިތުންނަށް ދައްކަންވެގެން.
މެމްކް
25 September 2019
މަނާވުމަކީ މަނާވުން. ރާއްޖޭގެ މައްސަލައަކީ އެއީ. އޮޅުވާލަން މަސައްކަތްކުރީ މުނާޒުމެއް. ޥިއްސާރައިން ހިޔާވާން ވެއްދީއޭ ކިޔައިގެން އޮޅުވާލީ
އަޅުގަނޑު އާރިފް
25 September 2019
ގާނޫނާ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ސަރުކާރެއްގެ ބެލުމުގެ ދަށުން ހިނގާތަނެއް ވިއްޔާ، ގާނުނެއްގައި ލިޔެފައި އޮތް އެއްޗެއް ނޫނީ ގާނޫނުން ލިބޭ ބާރެއްގެ ބޭނުން ހިފުމުން، އެޔަށް ތަބާވުން ނޫންގޮތެއް ނޯންނާނެ. އެއީ ގޯސް ނިންމުމެއްކަށް ބަލަންޏާ އެ ނިންމުން އެޕީލްކުރެވެންވެސް ވާނެ. ގަދަފަދަކަން ދައްކާ ހަދާކަށް ނުޖެހޭ. މުހިންމީ މުއައްސަސާތަކާއި އުސޫލުތަކާއި ގަވާއިދުތަކާއި ގާނުނުތައް. އެތަންތާ ބަގުޑިބައްދައިގެން އަމިއްތަންކަމަށް ދެކޭ މީހުނެއް ނޫން.
ސަމްތިންގ
25 September 2019
ތިޔާ ހިއުމަން ރައިޓްސް ކަމިޝަނަކީ މިހާރު މާކަ ކަންތައް ކުރެވޭ ބައެކައްވެގެން އުޅޭބައެއް.ޔާމީން ވެރިކަމުގައި ތިބީ ވަޒީފާ ގެއްކުދާނެތީ ބިރުން މަންމަންވެފަ.އެއްޗެއް ބުނެލަންވެސް ނުކެރޭ.ދެން މިހާރު މާކަގަދަ ބަޔަކައް ވެގެން އުޅެން ލަދެއް ނުގަނޭތޯ