ކުޅިވަރު / އިންގްލިޝް ލީގު ކަޕް

ހަތަރު ވަނަ ބުރުގައި ގަދަބާރުތަކުގެ ދެ ކުރިމަތިލުމެއް

26 ސެޕްޓެމްބަރ 2019 - 08:51

ލަންޑަން (ސެޕްޓެމްބަރު 26) - އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަނަ ބުރުގައި ޗެލްސީން އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހުނުއިރު، އާސެނަލް ކުޅޭ މެޗުގައި ރަށުން ބޭރުގައި ލިވަޕޫލާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ހަތަރު ވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ މަހު 28 ވަނަ ދުވަހު އެވެ. އެކަމަކު ޕްރިމިއާ ލީގުގެ ޝެޑިއުލަށް ބަދަލު އަންނަ ގޮތަކުން މެޗުތައް ކުޅޭ ތާރީހަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.

ލީގު ކަޕްގެ ތިން ވަނަ ބުރުގައި ލިވަޕޫލުން ރަށުން ބޭރުގައި ރޭ އެމްކޭ ޑޯންސް އަތުން 2-0 އިން މޮޅުވިއިރު، އިނގިރޭސި ތިން ވަނަ ޑިވިޝަނުގައި އޮތް ރޮޗްޑޭލް އަތުން ޕެނަލްޓީ ޖަހައިގެން 5-3 އިން އަމިއްލަ ދަނޑުގައި ކުޅުނު މެންޗެސްޓާ ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. އަދި ޗެލްސީން ވަނީ ރޭ ގްރިމްސްބީ އަތުން 7-1 އިން މޮޅުވެ ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.

އަނިޔާއިން ރަނގަޅުވެ ރޭގެ މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ އެގާރައިގައި ޕައުލް ޕޮގްބާ ކުޅުނު ނަމަވެސް އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ 21 އަަހަރުގެ ޑިފެންޑަރު އެކްސެލް ޓަންޒޭބޭ އެވެ. ރޮޗްޑޭލްގެ ފަރާތުން ރަނގަޅު ޑިފެންސިވް ގޭމެއް ފެނިގެންދިޔަ މި މެޗުގައި ޔުނައިޓެޑަށް ލީޑުނެގުނީ 68 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ އުމުރުން 17 އަހަރުގެ ފޯވާޑް މޭސަން ގްރީންވުޑް އެވެ. އެ ލަނޑު ޖެހިތާ އަށް މިނިޓް ފަހުން ރޮޗްޑޭލް އަށް އެއްވަރުކޮށްދިނީ އުމުރުން 16 އަހަރުގެ ފުލްބެކް ލޫކް މެތަސަން އެވެ. މެޗުގެ ފުރިހަމަ ވަގުުތު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.

ޕެނަލްޓީގައި ހަމައެކަނި ނާކާމިޔާބުވީ ރޮޗްޑޭލްގެ ޑިފެންޑަރު ޖިމީ ކޮހޭން އެވެ. ޔުނައިޓެޑް މޮޅުވި ޕެނަލްޓީ ޖެހީ ޑެނިއަލް ޖޭމްސް އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ މިއީ ގިނަ ބަޔަކަށް ގަބޫލުކުރަން އުނދަގޫ ނަތީޖާއެއް ކަމުގައި ވިޔަސް އެންމެ މުހިއްމު ކަމަކީ މޮޅުވުން ކަމަށެވެ. އަދި ހަތަރު ވަނަ ބުރުގައި ޗެލްސީއާ ކުޅެން ޖެހުމަކީ ހާސްވާންޖެހޭ ކަމެއް ނޫން ކަމަށާއި މުބާރާތެއް ކާމިޔާބުކުރާނަމަ އެންމެ މޮޅު ޓީމުތައް ބަލިކުރަން ޖެހޭނެ ކަމަށް ބުންޏެވެ.

ޗެލްސީ ވަނީ ރޭގެ މެޗުގައި ހަތަރު ވަނަ ޑިވިޝަންގެ ގްރިމްސްބީ ޓައުން އަތުން ބޮޑު މޮޅެއް ހޯދައިފަ އެވެ. މި މެޗުގައި ޗެލްސީގެ ލަނޑުތައް ޖެހީ ރޮސް ބާކްލީ، މިޝީ ބަޓްޝުއާޔީ، ޕެޑްރޯ ރޮޑްރިގޭޒް، ކާޓް ޒޫމާ، ރީސް ޖޭމްސް އަދި ހަޑްސަން އޮޑޯއި އެވެ. ގްރިމްސްބީގެ ހަަމައެކަނި ލަނޑު ޖެހީ މެޓް ގްރީން އެވެ.

ރަށުންބޭރުގައި ރޭ ތިން ވަނަ ޑިވިޝަންގެ އެމްކޭ ޑޯންސް އަތުން ލިވަޕޫލް މޮޅުކޮށްދިން ލަނޑުތައް ޖެހީ ޖޭމްސް މިލްނާ އާއި 17 އަހަރުގެ ޑިފެންޑަރު ކި-ޔާނާ ހޮއެވާ އެވެ. މި މެޗުގައި ލިވަޕޫލްގެ 16 އަހަރުގެ ވިން ހާވީ އެލިއަޓް ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

އާސެނަލް ހަތަރު ވަަނަ ބުރުން ފުރުސަތު ހޯދީ ނޮޓިންހަމް ފޮރެސްޓް އަތުން 5-0 އިން މޮޅުވެގެންނެވެ. ހަތަރު ވަނަ ޑިވިޝަންގެ ކޮލްޗެސްޓާ އަތުން ބަލިވެ ޓޮޓެންހަމް ވަނީ ކަޓައިފަ އެވެ.

0 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 36%
icon sad icon sad 55%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454