މިއަދު ފެށި، މި އަހަރުގެ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުއްޖަކު ގޮވައިގެން އެ ކުއްޖާގެ ބެލެނިވެރިޔާ އިމްތިހާނަށް ދަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
28 ސެޕްޓެމްބަރ 2019 - 09:34
މި އަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު، 7000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.
ރާއްޖޭގެ 194 ސްކޫލެއްގައި މި އިމްތިހާން ބާއްވަ އެވެ. ސްކޫލުތަކުން 7000 އަށްވުރެ ގިނަ ގިނަ ދަރިވަރުން އިމްތިހާން ހަދާއިރު، އަމިއްލަ ސެންޓަރުތަކުން ވެސް އިމްތިހާނުގައި ބައިވެރިވެފައި ވެ އެވެ.
މިއަދުން ފެށިގެން ނޮވެމްބަރު 12ގެ ނިޔަލަށް ކުރިއަށް ދާ މި އިމްތިހާނުގައި މިއަދު އޮތީ އިސްލާމް ޓެސްޓެވެ.
އޯލެވެލް އިމްތިހާނު މިއަދު ފެށިއިރު އަންނަ މަހުގެ ހަ ވަނަ ދުވަހު އޭލެވެލް އިމްތިހާނު ވެސް ފަށާނެ އެވެ.
ފައިނަލް އިމްތިހާނުގައި ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުންނެވެ. ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުވެ ގައުމީ ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު ވެސް އިތުރުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
987456
29 September 2019
އިމްތިޙާނު ހަދަމުންދާ ހުރިހާ ދަރިވަރުންނަށް ފޮނި ކާމިޔާބަށް އެދި ދުޢާކުރަން.
މޯޖޯ
29 September 2019
އާމީން
އަލިބެއްޔާ، އެކުވެރިސުވައިދީބް
28 September 2019
މަރުހަބާ ހުރިހާ ދަރިވަރުން. ފުރިހަމަ ކާމީޔާބެއް މިންވަރު ކުރައްވާށި. އާމީން