ނޫރުބާން ފަހުމީ.
28 ސެޕްޓެމްބަރ 2019 - 17:23
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކޮއްކޮ، އަދި ގާނޫނީ ވަކީލް ނޫރުބާން ފަހުމީ މިއަދު އިންތިހާބުކޮށްފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ޕްރައިވެޓް ސެކްޓަރު ތަމްސީލްކުރައްވާ މެމްބަރެއްގެ ގޮތުން ޕެންޝަން ބޯޑަށް ލި ނޫރުބާން ބާ ކައުންސިލަށް އިންތިހާބުވެވަޑައިގަތީ 101 ވޯޓު ހޯއްދަވައިގެންނެވެ. އޭނާއާ ވާދަ ކުރެއްވި އަބްދުއްސަލާމް އާރިފަށް ލިބިވަޑައިގެންފައި ވަނީ 97 ވޯޓެވެ.
ބާތިލް ވޯޓުގެ ގޮތުގައި ހަތަރު ވޯޓު ހިމެނޭ އިރު، އިންތިހާބުގައި 202 ވަކީލަކު ވޯޓުލި އެވެ.
ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުން ރެގިއުލޭޓް ކުރުމަށް އުފެދުނު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މަގާމެއް ހުސްވީ އެ ކޮމިޓީގެ މެމްބަރަކަށް ހުންނެވި އައިޝާ ޝުޖޫން މުހައްމަދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ތިއްބަވާނީ އެ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި އިތުރު ހަ މެމްބަރަކާއި ބަންޑާރަ ނައިބެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޮލްޒް
29 September 2019
ލޮލްޒް އަށް. ވަރަށް ކައިރިން ކިޔަވާފަ މަސައްކަތުގެ ދާއިރާގަ މަސައްކަތްވެސް ކޮއްފަ މިހިރީ. އަދި މުޅިއެކުން ރަނގަޅަކަށް ނޫން ތިދަންނަވަނީ. ގިނައޮޅި ގިރާކުރަންޏާ ގިނައަޑުއިވޭނެ. ގިރާކުރި އޮޅިތައް ލޮލުންދެކި އަތުންހިފާފަ މިބުނަނީ. އެންމަނަށްވެސް ހެވަށް އެދެން. މިގައުމުގައި ބަސްގިނަމީހާ އަބަދުވެސް ކުރީސަފަށް ނެރޭނެ.
ގައުމުގެ ދޫ
29 September 2019
މީގާ ވޯޓަކުން ހޮވުނަސް ރަނގަޅެއްނޫން، އައްޔަންކުރިޔަސް ކަމަކުނުދޭ! އެހެންވީމާ ރަނގަޅު އެއްގޮތްވެސް ނެތެންނު. އުސޫލެއް ކަނޑައެޅިޔަސް އެ އުސޫލު ރަނގަޅަށް މަސައްކަތް ކުރާނީ ނުވަތަ އޭގެ ސަބަބުން ރައްޔިތުންނަށް މަންފާ ލިބޭނީ ޒިންމާ އަދާކުރަންޖެހޭ ފަރާތްތަކުން ފުރިހަމައަށް ޒިންމާ އަދާކޮށްގެން. ޒިންމާ އަދާކުނޮށް ފާޑުކިޔަސް އެކަމުން ކުރާނޭ މަންފާއެއް ނުފެނޭ. ވެދުމާ ސަލާމް!
ލޮލްޒ
29 September 2019
ނޫރުބާންއަކީ ގިނަ އިދާރާތަކެއްގެ އިސްމަގާމުތައް ފުރާފައިވާ އަދި މިހާރުވެސް ފުރަމުން ދާ މީހެއް. ބައެއް މީހުން ހީކުރާގޮތާ ހިލާފަށް ނޫރުބާން އަކީ މިހާތަނަށް އޭނާ މަސައްކަތްކުރި އެއްވެސް ތަނަކުން ނާޖާއިޒް ފައިދާއެއް ނަގާފައިނުވާ އިހުލާސްތެރި މީހެއް. އެންމެންވެސް އަލްހާންގެ ކޮއްކޮގެ ޓެގު އަޅުވައިގެން ޖައްސާލަން ވަރަށް ފަސޭހަ ދޯ. މީހެއްގެ ހަގީގީ ސިފަ ބަލައިލަން މަސައްކަތް ކުރާނެނަމަ އޭ ހިތައްއަރާ.
އެންގްރީ ބާރޑް
29 September 2019
ހިހި... މިދާގޮތުން އަދި މި އިސްލާހީ މަސައްކަތުގެ ކޮޅެއް މެދެއް ފެންނާކަށެއް ނެތެއްނު... އެބުރި އެބުރިފަވެސް ހަމަ އެކަޗެއް މި އަންނަނީ..
ޥާވާ
29 September 2019
ޤާނޫނީ ވަކީލުން ޤާނޫނީ ޒިންމާ އަދާކުރިބތޯ. 1487 ވަކީލުންގެ ތެރެއިން އެންމެ 202 ވަކީލުން ވޯޓްލީ.
އަހްމަދުކަލޯ
28 September 2019
މަރްހަބާ މަރްހަބާ
ހަސަނު
28 September 2019
ގާނޫނީ ވަކީލުންނަކީ މިގައުމުގާ ވަރަށް ކަމުނުދާ ބައެއް...
ސަނައްޓޭ
29 September 2019
ކީތްވެޔޯ؟ ވަކީލުކަން ނުކިޔެވުނީމަ ކަޑަވީދޯ.
ދެރަވަރު
28 September 2019
ދީބާޖާ މައްސަލަ އަށް ތި ފަރި އަޅަނީ. މިރާއްޖެ މިވަނީ ހަމައިން ނެއްޓި ފައި..ކޮއްމެ އުސޫލެއް ވަރިހަމަ ވެފައި..
ރައްޔިތުން ފޫހި ވެއްޖެ
28 September 2019
ހައްތާ ދަށަށް ދަނީ.ވޯޓްލީ މީހުންގެ އަދަދަށް ބެލުމުން ނާއި ކުރިމަތި ލި މީހުންގެ އަދަދު (2) އަށް ބެލުމުން އެކަން ވަރަށް ސާފެވެ.
ބަބުރަންޖީ ހާޖީ
28 September 2019
އަލްހާނަށް ރަނގަޅުތާ!
ކަކުނިބޯ
29 September 2019
އިންތިއަށްވެސް
ތެދުތެދު
29 September 2019
އިންތި އާ ބެހޭ ކަމެއް ނޫން. ގުޅުމެއް ނެތް ކަމެއް..